މެމްބަރު އަމިތާއި އަބުޅޯ ޖޭޕީއަށް ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމް ވާހަކަފުޅު ދައްކަވާއިރު، އެ ދެ މެމްބަރުން އެމަނިކުފާނުގެ އަރިހުގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
26 ނޮވެމްބަރ 2018 - 21:14
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއި ކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެއްވި އެ ދެމެމްބަރުންނަކީ ވެސް ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކުރިން ކަނޑައެޅި ދެ މެމްބަރުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފަ އެވެ.
ޖުމްހޫރީ ޕާޓީއަށް އެ ދެމްމަބަރުން ސޮއިކުރެއްވީ އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްގެ ހާޒިރުގަ އެވެ. ސޮއި ކުރެއްވުމަށް ފަހު ފޯމް ހަވާލުކުރެއްވީ ވެސް ގާސިމާ އެވެ.
ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ވަކި ޕާޓީއަކާ ގުޅިވަޑައިނުގެން މިހާރު ތިއްބީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދެވެ. ދެން ތިއްބެވި މެމްބަރުން މިހާރު ވަނީ ޖޭޕީއަށާއި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ދެ މެމްބަރުން ސޮއި ކުރެއްވުމުން ދޭހަވަނީ ޖުމްހޫރީ ޕާޓީއާ މެދު ރައްޔިތުންގެ މެދުގަޔާއި މަޖިލީހުގެ މެމްބަރުންގެ ހިތްތަކުގައި ޔަގީންކަން އޮތް މިންވަރު ކަމަށެވެ. ވަރަށް ކުރުކޮށް ދެއްކެވި ވާހަކަފުޅުގައި ގާސިމް ދެން ކުރެއްވީ ސޮއިކުރެއްވި ދެ މެމްބަރުންނަށް ތައުރީފެވެ. އެ ގޮތުން އެ މެމްބަރުން ޕީޕީއެމުން ވަކި ކުރީ ނަހަމަޔާ ބޭއިންސާފާ ދެކޮޅަށް މަަސައްކަތް ކުރެއްވުމުން ކަމަށް ވިދާޅުވި އެވެ.
މި ރޭ ސޮއިކުރެއްވި ދެ މެމްބަރުންގެ ތެރެއިން އަބްދުﷲ އަކީ ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވެ، އެ އަށް ފަހު އޭރުވެރިކަން ކުރަމުން އައި ޕީޕީއެމް އަށް ސޮއިކުރެއްވި ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔަ މީހާ
27 November 2018
ތީ ދެން ކާކު ތިހިރީ ނަގާފަ! އިބޫ ތިވަރުން ވެރިކަން ރައްޔިތުން ނަށް ކޮއްދެވޭނެތަ؟ކިޔަވާފަ ތިބި އާ މޫނު ތަށް ބޭނުމީ! އާދޭސް ކޮއްފަ ދަންނަވަން! އަޅުގަނޑު ވޯޓުލީ އިބޫ އަށް! ކޯލިސަން އަކަށް ނޫން !! ތި ކޯލިށަން ރިހަ ކައްކާ ތަން ބަލަން ބޭނުމެއް ނޫން! އެއްވެސް ގޮތަކަށް ޙީފުޅު ނުކުރޭ ކޯލިށަން އާ ހެދީ އޭ މިނިކުފާނު ޙޮވުނީ! އަޅުގަނޑުމެން ލޯބި ކުރީ އިބޫއަށް! ފެއިލްޑް ކޯލިށިން އަށް ނޫން!!
ނަމާރާ
27 November 2018
މިކަމުގެ ހަގީގަތަކީ އަމީތު މަސައްކައްކުރީ އޭނާގެ ރަށު ދާއިރާ ކަމައްވާ ގައްދޫވާދޫ ދާއިރާގެ ގޮނޑިއަށްކުރިމަތިލާން. އެހެނަސް ގައްދޫ އެމް.ޑީ.ޕީގެ ކުދިންގެ ނުރުހުން އަމާޒުވާންފެށީމާ އަވަހަށް ޖޭޕީއަށްދިޔައީ. އެއީ އޭނަގެބޭބެ އަމީންވެސް ހުރީ ޖޭޕީގައިކަމައްވާތީ. އަސްލު އަމީތްކުރިން ހުރީ ގައްދޫވާދޫ ދާއިރާ ލިބޭ ކޮންމެ ޕާޓީއަކަށްވެސް ސޮއިކުރަން. އެހެނަސް ބޭބެ ޖޭޕީގައިހުރީމަ އެހެންއެއްވެސް ބަޔަކު އިތުބާރު ނުކުރީ.
ބަޖޫ
27 November 2018
ސޭޓު ވެރިކަމަށް އަންނަންވެގެން ތެޅި އަރުވަނީ. އެކަމަކު ސޭޓަކީ މިގައުމުގައި ވެރިކަން ހަވާލުކުރަން ހެޔޮވެސް ނުވާވަރުގެ އަމިއްލަ އެދުމުން ފޯވެފައިވާ ލީޑަރެއް.
ދީދީ
27 November 2018
ތިޔަޖެހީ ރައީސް މައުމޫނުގެ މޫނުފުޅުގައި އެތިފަހަރެއް! އެބޭފުޅާ ކޮންދިން މަސައްކަތުގެ އެއްވެސް އަގެއްނެތް! ހުސް އަމިއްލަ އެދުމުގެ މީހުން
ހަކީމް
27 November 2018
ވެމްކޯ ގެ ވާހަކަ ހަދާން ހުންނާނީ ކުޑަދުވަސް ކޮޅަކު .. މިފަހަރު މ.ޑ.ޕ އިނދަޖައްސާލާނެ. އިބޫ ވެސް އެހެރީ ނަމެއްގެ ހުރިހާ ފައިދާ އެއް ނެގަނީ ޖޕ.
ާައައްޑޫ ރަދުންގެ
27 November 2018
ޢަޅޭ ޖޭޕީ އަކީ ސިޔާސީ މިހުންގެ ކުނި ގޮނޑެއް ތަ..؟
އާނނ
27 November 2018
ވެމްކޯއަށް ދޫނުކުރަންވެގެން.
ާނުކިޔަވާ ސަންގޯރު
27 November 2018
ކިހިނެއްތޯ މުމްބަރުން މިހައްދަވަނީ؟ ރައޔިތުން ހޮވާ މަޖިލިހުމެމްބަރުން ނީލަމައް ލެވޭ ކަމީ ދެރަވަރު ކަމެއް. އަވަހައް ގައުމާއިގެން އުޅޭނެ ޕާޓީއެއް އުފަންވާންއެބަ ޖެހޭ. ރޫހާނީ މީހެއް ފަހާދުވުން ހުއްޓާލަންޖެހޭ. އެޅިހާބަތަކައް ރިހައެއް ނުވާނެ ބަޔަކު ނިކުންނަންޖެހޭ. ސިކުނޑިބޭނުންކޮއްގެން ޑިމޮކްރަސީގެ ރިވެތި އުސޫލުން ޑިޒިޝަން ނަގާ ބަޔަކު ނިކުންނަންޖެހޭ. ގައުމުގެ އަޑުއިވެންޖެހޭ. އެކަކުގެނިންމުމައް ކަންތައްނިންމުން ހުޓެންޖެހޭ! މިއީ ކޮމަންސެންސް ވާހަކަ
ބޮޑުތަކުރު
27 November 2018
ހާދަ ހަސަދައިގެ ކޮމެންޓާ ލައިކް އަނެއްކާވެސް ގިނަވެއްޖެއޭ. ވަކި ޕާޓީއަކަށް ވަނީމާ މީހާ މާ މާތްމީހަކަށް ވެފައި އަނެއް ޕާޓީއަކަށް ވަނީމާ މާ ނިބައިމީހަކަށް ވާކަމަށް އެއްވެސް ބަޔަކު ދައުވާ ކުރާނެ ޖާގައެއް ނެތް. ބޮޑު ދެޕާޓީގެ ވެރިކަން ފެނި އެކަން ސާބިތުވެއްޖެ.
ދީދީ
27 November 2018
ހާދަ ބަޔަކު ވެމްކޯ ވަޒީފާތަކައް މިނަގަނީ؟
ހޒމަ
27 November 2018
އަމީތު އާއި އަބުޅޯ އަކީ ޔާމީނާ ދެކޮޅަށް ކުރި މަސައްކަތުގައި އަދި މުޒާހިރާތައް ލީޑް ކުރުމުގައިވެސް އެންމެ ކުރީގައި ތިއްބެވި ދެ މެމްބަރުން. އަމީތު އަކީ ރައްޔިތުންނާ ގުޅޭ މެމްބަރެއް. ޖޭޕީ އަށް މީހުން ފާޑު ކިޔަނީ ކަމެއް ވެގެން. ނަމަވެސް، އެއީ އަލީ ހުސެންގެ މައްސަލަ އެއް ނޫން. އަމީތު އާއި އަބުޅޯ ފަދަ މީހުންގެ މައްސަލަ އެއްވެސް ނޫން