ރައީސް މިއަދު ނައިފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ:ރައީސް އޮފީސް
27 ޑިސެމްބަރ 2018 - 11:28
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޅ. ނައިފަރަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.
އެމަނިކުފާނުގެ މި ޒިޔާރަތުގައި ނައިފަރު ކައުންސިލާ ވަނީ ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ ރަށުގެ ތަރައްގީ އަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ކުރިޔަށް ރާއްވަވާފައިވާ ކަންތައްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވައިފަ އެވެ. އަދި މި މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ހާމަކުރައްވައި މިކަންކަން ހައްލުކުރެވޭނެ ގޮތްތަކާމެދު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ ރ. އަތޮޅު ދުވާފަރުގައި ބޭއްވެވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އުފަން ރަށްކަމުގައިވާ ޅ. ހިންނަވަރަށް ވެސް އިއްޔެ ނުރަސްމީ ދަތުރުފުޅެއްގައި ޒިޔާރަތްކުރެއްވި އެވެ.
މީގެއިތުރުން އެމަނިކުފާނު މިއަދު ނ. އަތޮޅު ހެނބަދޫ އަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
27 December 2018
ނުފެނޭ ދެތްތޯ ރައިސު ރަށަކަށް ވަޑައިގަތުމުގެ 48 ގަޑކުރިން ކޮމާންޑޯސްތައް ރޭގަނޑު ދަންވަރު ބަރުހަތިޔާރާއި އެކު ރައްރަށައް އަރާ މަންޒަރު.. ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް އެގައުމެއްގެ ޕުރިޒެންޓަށް ފުލް ސެކިޔުރެޓީ ދޭނެ ނަމަވެސް މިވޭތުވެ ދިޔަ ދުވަސް ތަކުގައި ފެނިގެންދިޔައީ މާފިޔާ ޖަމާއަތެއް ކޮންމެވެސް ތަނެއް އޮކިޔުޕައި ކޮށްގެން އުޅޭ މަންޒަރު.. އާދެ! ރައީސު އިބޫގެ ރައްކަލުގައި މުޅި ގައުމު އޮތީ. ހިތްދަތި ވިޔަކަސް މިކަން އޮތީ މިހެން...ރައްޔަތުންތިބީ
ކިއްލިބާޝާ
27 December 2018
ނައިފަރަށްގޮސް ނައިފަރު ޖިމޯއާ ބައްދަލުކުރާތި. އެއީ ވަރަށް ހުނަރުވެރި ސޮރެއް.