އަލީ ވަހީދު މަގާމްގެ ހުވާ ކުރެއްވުމަށް ފަހު ލިޔުމުގައި ސޮއިކުރައްވަނީ
10 ޑިސެމްބަރ 2018 - 13:50
ކަންމަތީ ފިހާރައެއް ހެން ރާއްޖޭގެ ޓޫރިޒަމް ހިންގުމުގެ ޒަމާން މިހާރު ނިމިފައިވާ ކަމަށް ވިދާޅުވެ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރީގެ ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
އއ. އުކުޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެން ވާހަކަ ދައްކަަވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ފަޅުތަކާއި ފަރުތައް ބަހައި ހުސްކުރުމުގެ ޒަމާން ނިމިގެން ހިނގައްޖެ ކަމަށެވެ.
"ހުރިހާ ފަޅުތަކާއި ހުރިހާ ފަރުތައް ދިވެހިރާއްޖޭގައި ހިތުހުރި ގޮތަކަށް ބަހާ ހުސްކުރި ޒަމާން އެ ދިޔައީ. ކަންމަތީ ފިހާރައެއް ހެން ފަތުުރުވެރިކަމުގެ ސިނާއަތް ހިންގި ޒަމާން ﷲގެ ރަހުމަތުން މާޒީވެ އެ ދިޔައީ،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ހައްގުތައް ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށެވެ.
ޓޫރިޒަމް ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ތަފުސީލުތައް ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ގެސްޓް ހައުސްތައް ޕްރޮމޯޓް ކުރަން "ގެސްޓް ހައުސް ސިމްޕޯޒިއަމް"އެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ޓޫރިޒަމް ދާއިރާގެ މާސްޓާ ޕްލޭނެއް ތައްޔާރުކުރަމުން އަންނަކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި އަލީ ވަހީދުގެ އިތުރުން ވެސް ބައެއް ވަޒީރުން ބައިވެރިވަޑައިގެންނެވި އެވެ. ނަމަވެސް އެރަށުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީ އޭނާ އަށް އެކަންޏެވެ.
މަސްވެރި ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ އުކުޅަހަށް ރައީސް ވަޑައިގަތީ މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާއި ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީވަހީދޫޫޫ
11 December 2018
ނިކަންބުނެބަލަ ބިޑައްނުލާ ނުވިއްކާނަމޭ، ރޯމާދުވާލު ރައްޔިތުން އޮޅުވާލަން ދައްކާވާހަކަ ނިކަންދެކިބަލަ، ތީކީއިޙްލާސްތެރިވާހަކައެއްނަމަ މަޖްލީހަށް ހުށަހެޅި އިސްލާހު ބޭރުނުކުރީސް،
ނަގޫރޯޅި
11 December 2018
ބައްލަވާ އެހެންވެގެންތޯ ރާއްޖޭގެ ބިންތައް ބޭރު މީހުނައް އަމިއްލަ ކުރެވޭގޮތައް އޮތްބިލައް މީގެކުރިން އެންމެން ވޯޓުދީފަ އިހަކައްދުވަހު އިސްލާހުކުރަން އިދިކޮޅު މެންބަރަކު ހުށައެޅީމަ އެރޭ ހޭލާތިބެގެން މަޖްލިސްބާއްވާފަ އެއިސްލާހު ބޭރުކޮއްލީ. ދޮންނުވެ ފާވެފަ އޮތްކަރަޔެއް ކިތަންމެ ފޮނިވާނޭ ބުންޔަސް ރައްޔިތުންގެތެރޭން އެންމެނަކީ ހިންދުކޮޅު އަންނަބައެއްނޫން.
ނާހިދާ
11 December 2018
މިބޭފުޅާ މާކަގިނަދުވަސް ތަކެއްނުނަގާނެ ސޭޓާއި އަރައި ހަމަކުރަން ފައިސާގެ ގޮތުން... ފިނިފެން މައު ގަހުން އަބަދުވެސް ލިބޭނީ ފިނިފެންމައު. ބޭފުޅާގެ މާޒީދެތްތޯ.؟؟؟އޮޅުވައިނުލައްވާ.. ރާއްޖޭގެ ކޮރޮޕުޓު ކަންތައްތައް މިސަރުކާރުން ނުހުއްޓުވޭނެ އުޅެންޖެހިފައި އޮތީ ދަރަނިދެއްކުމުގައި. ވައްކަން ކުރިމީހުން މަޑުމަޑުން އެއޮތް ފިލަނީ. މިފަދަ ގައުމެއްގެ ވާހަކަ މިދެކެވެނީ. ކޮންމެ މީހަކުވެސް ބާރައް އަނގަހުޅުވައިފައި އެބުނަނީ ގާނޫނުގައި ހުރީ ބޮޑެތި ލޯވަޅޯ އެޅިފަޔޯ
ޙޮޑާލިބެ
10 December 2018
﷽ އަލީ ވަހީދު އަދި އާކަމުން މޮޔަ ގޮވުނީ ފަހުން ރަގަޅުވާނެ
ނޫސަންގު
10 December 2018
އެންމެ ސުއާލެއް. އެމްޓީޑީސީ ނަގާ ކޮޅަށް ޖެހޭނެ ގޮތެއް މަނިކުފާނަށް އެނގޭ ތޯ؟
ޑީޑި
10 December 2018
ސިމްޕޯޒިއަމް އިގިރޭސި ބޮޑެތި ބަސްތަ ތިބޭނުން ކުރަނީ އަހަރުންނަ އޮޅުވާލަންތަ. ދިވެހިން ފަރިތަގޮތަ ކޮންފުރަންސް ނޫނީ ބައްދަލުވުން މިކަހަލަ ބަސްތަ ބޭނުން ކުރީމަ އަޑުއަހާ މީހުންނަ ކިޔާ އެއްޗެއް ވިސްނޭނީ.
ޑީޑޯސް
10 December 2018
ދެން ހިންގޭނީ މާރުކޭޓްގެ ގޮޅިޔެހެން. ތީރާއްޖޭގައި ކެބިނެޓް ތެރޭގައި ހުރި އެންމެ ކޮރަޕްޓް މީހާ
ހިތާދޫ ފޮށާ
10 December 2018
އޭބަލަ އަލީ. އަލީތީ ސޭޓުތައްޕާހުގާ އުޅޭ މީހެއް. ސޭޓާދިމާޔަށް "އުފް" ބުނެލިޔަސް އެހިސާބުން ތީނަގެ ޒަމާންދިޔައީ.
ޢުމަރު
10 December 2018
ބޭކާރު ވާހަކަނުދައްކާ
ޗަކޮޔާ
10 December 2018
ސޭޓު ހިންގަން ފެށި ހިސާބުން މިހާރު ތިތަނަކީ ޕްރައިވެޓް ލިމިޓެޑެއް، ވީމާ ނުބުންޔަސް އިންގޭ ތީކަންމަތީ ފިހާރައެއް ނޫންކަން. އިންގޭ ކުރިންވެސްވާނީ ތިހެންކަން.