އާޒިމާ: މަނީ ލޯންޑަ ކުރުމުގައި އެހީތެރިވެދިން ކަމުގެ ތުހުމަތުގައި ފުލުހުން އަންނަނީ އޭނާގެ މައްސަަލއެއް ތަހުގީގުކުރަމުން
01 ޖެނުއަރީ 2019 - 21:04
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާ ކުރަން އެހީތެރިވުމުގެ ތުހުމަތުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު މިއަދު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ގާތްގަނޑަކަށް ހަތަރު ގަޑިއިރުވަންދެން ސުވާލުކޮށްފި އެވެ.
އެ ތުހުމަތުގައި އާދިއްތަ ދުވަހު ވެސް އާޒިމާ ފުލުހަށް ހާޒިރުކުރި އެވެ.
މަނީ ލޯންޑާ ކުރަން ޔާމީނަށް އެހީތެރިވުމުގެ އިތުރުން އެ މުއާމަލާތްތަކާ ބެހޭ ގޮތުން ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ވެސް އާޒިމާ އަށް ފުލުހުން ތުހުމަތު ކުރެ އެވެ.
އެ މައްސަލައިގައި ސުވާލުކުރަން އާޒިމާ ފުލުސް އޮފީހަށް މިއަދު ހާޒިރުކުރީ ހަވީރު 4 ޖެހިއިރެވެ. ފުލުހުންގެ އިދާރާ އިން އޭނާ ނުކުމެވަޑައިގަތީ މިރޭ 8:30 ހާއިރެވެ.
މިހާރުގެ ހައުސިން މިނިސްޓަރު އާތިފާ ޝުކޫރުގެ ކޮއްކޮ އާޒިމާ ފުލުސް އޮފީހަށް ކުރިން ހާޒިރުކުރި ސަބަބާ ގުޅޭ ގޮތުން ތަފްސީލު ނުދެއްވައި އިއްޔެ ވިދާޅުވީ، އެކަމުގައި ފުލުހުންނަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ގަވާއިދާ ޚިލާފަށް މާލީ މުއާމަލާތުތަކެއް ހިންގެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި ޔާމީން ވެސް ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. އެ ތަހުގީގަށް އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ވަނީ ފްރީޒްކޮށްފަ އެވެ.
އެ މައްސަލައިގައި ޔާމީންގެ ވަކީލަކަށް ކުރިން އުޅުއްވީ އާޒިމާ އެވެ. ފުލުސް އޮފީހުން ގެންގުޅޭ އުސޫލުގައިވާ ގޮތުގެ މަތިން ޖިނާއީ މައްސަލައެއްގެ ތުހުމަތު ކުރެވިއްޖެ ނަމަ އެ މައްސަލައެއްގައި އެމީހަކަށް ވަކީލެއްގެ ދައުރު އަދައެއް ނުކުރެވޭނެ އެވެ. އެހެންވެ ޔާމީންގެ ވަކީލެއްގެ ގޮތުގައި ދެން އާޒިމާ އަށް ފުލުސް އޮފީހަށް ވަޑައިގަނެވޭނެ ކަމަކަށް ނުބެލެވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ވާތީ، އެކަން ބަލައިދޭން ފުލުސް އޮފީހަށް ހުށަހެޅީ، އެމްއެމްއޭގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. ރައީސް ޔާމީންގެ އެކައުންޓަށް ސެޕްޓެމްބަރު 5 ގައި 10 މިލިއަން ރުފިޔާ އަދި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޖަމާކުރުމުން، އެކަން ބަލައިދިނުމަށް އެފްއައިޔޫ އިން ފުލުހުންނަށް ހުށަހެޅީ އިންތިހާބުގެ ކުރިންނެވެ.
ޔާމީންގެ އިތުރުން ވެސް އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ތަހުގީގު ކުރާނެ ކަމަށް ފުލުސް އޮފީހުން ވަނީ ބުނެފަ އެވެ. އޭގެތެރޭގައި އާޒިމާގެ އިތުރުން ވެސް ކުރީގެ ސަރުކާރުގެ އިސްވެރިން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
08 January 2019
މިފަހަރު އުސްވެގެން މިއުޅެނީ ފުންނާބެއްނޫން، ޤާނޫނީ ގޮތުން މިހާރު ތިހުރީ ހަމަ ހައްޕުނޑަށްހެފަ، ތިމާ ހެވިހަޑިން ބޮޑު މުސީބާތެއް ރާއްޖެގެ ރައްޔިތުންނަށް ކުރިމަތިވެގެން، މަނީ ލޯންޑަރީގެ މައްސަލަ، ކުއްލި ނުރައްކަމުގެ މައްސަލަ، މިކަންކަމުގެ ސަބަބުން ކަމަނާ ފެތޭ ގޮޅިވެސް އުސްވާނެ . ގޮޅިތިރިކުރަން ބަންޑާރަ ނައިބުގެ ލަފާ އަވަހަށް ހޯއްދަވާ،
މަކީޓާ
03 January 2019
އެންމެ 4 ގަޑިއިރު، އެކަމަކު އާޒިމާމެން ދޭ ގާނޫނީ ލަފައިން މީހަކު ތަހުގީގަށް ފުލުސްއޮފީހަށް ގެންސިޔަޔަސް ދެން އެމީހާ އެނބުރި ގެޔަކަށް ނާންނާނެ. ދާންޖެހޭނީ ދޫނިދުއަށް، ނޫނީ މާފުށީ ޖަލަށް. މައްސަލަ ނިމެންދެން ޖަލަށް. ހެއްކަށް ނުފޫޒު ފޯރުވާފާނެތީ ދޫނިދޫގަ.
އެޔާމީނު
03 January 2019
ތިމައްސަލަ ފުލުހުންނަކަށް ކާމިޔާބެއް ނުކުރެވޭނެ. މައްސަލައަކީ ޔާމީން އެކައުންޓަރ ޖަމާވި 1 މިލިޔަން ޑޮލަރު ނޫން އެހެން 1 މިލިޔަން ޑޮލަރު އޭސީސީ އާއި ހަވާލު ކުރުން. ޑޮލަރަކީ ޑޮލަރު، ބަރުދަނާއި ބައްޓަމާއި އަގާއި، ވެލިއު މިހެން ގޮސް ހުރިހާ ގޮތަކުން ވެސް އެކައްޗެއް. އެހެންވީމަ 1 މިލިޔަން ޑޮލަރުގެ ބަދަލު ގައި 1 މިލިޔަން ޑޮލަރު ދިނީމަ ގާނޫނީ ގޮތުން ބަލާއިރު ފުދޭނެ. ސީދާ އެ 1 މ.ޑ ދޭކަށް ނުޖެހޭނެ.
އަލިބެއްޔާ
02 January 2019
އެންމެ ހަތަރު ގަޑިއިރު. ސުރުޚީ އޮތްގޮތުން މަށަށް ހީވީ ހަތަރުގަޑިއިރު ވީމާ ކަންބޮޑުވާހެން. އެހެންވެއްޖެއްޔާ އަދި ކަންބޮޑުވާވަރެއްނުވޭ. ޢުމުރުން 80ވަރަކަށް އަހަރުގެ ބޭފުޅަކު, ކޯޓުގައި ކިތައްދުވަހު ކިތައްގަޑިއިރު ހޭދަކުރަންޖެހުނުތޯ. އެކަހަލަ ކިތައް ބޭފުޅުންތޯ
މުޖޭ
02 January 2019
ތަހްޤީޤު ކުރުމުގެ ނަމުގައި މީހުނަށް ޖިސްމާނީ އަނިޔާ ކޮށްގެން ނުވާނެ އެވެ.ނަފްސާނީ ގެއްލުން ދޭން އުޅެގެން ނުވާނެއެވެ.
ފަށަނަ
02 January 2019
ލީގަލްބމިނިސްޓަރު ހެކިނައްތާލަފާނެތީ ކުޑަގޮޅީގަ ބޭންދުމަށް ގޮވާލަން.
ޔެސް
02 January 2019
މި ސަރުކާރުން އިސްކުރާ ފުލުހުންގެ އަސްލު ކުލަވަރު ދައްކާލަން ފެށީ. އެމްޑީޕީގެ އަޑިއަޑީގެ ހަގީގީ ކުޅިވަރުގެ ފުރޮޅުތައް އަނބުރަން ފަށައިފި.
ކަޓޭ
03 January 2019
ތެދެއްތިބުނީ، ދައުލަތް ދަވާލި އެންމެންގެ މައްސަލަތައް ބަލާ ތަހުގީގުކޮއް ޝަރީއަތައް ފޮނުވާފަ ނޫނީ އެމްޑީޕީ ހުއްޓާނުލާނެ.
އައިމިނާ
02 January 2019
ރާއްޖޭގެ ރެކޯޑެއްހަދާނެ މީހެއް
އިދިކޮކޮޅު
02 January 2019
ޔާމީން ކޮށްފައިވާ ކުށްތައް ހޯދާބެލުމަކީ ހައްލެއްނޫނެވެ މޑޕ ސަރުކާރުން ކޮސްފައިވާ ބިޔަ ވައްކަން ތައް ފޫބައްދަން ދެކޮޅުނުޖެހޭކަންކަން ކުރުމަކުން ނުފުދެއެވެ ތިޔަކުރާކަންކަން ބައިނުގަންނަމެވެ
އެއްކޮޅު
02 January 2019
އެމްޑީޕީ ސަރުކާރުން ކޮށްފައިވާ ކަންކަން މިދިޔަ 5 އަހަރު ތެރޭ އޮތީ ބަލާ ނިމިފައި. އެއީ އަލުން އެމްޑީޕީ ވެރިކަމަށް އައިސްގެން ކުރަންޖެހޭ ކަމެއްތަ؟ މި ދިޔަ 5 އަހަރު މި ގައުމުގައި ވެރިކަމެއް ފުލުހެއް ކޯޓެއް ނެތީ؟ ބުނެވޭ ބަހަކުން ޓެރަރިސްޓުންނަށް ހެދި ޒަމާނެއްގައި މައްސަލައެއް ނުބަލާ ދޫކޮށްލާނެތަ؟
އިބްރާ
02 January 2019
ގައުމު ހަލަބޮލިކުރަނީނަމަ ވެރިކަން ދޫކޮށްލުން ފިޔަވައި އިތުރުގޮތެއް ނުވިސްނެއެވެ. 2012 އާއި އެއްގޮތަށެވެ.