މައުމޫންގެ ރައީސްކަމުގައި އެމަނިކުފާނުގެ ބޮޑީގާޑެއްގެ ގޮތުގައި ޣަފޫރު ހަރަކާތްތެރިވެވަޑައިގަންނަވަނީ.
03 ޑިސެމްބަރ 2018 - 15:41
ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ހަނިމާދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި އެވެ.
މިދިޔަ ދެ ޓާމުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރުކަން ކުރެއްވި ޣަފޫރު މިއަދު ވިދާޅުވީ، އަންނަ އަހަރުގެ މާޗްމަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކުރިމަތިލައްވާ ދާއިރާ ބަދަލުކުރަން ނިންމެވީ ކުޅުދުއްފުށި މީހަކަށް، ކުރީގެ ދާއިރާއިން ފުރުސަތު ދެއްވުމަށް ކަމަށެވެ.
"ކުޅުދުއްފުށި އުތުރުގެ ބޭފުޅަކަށް މަޖިލިހުން ފުރުސަތު ލިބެން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ސިފައިންގޭގައި 21 އަހަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ޣަފޫރު ވިދާޅުވި އެވެ.
ޣަފޫރުގެ އުފަން ރަށަކީ ހަނިމާދޫ ދާއިރާގައި ހިމެނޭ ފިނޭ އެވެ. ހަނިމާދޫ ދާއިރާ އަށް މި ފަހަރު އޭނާ ވާދަކުރައްވާ ސަބަބަކީ ވެސް އެއީ ކަމަށް ޣަފޫރު ވިދާޅުވި އެވެ.
ފެށުނީއްސުރެ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގާތްގުޅުމެއް އޮންނަ ޣަފޫރަކީ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައްކަން ޖެހޭ ވާހަކަ
04 December 2018
އެއަރޕޯރޓް ބަޖެޓްގައި ހިމެނުވި. ބަނދަރުގެ ވަޢުދު މިނިސްޓަރ ލައްވާ ކުރުވި. ރައީސް ލައްވާ ދެއްކުވި. ހުއްޓިފައި އޮތް ނަރުދަމާ ފުރިހަމަ ކުރުވި. އައު ފެނުގެ ނިޒާމެއް އެޅުވި. މަގު ޕޮރިޖެކްޓް ފެށުމަށް ބާރުއެޅި.ނަތީޖާ ފެނުނު. ޢައު ސްކޫލެއް. ޙޯލް މަސައްކަތް އެބަ ހިނގާ. ޙެލްތްސެނޓަރ މަރާމާރު ކުރުވި. ޢެއަރޕޯރޓްގައި އައު އޭޓީއެމް އެއް ބެހެއްޓުވި. ވަކާލާތު ނުކުރޭތޯ؟ ޙދ.ރަށެއްގައިތޯ މިކަންކަން ވީ ވޭތުވި 5 އަހަރު. ޢޮޅުވާ ނުލައްވާ. ޢަޑު އުފުލި.
ޢިނގިއްޖި
04 December 2018
ނުވާނެ ތިކަމެއް... ލަލަަަަާަަ
ރާޒީ
03 December 2018
ހަނިމާދޫ އިން ވޯޓް ބޭނުންނަމަ ހަނިމާދޫ އެއަރޕޯޓް ރަންވޭ ދިގްކޮށް އަޕްގުރޭޑް ކުރުމުގެ މަސައްކަތް ފަށާ. ނޫނީ ދުއްވާލާނީ ފުލައް
ތިލަ
03 December 2018
ރަށުދަރިއަކަށް އެއަރޕޯރޓް ވާހަކައެއް ނުދެއްކުނު،ބަނދަރު ވާހަކައެއް ނުދެއްކުނު އޭނަބެލީ ފަސްއަހަރު އަމިއްލަ އަންބޮޑި ބޮޑުކުރެވޭތޯ.މަށާ މަގޭ ވަސް ޖެހުނު މީހަކުވެސް ރަށު އެއްވެސް މީހަކަށް ވޯޓު ނުދޭނަން.
އައްބޭބެ
03 December 2018
އެންމެ ފަހު ފަހަރު ގޮނޑިލިބުނީ ޣަފޫރަށް ހަމަ ކިރިޔާ. ކުރިން ގަބޯއަށް ފައިޓްދިން ޖޭޕީގެ ކެނޑިޑޭޓް ނަސްރު މިފަހަރު ނިކުންނާނެކަން އެގުމުން ދާއިރާ ދޫކޮށްލިކަން ނަސީބު. އެހެންނޫންނަމަ ޖެހުނީހީ ވެލިކާން.
ހަޑިގިއްލާ
04 December 2018
ފައިޓްދިން ނަސީރަށް މިފަހަރު ވަކި ކީއްކުރެވޭނީ... ކުރިންފަހަރުވެސް ދިޔައީ ޗޮކުން
ހާދާލު
03 December 2018
މަރުހަބާ....... ވޯޓް ބޭނުން ނަމަ ވީ އެންމެ އަވަހަކައް ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރަން ފަށާ......
ހާނޫ
03 December 2018
ތާއީދެއް ނެތޯ ހެހެއް
ސާޒްލީ
03 December 2018
ގަޕޯ ގަދަވާނެ. އިބޫގެ މީހެއް.