އައިޝަތު އާޒިމާ ޝަކޫރު
31 ޑިސެމްބަރ 2018 - 14:17
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލައިގައި އެމަނިކުފާނުގެ ވަކީލު އަދި ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު އިއްޔެ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
އާޒިމާ ފުލުސް އޮފީހަށް ހާޒިރުކުރީ އިއްޔެ ހަވީރު އެވެ.
އާޒިމާ "މިހާރު" އަށް ވިދާޅުވީ އޭނާއާމެދު ކުރާ ތުހުމަތުގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
"އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ތަފްސީލެއް ނުދެވޭނެ. އެކަމަކު އަޅުގަނޑު ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ. އެ މައްސަލައިގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭން ތައްޔާރަށް މި ހުރީ،" އާޒިމާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތުތަކުގައި ޑިސެމްބަރު، 15 ގައި، އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ރައީސް ޔާމީން ހުޅުވާފައިވާ އެކައުންޓަކަށް 1 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައަކާއި 22 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެއް ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. މައްސަލަތަކުގެ ތަހުގީގަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާއާ އެކު ޔާމީންގެ އެކައުންޓްތައް ވަނީ ފްރީޒްކޮށްފަ އެވެ.
އާޒިމާ ފުލުސް އޮފީހަށް ހާޒިރުކޮށްފައި މި ވަނީ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ މައްސަލަތަކުގައި އެމަނިކުފާނުގެ ސަރުކާރުގެ ބައެއް އިސްވެރިން ހިމެނޭ ކަމަށާއި އެބޭފުޅުންގެ މައްސަލަތައް ވެސް ބަލާނެ ކަމަށް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އެކްޓިން ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެފައި ވަނިކޮށެވެ.
މަނީ ލޯންޑެރިން މައްސަލާގައި އާޒިމާ އަށް ކުރަނީ ކޮން ތުހުމަތެއް ކަމެއް ނޭނގެ އެވެ.
ފުލުސް އޮފީހުން ގެންގުޅޭ އުސޫލުގައިވާ ގޮތުގެ މަތިން ޖިނާއީ މައްސަލައެއްގެ ތުހުމަތު ކުރެވިއްޖެ ނަމަ އެ މައްސަލައެއްގައި އެމީހަކަށް ވަކީލެއްގެ ދައުރު އަދައެއް ނުކުރެވޭނެ އެވެ. އެހެންވެ ޔާމީންގެ ވަކީލެއްގެ ގޮތުގައި ދެން އާޒިމާ އަށް ފުލުސް އޮފީހަށް ވަޑައިގަނެވޭނެ ކަމަކަށް ނުބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުކުރޭ
31 December 2018
މީނަ ދައްކާނީ ބާތިލު ވާހަކަ ވަރަށް ފޫހި
ކައްމަތިން
31 December 2018
މިނިވަން ކޮމިޝަރެއް ހުރިނަމަ، ރައްޔިތުންނަށްވެސް މިހާރު އެނގޭ ކޮންމެވެސް އެއްޗެކޭ ކިޔާފަ ގެންދަނޫކަން.
ގެދާނޯމޮސް
31 December 2018
ޔާމިން ކޮޅުގައި ތިއްބެވި ރައްޔިތުންގެ ހާސްކަމެއް ނެތްކަން މިހާތަނަށް ރާއްޖޭގެ ރެކޯޑް ހެދި ޔާމިންގެ ޕާޓީވެ 45 ހާސްމީހުންނަށް ވުރެގިނަމެންބަރުން ތިބި ޕާޓީއަކުން އައުޕާޓީ ރަޖިސްޓްރީ ވިތާ އެންމެ ހަފްތާއެއް ނުވަނީ 30 ހާސްމެންބަރުން ގެ ސޮއި : މިދާވަރުން ކަޅުފޮށީ ގައި ބަންދުވެ ދިޔަ ވޯޓްތައްވެސް ފަޅާއަރަނީއެވެ. މަރުތަކުގެ ޚިޔާނާތާއި ފައިސާގެ ތުހުމަތު އޮތްބޭފުޅަކުނަމަ މިދައުރުގެ ކުރީ ކޮޅު ނައްޓާލި ގޮތައްނައީސްހެވެ. " ކެއުރެވެކޭވެސް ހީނުވޭ "
ޅޮސް
31 December 2018
ކަލޯ ތީ ހުވަފެނެއް
ގައްދާސްޓައިލް
31 December 2018
"...........ތުހުމަތު ކުރެވިއްޖެ ނަމަ އެ މައްސަލައެއްގައި އެމީހަކަށް ވަކީލެއްގެ ދައުރު އަދައެއް ނުކުރެވޭނެ އެވެ. އެހެންވެ ޔާމީންގެ ވަކީލެއްގެގޮތުގައި ދެން އާޒިމާ އަށް ފުލުސް އޮފީހަށް ވަޑައިގަނެވޭނެ ކަމަކަށް ނުބެލެވެ އެވެ." މިހެން ހަދަން ދޯ މި ރާވަނީ. މީތި ކަޑައޭ. މީ އަޅުގަޑު ބުނާ "ގައްދާ ސްޓައިލް". މިގައްދާ ސްޓައިލް މިގައުމުން ދާންޖެހޭ އެބަޔޭ....ނޫނީ ދެން އަންނަ ވެރިކަމުގައިވެސް ބޭނުން ކުރާނީ ގައްދާ ސްޓައިލް! އެކަމަކު ވަގުން ހަމަ ކުޑަގޮޅިއަށް!
ބޭބެ
31 December 2018
އަސްލު ބޭނުމަކީ މިއީކަމަށް ވަރަށް ބޮޑަށް ބެލެވޭ!! އެއީނއާޒިމާއަށް ރައިސް ޔާމިންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަން ފުރުސަތު ނުދިނުން!! ވަރަށް ބޮޑަށް ރާވައިގެން އަނެއްކާވެސް ފުލުހުން ޖަރީމާއެއް ހިންގަން އުޅެނީބާ؟ މިހެން މިބުނީ ކުރީ ސަރުކާރުތަކުގައިވެސް ފުލުހުން ގާނޫނާ ގަވާޢިދުތަކާ ޚިލާފަށް ޖަރީމާ ހިންގާފައިވާކަމަށް ބުނަމުން އައި ކޯލިޝަންގެ ސަރުކާރެއް މިހާރު މިއޮތީ!! ދެފުށް ފެންނަގޮތަށް ކޮޅަކަށް ބުރަނުވެ އިންސާފުން ދާނެކަމަށް މިބަލަނީ!!
ރުމާލު10
31 December 2018
މާ ލަސްވެއްޖެ
ހާދާލު
31 December 2018
ހައްގު އަދަބު ދީފަ ބަހައްޓާ.
އާތިފާ ސުކޫރު
31 December 2018
އާޒިމާ ޝުކޫރަކަސް ޔާމީނަކަސް ކުށެއްކޮއްފަވާނަމަ ޤާނޫނު އަރާހަމަކުރާނެ! ސަލާމަތްވާ ބޭނުންނަމަ ޖެހޭނީ ރައީސް ޔާމީނު ވިދާޅުވިހެން ފަނޑިޔާރުގޭގައި ތިމާގެ މަޢުސޫމުކަން ސާބިތު ކޮށްދޭން!
ramzy
31 December 2018
ހީނުވޭ މަބޮޑު ކަމެއް ކުރެވޭނެހެނެއް އެއީ މިފެމިލީމީހުން މިހާރުވެސް ކެބިނެޓުގަ ތިބީމަ!
55559
31 December 2018
ދިވެހިންނަށް ތުސްތޫރީ މުސީބާތް ޖެެއްސި މީހާކީ މި އާޒިމާ...ޑީލެއްގެ ދަށުން އުފެދުމުގައި ވެސް ބާތިލުކަމަށް ބުނި ޖީއެމްއާރަށް ދިން ލާރިގަނޑުގެ ޒިންމާ ވެސް އާޒިމާ ނަގަންޖެހޭނެ
އަސްރަފް
31 December 2018
ބޭހާ ނުކުޅޭތި ބަޑި، ނޭނގި ހުއްޓާ އަނދާދާނޭ