ބަންގްސްބޯ (ކ) ޔުވެންޓަސްގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ އެކު. --ފޮޓޯ: އަލްކެޓްރޮން ޑޮޓް ކޮމް
18 އޯގަސްޓް 2016 - 13:43
ދިވެހި ފުޓްބޯޅައިގެ ހާލަތު ދެނެގަނެ ލަފާ ދިނުމަށް، ޔުވެންޓަސްގެ ކުރީގެ އެސިސްޓަންޓް ކޯޗު އަދި ސްޕޯޓްސް ސައިންސް ޕްރޮފެސަރު ޑެންމާކުގެ ޔެންސް ބަންގްސްބޯ މި މަހު ފަހުކޮޅު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެފްއޭއެމުން ބުނީ އަންނަ މަހުގެ 1 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހުގެ 6 ވަނަ ދުވަހު ލާއޯސްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ބަލައި އޭނާ އެލެނެލައިޒްކުރާނެ ކަމަށެވެ.
"ދިވެހި ފުޓްބޯޅައަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، ދިވެހި ފުޓްބޯޅަ އެހެން ލެލެލަކަށް ގެންދިއުމަށް އަޅަން ޖެހޭ ބިންގާ އެޅުމަށް، ތަޖުރިބާކާރުންގެ ހިޔާލާއި ލަފާ ހޯދުމަށް މަސައްކަތްކުރަމުން މި އަންނަނީ،" އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވި އެވެ.
ބަންގްސްބޯ ޔުވެންޓަސްގައި މަސައްކަތްކުރީ ދުނިޔޭގެ މަޝްހޫރު ކޯޗު ކާލޯ އަންޗެލޮޓީ 1999-2001 އަށް އެ ޓީމަށް ކޯޗުކަންކޮށްދިން ދުވަސްވަރެވެ. އެ ދުވަސްވަރު އޭނާ ވަނީ އޭރު ދުނިޔޭގެ މަޝްހޫރު ތަރިން ކަމަށްވާ ޗެލްސީގެ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި ރެއާލް މެޑްރިޑުގެ މިހާރުގެ ކޯޗު ޒައިނުއްދީން ޒިދާނާއި އަލެސަންދްރޯ ޑެލް ޕިއޭރޯ އާއި ޖިއަންލުއުޖީ ބުފޮން އާއި ފިލިއްޕޯ އިންޒާގީ އާއި އެޑްވިން ވެން ޑަ ސާ އާއި އެޑްގާ ޑާވިޑްސް އާއި ޖިއަންލޫކާ ޒަމްބްރޯޓާ ފަދަ ކުޅުންތެރިންނާ އެކު މަސައްކަތްކޮށްފަ އެވެ.
ފީފާ، ޔުއެފާ އަދި އޭއެފްސީ ލައިސަންސް ލިބިފައިވާ އިންސްޓްރަކްޓަރެއް ކަމަށްވާ ބަންގްސްބޯ ވަނީ ޑެންމާކް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފަ އެވެ. ސްޕޯޓްސް އެންޑް ސައިންސް ސްޓިއަރިން ކޮމިޓީގެ މެމްބަރުކަން ކުރާ ބަންގްސްބޯ ވަނީ ފުޓްބޯޅައާ ބެހޭ ފޮތްތަކާއި ޖާނަލްތައް ލިޔެ ޝާއިއުކޮށްފަ އެވެ.
ޑެންމާކުގެ ކޯޕަންހޭގަން ޔުނިވާސިޓީ ޕްރޮފެސަރެއްގެ މަގާމް ވެސް އަދާކުރާ ބަންގްސްބޯ ވަނީ ނައިކީގެ ފުޓްބޯޅަ ބޫޓުތައް ޓެސްޓްކުރުމުގައި ވެސް ހަރަކާތްތެރިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
18 August 2016
ޓޮމް ހަމަ ހަބޭސް.
މޮޔަ މީހާ
18 August 2016
އައްޑޫ އާއި ކުޅުދުއްފުއްޓާއި އެކަނިތަށް ރާއްގޭގައި ފުޓްބޯޅަ ކުޅެންވީ..ދިންތިބި އަތޮޅު ތަކާއި ރަށްތަކުގައި ނެޖެހޭތަށް ފުޓްބޯޅަ ކުޅޭކަށް..
ތަޖުރިބާކާރު
18 August 2016
މާބޮޑަށް ސިޔާސީވީ، ކުޅިވަރުގެ ތެރެއަށް ސިޔާސީ ފަރާތްތައް ވަންނަން ފެޓުމުން މިހާލަތަށް ވެއްޓުނީ
ބޭނުމީ މިނިވަންކަން / އައްޑޫ ސިޓީ
18 August 2016
ޑެންމާކް ގެ professor Jens Bangsbo ރާއްޖެ ގެންނަނީ ދިވެހި ފްޓްބޯލައިގެ ހާޅަތު ދެނެގަތުމަށް ނުވަތަ މާލޭގެ ފްޓްބޯޅައިގެ ހާލަތު ދެނެގަތުމަށް ކަމެއް އެއްގޮތަކަށް ވެސް ނޭގެ. މިހެން މިދެންނެވީ އަބަދުވެސް ''ދިވެހި ފްޓްބޯޅައިގެ ހާލަތު ދަށަށްގޮސްފި'' ކަމަށާއި ދަނޑަށް މީހުން ނުވަންނަ ވާހަކަ ދައްކާ އަޑުއިވޭތީ. އަދިވެސް އެފްއޭއެމް ނިންމާފައި ވަނީ ''ދިވެހި ފްޓްބޯލަ އަކީ ހަމަ އެކަނި މާލޭ ގަލޮޅު ދަނޑުގައި ކުޅޭ ފްޓްބޯޅަ'' ކަމަށް ތޯ ؟؟ . . އޭގެ ބަދަލުގައި މިފަހަރު ތިޔަ ތަޖުރިބާ ކާރު ލައްވާ ރާއްޖޭގެ ސަރަހައްދު ތަކުގައި ފްޓްބޯޅަ ތަރައްޤީ ކޮށް އެސަރަހައްދު ތަކުގައި ފުޓްބޯޅައިގެ ހަރަކާތް ހިންގިދާނެ ގޮތާއި ޤާއިމް ކުރާންޖެހޭ ވަސީލަޔް އަދި އެކަން ކުރާނެ ގޮތުގެ މައުލޫމާތު އެއްކުރުން ރަނގަޅު. . . އެކަން ކުރެވިއްޖެ ނަމަ ކުޅުދުއްފުއްޓާއި އައްޑޫ ގައި ފެންވަރު ރަނގަޅު ސްޓޭޑިއަމް ތަކެއް ބިނާ ކުރުމަށް އޭއެފްސީ އަށާއި ފީފާ އަށް އަދި މުއްސަނދި ޤަތަރު ފައުންޑޭޝަން ފަދަ ތަންތަނަށް ހުށަހެޅިދާނެ. . . ރާއްޖޭގެ ފްޓްބޯޅަ އާއި މެދު ވިސްނާނަމަ ހަމަ އެކަނި މާލެ އަށް ވިސްނައިގެން ތިކަމެއް ނުވާނެ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ އަދި ލާމް އަތޮޅުގައި ވެސް ލީގްގެ މެޗްތައް ކުޅެވޭނެ އިންތިޒާމް ހަމަޖައްސަވާ. / މިނިވަންކަން ، އައްޑޫ ސިޓީ
އަހަރެން
18 August 2016
ހަމަތިގޮތަށް ރައްޔިތުންގެ ހާލަތު ދެނެގަންނަން ތަޖުރިބާކާރަކު ގެނައުން މުހިންމު.
ރަދީފް
18 August 2016
ސާބަހޭ، އަޅުގަނޑުމެންގެ ޔުވެންޓަސް. #މޯލްޑިންޓަސް.
މެންޓަލިސްޓް
18 August 2016
ތީވަރަށް ރަގަޅުކަމެށް ،،، ސިންގަރޕޯރ ޑިވެލޮޕް ވުމުގައިވެސް އެމީހުން ހުރީ ސިސްޓަމްއަނެލެލިސް ހަދައި ރިސާޗްކޮށް އޭގެމައްޗައް ބުރަވެ ކަންކަންކޮއްފައި ،،،، ހުރިހާ ކަމެއްގައިވެސް މައްސަލަތަށް ތަހުލީލްކޮށް ހައްލުހޯދަންވާނީ އިލްމީ ގޮތުން ،،،، އޭރުން ފަހުން ފައިދާވާނީ ،،،
ނަޢީމު
18 August 2016
ޢުފާވެޢްޖެ.
މެންޓަލިސްޓް
18 August 2016
އެއްކަލަ ފަރަންޖީގައުމުންދޯ މީހަކު ގެންނަންމިޖެހުނީ. ކީއްވެބާ ސައުދީ ނުވަތަ ޗައިނާއިން ނުގެނެވުނީ.؟؟