ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ހުޅުވާލި ފްލެޓަށް ފޯމު ހުށަހަޅަން ގިނަ އަދަދެއްގެ ބަޔަކު ހައުސިން މިނިސްޓްރީގައި ކިޔޫ ޖެހިގެން. --ފޮޓޯ/މިހާރު
30 ޑިސެމްބަރ 2018 - 15:54
ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް، ކިޔޫ ނުޖެހި ފޯމު ހުށަހެޅޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ.
އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު އަހްމަދު ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމަށް އެދެން ދިގު ކިޔޫތަކުގައި ތިބުމަކީ އެތައް ބަޔަކަށް ކުރިމަތިވާ ބޮޑު ތަކުލީފެއް ކަމަށެވެ. އެ މައްސަލަ އަށް ހައްލު ހޯދަން އެ މިނިސްޓްރީން، ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީއާ ގުޅިގެން ވެބް ޕޯޓަލްއެއް ފަރުމާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޕޯޓަލްގައި ރަޖިސްޓްރީވުމާ އެކު ރާއްޖޭގައި އެ ވަގުތަކު ކުރިއަށްދާ ހައުސިން މަޝްރޫއުތަކަށް ކުރިމަތި ލެވޭނެ އެވެ. ހުޅުވާލާފައިވާ ސްކީމްތަކުގެ ތެރެއިން އެ މީހަކު ޝަރުތުހަމަވާ ސްކީމެއް ވެސް އެ ޕޯޓަލް އިން ފެންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެއީ، ރާއްޖޭގެ އެކި ސަރަހައްދުތަކާއި ރާއްޖެ އިން ބޭރުގައި ތިބެގެން ވެސް ފްލެޓަށް އެދެން ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"އެ ބޭފުޅަކު އެ ސްކީމުގައި ބައިވެރިވެފައި އިނދެއްޖިއްޔާ ކިޔޫ ތަރުތީބުން، އެ ހުންނެވި ހިސާބެއް އެނގިވަޑައިގަންނަވާނެ. އެހެންކަމުން ވީހާވެސް ފަސޭހަކަމާ އެކު ބޯހިޔާވަހިކަމަށް އެދެވޭނެ ގޮތެއް ކަނޑައެޅުން ބޭނުމަކީ،" ނާޝިދު ވިދާޅުވި އެވެ.
ނާޝިދު ވިދާޅުވީ އެ ޕޯޓަލްގައި ބޯހިޔާވަހިކަމަށް އެދޭ މީހުންގެ ޒާތީ މައުލޫމާތު ހިމެނޭއިރު، އެ މީހަކު ހުށަހަޅާ މައުލޫމާތަށް ބަލައި ޝަރުތު ހަމަވާ ސްކީމްތައް ވެސް ސާފުވާނެ ކަމަށެވެ.
މީގެއިތުރުން، ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ އަދަދެއް ކައުންސިލްތައް މެދުވެރިކޮށް ހޯދައި، އެންމެންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެށުމަށް ވަނީ ނިންމައިފަ އެވެ. ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް ދެނެގަންނާނެ ހަރުދަނާ ނިޒާމެއް މީގެކުރިން އެކުލަވާލައިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަރުބޯ
31 December 2018
ފްލެޓަށް އެދެން ކިޔު ޖެހެނީ މަޖުބޫރުވެގެން، ތިޔަ ވެބް ޕޯޓަލަކުންވެސް މައްސަލަ ހައްލެއްނުވާނެ، ފްލެޓް ގިނަކޮށްގެން މައްސަލަ ހައްލުވާނީ، އެކަން ކުރަން ނުކެރިގެން ތިއުޅެނީ
މޯޑު
31 December 2018
ފްލެޓް ލިބޭނެ ނިކަން ރަނގަޅަށް ސިޔާސީ ވެލަން ކެރެންޏާ. ޝަރުޠުވެސް ހަމަވާނެ, ކިއޫ ގަ ޖެހޭކަށްވެސް ނުޖެހޭނެ. ކެރެންޔާ ދާންވީ.
raajjethereymeehaa
31 December 2018
ކޮންމެ ސަރުކާރަކުންވެސް މޮޅުވާހަކަ ދައްކާނެ ...ރައްޔިތުން ގުބޯހައްދަން. ނުކައި ނުބޮއި ގުއިނުދޮވެ ކިޔޫގަ ހުރެގެންވެސް ރައްޔިތުންވަނީ ފޯމް ހުށަހަޅާ އަދި ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެކަމުގެ ލިޔުން ހަވާލުކޮށްފަ. ދެން ކޮން ބޭކާރު ވާހަކައެއް ޕޯޓަލް ނެތިގެންތަމިއުޅެނީ...ތަންތަން ނިންމާފަ ޙަވާލުކޮށްބަލަ ނުވައްޏާ ގެއަށް ވަޑައިގަންނަވާ.. ވ ސަލާމް
ހަގާނީ
30 December 2018
މައިންބަފައިންގެ މުދަލުން ވާރުތަވާ ބިން ހުރެއްޖެއްޔާ ފުލެޓް ހައްގެއއނުވާނެ އެކަމަކު ފިރިމީހާ އަށް ލިބިފަހުއްނަތަނަކީ އަބިމީހާއަށް ވާރުތަވާ އެއްޗެއްނޫން މާދަންވެސް ވަރިކޮއްލީ އެނިމުނީ.
ދުރުމި
30 December 2018
ޝޭހް އިލްޔާސްގެ ނަމުގަ ކޮމެނޓް ކުރި މީހާޔައް ބުނެލަން ބޭނުންވަނީ ތިބޭފުޅާގެ އަންހެނުންނަޢް ފުލެޓެއްލިބިހުއްޓާ ތިބޭފުޅާއަށް ޝަރުތު ހަމަވެގެން ފުލެޓްއެއް ލިބެންޖެހި ސަރުކާރުން ފުލެޓް ނުދިނީއޯ އޭގެ އެއްމަސް ފަހުން ތިބޭފުޅާގެ އަންހެނުން މައްސަލަ ޖެހި ތިބޭފުޅާގެ ކާރިން ވަރިވެގެން ދިޔަޔީއޯ ދެންކީއްކުރާނީ ސަރުކާރުން ބޭފުޅާއަށް ލިބެން އުޅުނު ފުލެޓް ވެސް ގެއްލުނީ ދޯ ބޭފުޅާ މަގުމަތިވީދޯ.
ޝެއިޚް އިލްޔާސް
31 December 2018
ބުއްދީގެ ހަމަތަކުން ބަލާއިރު ފިރިމީހާއަށް ފްލެޓެއް، އަނބިމީހާއަށް ފުލެޓެއް ( ކައިވެނި ރޫޅިދާނެ ކަމަށް ބަލާފަ ، ދެމަފިރިން ކުރެ ކޮންމެ މީހަކަށް ފުލެޓެއް ދިނުން) މިއީ ވާނޭ ކަމެއްނޫން. އަދި މިހެން ކޮންމެ 2 މަފިރިއަކަށް 2 ފްލެޓް ދީފިނަމަ ، ކިތައްދެމަފިރިން ތިބޭނެތޯ ފްލެޓް ނުލިބި..... ފަސާދަކުރާ ޖާހިލު ބަޔަކު ކަމުގަ މެނުވީ ބައެއްމީހުން ނުވެއެވެ.
ފަޅުވެރިން
30 December 2018
ފްލެޓް ކިޔޫގެ ވާހަކަ ބާއްވާފައި އިހަށް ފްލެޓްތައް ނިންމޭތޯއެއްނޫންތޯ އުޅެންވީ؟ ފްލެޓްތައް ނުނިމެންޏާ ކީއްކުރާ ކިޔޫއެއްތޯ؟ ރައީސް ޔާމީން ސަރުކާރުން 2019 ގެ އޭޕްރިލް އަށް ނިންމަން ކިޔާފައި އޮތް ތަނެއް މިހާރު ތިބުނަނީ 2019 ގެ ނޮވެމްބަރ އަށޭ ނިމޭނީ! އެވެސް އަންދާޒާ، ޙަޤީޤަތުގައި ނިމޭނެ އިރެއް ނޭނގޭ!!
ޝެއިޚް އިލްޔާސް
30 December 2018
ކުރިން ފުލެޓް ލިބިފައިވާމީހުން އެނގޭނިޒާމެއް މުހިންމު. ފިރިމީހާއަށް ކުރީ ފުލެޓް ކުރީބުރު ލިބި ، އަނބިމީހާއަށް ފަހުބުރު ފްލެޓް ލިބޭގޮތް ވުން އެއީ މައްސަލައެށް.މިފަދަކަންކަން ދެނެގަނެވޭ ނިޒާމެއް މުހިންމު.
ނަޒީ
30 December 2018
ކިޔޫއެއް ނުޖެހޭނެ އޮންލައިންކޮއް ހުރިހާ އެޕްލިކޭޝަނަކާއި އަދި ހުށައަޅަންޖެހޭހާ ޑޮކިޔޫމެންޓެއް ޕޯޓަލްއަކުން އަޕްލޯޑު ކުރެވޭގޮތް ހެދީމަކާއެއް.
ހީހީހަލާކު
31 December 2018
ބަލަ އެވާހަކަ ނޫންތަ އެއޮތީ ލިޔުމުގަ؟ ނުކިޔާތި ހަމަ
ގޫހި
30 December 2018
ދަރިން ސްކޫލަށް ވައްދަން އެޑިޔުކޭޝަނަށް. ފްލެޓަށް އެދެން ހައުސިންއަށް މިހެންގޮސް ކިޔުގަ ނުޖެހި އެއްކެއްވެސް ނުވޭ އެކަމަކު މިއީ ވަރަށް ޓެކްނޮލޮޖީ ގައުމެކޯ. ސާބަހޭ. ދެން ސްޕީޑް އަވަސްކޮށް އިންސާފުން ކުރޭ. އެއްވެސް ކަމެއްގައިނުފޫޒަށް ބޯނުލަބާތި.
ސައި
30 December 2018
ރައީސް ސޯލިހުގެ ސަރުކާރުން ފުލެޓުއަޅާ ރައްޔިތުންނަށް ފޯމް ހުށައަޅަން ހުޅުވާލާނީ ކިހާތާކުތޯ