ޖަރުމަން-ޝެންގެން ވިސާ އަށް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި

ޖާމަން-ޝެންގެން ވިސާ އަށް އެދި ހުށަހެޅުމުގެ ދެ ދުވަހުގެ ކްލިނިކެއް ހިންގަން ފޮރިން މިނިސްޓްރީން ނިންމައިފި އެވެ.


ފޮރިން މިނިސްޓްރީން ބުނީ މިކްލިނިކް ޤާއިމްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 27-28 ވަނަ ދުވަހު ހެނދުނު 08:00 އިން ހަވީރު 18:00 އަށް އެ މިނިސްޓްރީގައި ކަމަށެވެ. ވިސާ ކްލިނިކް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އެ ދެ ދުވަހު ކަމަށް ވިޔަސް، ވިސާ އަށް އެދި ހުށަހަޅާ މީހުންގެ އަދަދަށް ބަލައި މުއްދަތު އިތުރު ކުރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޖަރުމަނު އެމްބަސީން އެދެނީ ރާއްޖޭގައި ހިންގަން ހަމަޖެހިފައިވާ ވިސާ ކްލިނިކް މެދުވެރިކޮށް ވިސާ އަށް އެދި ހުށަހަޅަން ބޭނުންވާ މީހުން އޮންލައިންކޮށް އެޕޮއިންޓްމެންޓް ހަދާށެވެ. އޮންލައިންކޮށް އެޕޮއިންޓްމެންޓް ހެދުމުގެ ފުރުސަތު އޮންނާނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ.

http://www.vfs-germany.com/index.html

https://videx.diplo.de/videx/desktop/index.html

ރާއްޖޭގައި ތިބެގެން ޖާމަން-ޝެންގެން ވިސާ އަށް އެދި ހުށަހަޅަން ފުރުސަތު ލިބޭ މިއީ ފުރަތަމަ ފަހަރެވެ. ފޮރިން މިނިސްޓްރީން ބުނީ ޖަރުމަނުގެ ބާލިންގައި އޮންނަ އައިޓީބީގައި ބައިވެރިވާ ދިވެހިންނަށް މި އިންތިޒާމްގެ ސަބަބުން ފަސޭހަ ވާނެ ކަމަށެވެ.