30 ޑިސެމްބަރ 2018 - 14:56
ކުރީ ސަރުކާރުގައި ހައްގު ނޫން ބަޔަކަށް، ނާއިންސާފުން ދޫކުރި ކަމަށް ތުހުމަތުކުރާ ފްލެޓްތަކުގެ މައްސަލައިގައި އެކަށީގެންވާ ހައްލެއް ހޯދައި ދެވޭނީ، އެ މައްސަލަތައް ބަލަން އެކުލަވާލާފައިވާ ކޮމެޓީގެ މަސައްކަތްތަކަށް ފަހު، ލަފާ ލިބުމުން ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ މިއަދު ވިދާޅުވެއްޖެ އެވެ.
ދެ މަޝްރޫއަކުން ފްލެޓް ދޫކުރީ، އުސޫލެއް ނެތި، ބޭނުން ބަޔަކަށް ކަމަށް ތުހުމަތު ކުރެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ، އެ މައްސަލަތަކަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމުގެ ވައުދާ އެކުގަ އެވެ.
ބޭއިންސާފުން ފްލެޓް ދޫކުރުމުގެ ސަބަބުން ހައްގުވެރިން ބާކީވެފައިވާތީ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފްލެޓް ދޫކުރި މީހުންނާ މެދު މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަން ވަނީ ނިންމައިފަ އެވެ. އެއާ އެކު ހަމަހަމަ އުސޫލުން ފްލެޓް ދޫކުރާނެ ނިޒާމެއް ކަނޑައަޅަން ވެސް ވަނީ ވައުދުވެފަ އެވެ.
މަގާމާ ހަވާލުވެވަޑައިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާތިފާ ވިދާޅުވީ ފްލެޓްތަކާ ގުޅޭ މައްސަލަތައް ބަލަން ރައީސް އުފެއްދެވި ކޮމެޓީގެ މައުލޫމާތު ދެ ދުވަހެއްގެ ތެރޭގައި އެ އޮފީހުން އާއްމުކުރާނެ ކަމަށެވެ. އެ ކޮމެޓީގެ މަސައްކަތް ފެށުމާ އެކު، ހައުސިން މިނިސްޓްރީގައި ހުރި ފްލެޓް މަޝްރޫއުތަކުގެ ލިއުންތައް ހަވާލުކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އާތިފާ ވިދާޅުވި ގޮތުގައި އެ ކޮމެޓީގެ މަސައްކަތްތަކުގައި ހައުސިން މިނިސްޓްރީގެ ދައުރެއް ނޯންނާނެ އެވެ. އެ ކޮމެޓީ ހިނގާނީ މިނިވަންކޮށް ކަމަށް ވިދާޅުވި އެވެ.
"އެ [ފްލެޓްތަކާ ގުޅޭ] މައްސަލަތަކުގައި ކޮމެޓީން ކަމެއް އޮޅުން ފިލުވަން ވެއްޖެ ހާލަތެއްގައި ނޫނީ، އަޅުގަނޑުމެން [މިނިސްޓްރީގެ] ދައުރެއް ނޯންނާނެ،" އާތިފާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ "ހިޔާ" މަޝްރޫއު އާއި "ގެދޮރުވެރިކުރުމުގެ" އިތުރުން ގުޅީފަޅު މަޝްރޫއުގައި ފްލެޓް ދޫކުރި ގޮތް އެ ކޮމެޓީން ބަލާނެ ކަމަށެވެ. އެ މަޝްރޫއުތަކުން ފްލެޓް ދޫކޮށްފައި ވަނީ އެންމެ އިންސާފުވެރިކޮށްތޯ ބަލައި ރައްޔިތުންގެ ޝަކުވާތަކާއި އެކަމާ ގުޅިގެން ފާހަގަވާ މައްސަލަތައް ވެސް ކޮމެޓީން ބަލާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އާތިފާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލެ އިން 7،000 ފްލެޓަށް އެދި ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެތެރެއިން ފްލެޓް ހައްގުވާ 7،000 މީހުން ހޮވައި، އޭގެ ތެރެއިން ބައެއް މީހުންނަށް ވަނީ ފްލެޓް ލިބުނު ކަމުގެ ކަށަވަރުކަން ދޭން ލިއުމެއް ހަވާލުކޮށްފަ އެވެ. އެކަމަކު އެ މަޝްރޫއަށް ޝަރުތު ހަމަވި ކަމަށް ގެޒެޓްކުރި ލިސްޓުގައިވާ ބައެއް މީހުންނަށް އެ ލިއުން ހަވާލެއް ނުކުރެ އެވެ.
އާތިފާ ވިދާޅުވި ގޮތުގައި ވެރިކަން ބަދަލުވުމާ އެކު އެ ލިއުންތައް ހުރި ކޮޓަރި ވަނީ ތަޅުލައިފަ އެވެ. އެ ލިއުންތަކާއި ފްލެޓް މަޝްރޫއުއާ ގުޅޭ ހުރިހާ މައުލޫމާތެއް ހިއްސާކުރާނީ ކޮމެޓީ އަށް ކަމަށް ވެސް ވިދާޅުވި އެވެ.
ފްލެޓްތަކާ ގުޅޭ ތަފްސީލުތައް އާއްމުންނަށް ހާމަކުރައްވާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮމެޓީގެ މަސައްކަތްތައް ނިމުމުންނެވެ.
ބޭއިންސާފުން ވަކި ބަޔަކަށް ފްލެޓް ބެހި ކަމަށް ކުރާ ތުހުމަތު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވަ އެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި ބޭއިންސާފުން އެއްވެސް މީހަކަށް ފްލެޓް ދީފައެއް ނޯންނާނެ އެވެ. ގެދޮރުވެރިކަމުގެ މަޝްރޫއުން ޝަރުތު ހަމަވެ ފްލެޓް ލިބުނު މީހުންގެ އަތުން ފްލެޓް އަތުލަން ނިންމައިފި ނަމަ، އެއީ ވަރަށް ބޮޑު ބޭއިންސާފަކަށް ވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯލްޓް
04 March 2019
މިނިސްޓަރު މާދަމާ ވަރަށް ރަގަޅަށް ކިޔާދެއްވާނެ ފްލެޓަށް ފޯމް ހުށައެޅިމީހުންގެ ފޯމްތަކަށް ހަދާފައިވާ ގޮތް. ބޮޗޭ ބަލަން ހުރޭ އަދި އަޑުއަހަން ހުރޭ.
ހަސަން ހުސޭން
01 January 2019
މާލޭގަ ދިރިއުޅޭތާ 38 އަހަރު ވެފަ ދިވެހިރާއްޖޭގައި އަމިއްލަ ބިންކޮޅެއްނެތި ރެފިޔުޖީން އުޅޭ ގޮތައް އުލެމުން އަންނަ މީހުންގެ ފޯމް ސަރުތުހަމަނުވާ ކަމައްބުނެ އިއްޔެ މެންދުރު މާލެއައިސް މާލޭގައި ރަޖިސްޓްރީ ވިތާ 1 އަހަރު ހަމަވާ މީހުންގެ ފޯމް ސަރުތުހަމަޥާކަމަށް ވަންޏާ ކޮބާބާ މިކަން އިންސާފުން ގެންގޮސްފަ
އައިޝަ
31 December 2018
ތިކިޔަނީ މުއިއްޒުގެ ވާހަކައެއްނުން. އޭނަ އަކީ ޔާމީނުގެ ޕަޕެޓެއް. ޕާޓީ އޮފީހުން ބުނިގޮތަކަށް ނޫނީ ކަމެއް ކުރާކަށް ނުކެރޭނެ. މިހާރުވެސް އަހަރެން އަތުގަ އެބައޮތް 101 ޕޮއިންޓް ލިބުނު ސްލިޕް. ފްލެޓެއް ނުލިބޭ. އިންސާފެއްވެސް ނުލިބޭ. މިސަރުކާރުންވެސް ހަދާއެއްޗެއް ބަލަން މިހިރީ
ހަބޭސްމީހާ
31 December 2018
ތިޔަމީހުންގެ ސަރުކާރުން ފުލެޓް އަޅާފަ ބަހާނެ ގޮތެއް ކަނޑައެޅުން މާފުރިހަމަވާނެ. ދުނިޔޭގަ ޑިމޮކްރެޓިކު ހުރިހާ ގައުމެއްގައިވެސް ކަންހިގާތަން އަޅުގަނޑުމެން ދުށީ މިހެން. ގަބޫލް ކުރަންޖެހޭ ހަގީގަތީ ކުރިންވެސް އޮތީ ރައްޔިތުންގެ ވޯޓުން ހޮވިގެން ވެރިކަންކުރިބައެއް. ސަރުކާރުގެ 5 އަހަރުގެ މުއްދަތުގައި ރައްޔިތުމީހާއަށް ލިބުނުހައްގެއް ފަނާކުރުމަކީ އަނިޔާވެރިވުން.
އިންސާފު101
31 December 2018
ރައްޔިތުންގެ ވޯޓުން ހޮވީމަ ނުހައްގުން ހަމަ އެއްވެސް ކަމެއް ނުކުރެވޭނެ ދޯ......ލައްކަ ރަނގަޅައް ތިވިސްނަނީ.... ސިކުނޑި ގޭގަ ބާއްވާފަ އައިއްސަ ދޯ ތި ކޮމެންޓް ކޮއްލީ... ވަރައް ކުޅަދާނަ
ހޯރަ
31 December 2018
އާތިފާމެން ލައިގެން ހިއެއް ނުވޭ މި ކުރަށް އުޅޭކަންތައް ހުވަފެނުގަވެސް ވާނެހެން. މާ ލޮނުމަޑް ކޮށް ވިއްޔާ ތި އުޅެނި.
ޢަޅީ
31 December 2018
ރައްޔިތުން ނަށް އޯގާތެރި ސަރުކާރެއްގެ ޅޯގޯޖަހައިގެން އައިސް ރައްޔިތުމީހާ ދިރިއުޅޭތަނުން ނެރެ މަގުމަށްޗަށް އެއްލާލާން ތިޔަ އުޅެނީ ތިޔައީތޯ ރަެއްޔިތުން އެދޭގޮތަކީ. ތިޔަބުނާ ކޮމެޓީ ގައިތިބެނީ ކިހާވަރެެއްގެ އޯގާތެރިބަޔެެއްބަ???? ތި 5 މީހުންގެ ނަންހާމަކުރަންނުކެރެނީ......
އިންސާފު101
31 December 2018
އޯގާތެރިކަމަކީ ހައްގު ނޫންބަޔަކަށް ފްލެޓް ލިބި އެތައްދުވަހަކު އޭގެ ނުހައްގު ބޭނުން ފުދުނީމާވެސް އިތުރައްވެސް ހައްގުވެރި ނިކަމެތިން އެހާލުގައި ތެޅުވުންތަ......ވާސަރީވާ.... އިންސާފާްއި އޯގާތެރިކަން ތިހުރީ ގިރައިގެން ބޮވިފައި ދެއްތޮ
އިސްމާއީލް
31 December 2018
ދިވެހިިރާއްޖޭގެ އެއްވެސްތަނެހްގައި ބޯހިޔާކަމެއްނެތްބަްޔަކު އެމީހާދިރިއުޅޭތަނުން ނެރެ މަގުމައްޗައް ސަރުތުހަމަނުވާކަމަށްބުނެ އެއްލާލާން ވިސްނާއިރު ތިޔަކުރަން އުޅެވެނީ ކިހާވަރެެއްގެ އަނިޔާއެއްކަމާމެދު ވިސްނާލުން މުހިއްމު. މީހަކު ދިރިއުޅޭތަނުންނެރެ މަގުމައްޗަށް އެއްލާލުމަކީ ކިހާވަރެއްގެ އަނިޔާެއެއްކަން އެގޭބާ ތިޔަދޭންއުޅެނީ . ތިޔަށްވުރެ ރައްޔިތުން ނަށްދެވޭނެ ނިކަމެތިކަމެއްނޯންނާނެ....?
އިންސާފު101
31 December 2018
ހާދަހާ އިންސާފު ދަންނަ ބޭކަލެކޭ ދޯ......ވާވާ، އިންސާފު ތިއޮތީ އަރިހުރަހުން ޖެހިފައެއްނު، އަނެއްކޮޅުން އޯގާތެރިކަމަކީ ހައްގު ނޫންބަޔަކަށް ފްލެޓް ލިބި އެތައްދުވަހަކު އޭގެ ނުހައްގު ބޭނުން ފުދުނީމާވެސް އިތުރައްވެސް ހައްގުވެރި ނިކަމެތިން އެހާލުގައި ތެޅުވުންތަ......ވާސަރީވާ.... އިންސާފާްއި އޯގާތެރިކަން ތިހުރީ ގިރައިގެން ބޮވިފައި ދެއްތޮ
އަބްދޫ
31 December 2018
ޕީޕީއެމް ސަރުކާރުން ވަނީ ފްލެޓް އަޅާފަ ދޭނެ ފަރާތްތައް ކަނޑައަޅާފަ. އެފަރާތްތަކަށްދިނީމަ އެވީ އެމްޑީޕީ ސަރުކާރުންވެސް ފްލެޓް އިމާރާތްކޮށްފާ ދޭންފެންނަ ބަޔަކަށް ދިނީމަ އެވީ ކުރިން ގޯއްޗާ ފްލެޓްދިނީވެސް އެހެންދޯ. ފައިސާހޯދައިގެން ކަންކުރާމީހުނަށް ދޭންވާފަރާތްތަށް އެގޭނީ މިހާރު ތިޔަ އުޅެނީދަރަނިނަގާ ނާސްތާދޭން ކްލާސްތައް ހޫނުކަމުން އެއުޅެނީ ދަރިވަރުންނަށް ހަމަޖެހިލައިގެން ކްލާހުގާ ނުތިބެވިގެން ރައީސް ފިނިކޮޓަރި ދަރިވަރުން ހޫނު އަވަނުގާ
ބުރަކި
30 December 2018
ހެޔޮނުވާނެ މި ރައްފުށުމީހންނަް އަޅާދިން ފްލެޓް ތަކައް އެމީހުން ފޮނުވަބަލަ ރަށުގަ ގެސްޓްހައުސް އަޅާފަ މިބަގަ މާލެއިން ފުލެޓްވެސް ނަގަނީ މާލެމީހުނަކައް ރސއްފުށުން ގޯއްޗެއް ފްލެޓެއްވެް ލިބެނީކީނީން ..މިކަމާވިސްނާލަބަލަ ކަޅުވަކަރުމިސްކިތް މާލޢގަ ބެހެއްޓިއަސް މާލެ މީހުނައް ފުދުނީބާ..ކޮންދަފުތަރެއްތަ..
އިންސާފު101
31 December 2018
މާ ހިތުން މާލެ ވެގެން ނޫޅެބަލަ.... މާލެ މާލެއަކަށް ހަދާފައި މިއޮތީ ހުރިހާ ދިވެހިރައްޔިތުންގެ ފައިސާއިން...ދެން ކޮން މާލެ މީހެއް ހެދޭކައް... ދިވެހި ކޮންމެ ރައްޔިތަކަށް މި މާލެއިން ބޯހިޔާވަހިކަން ސަރުކާރުން ހޯދަ ދޭން ޖެހޭނެ...
ޯބޯވަ
31 December 2018
ބައްލަަވަކިހިނެއްތޯވަނީމާލޭގެބިންކޮޅުދޫކޮއްލިމީހުންއާއި ގަނެފަތިބިމީހުންއަށްމިކަމުގެތަފްސީލްއެއްވެސްލިބުނިއްޔާމުރަގަޅު،ބައެއްމީހުންދަރާވިކިގެންއެތަންކޮޅުސަލާމަތްކުރީ، އަނެއްބަޔަކުގެތަންކޮޅަށްވާގޮތްނޭގިފަ….
ހަބީބު
30 December 2018
ހުޅުމާލެއިން 7000 ފުލެޓައް އެދިފަވާ ހުރިހާ ރައްޔިތުންނައް ފުލެޓު ދިނުން އެދެން އޭގަގިނައީ އެމްޑީޕީ މެންބަރުން ފުލެޓު ހޯދުމައް ޕީޕީގަ ތިބީ މިހާރު މިދަނީ އެމްޑީޕީޔައް ބަދަލުވާން