މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރާއިދު
07 ޖެނުއަރީ 2019 - 14:08
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ރާއިދު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ބުނި ގޮތުގައި ހ.ސްވޯޑް މުހައްމަދު ރާއިދު އެ މަގާމަށް އައްޔަންކުރީ މިއަދު އެވެ. މީގެ ކުރިން މި މަގާމުގައި ހުންނެވީ މުހައްމަދު ޝާހިދެވެ.
އެމްއައިޓީޑީސީ އުފައްދާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. މެދުފަންތީގެ ޓޫރިޒަމްގެ މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް އުފެއްދި މި ކުންފުނީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން ޚަރަދާއި ލިބެންޖެހޭ ފައިސާ އަދި ހަރުމުދަލުގެ ގޮތުގައި ހިސާބުތަކުން ދައްކާ 85.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްހަކަށް ކަށަވަރުވެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސް
08 January 2019
ޢެއްވެސް ޓެރެކް ރެކޯޑެއްވއޮތް ގާބިލު މީހެއް ނޫންތީ، މައުމޫނު ޔާމިނު އައް ވަފާތެރި ވީމަ އެއީ ގާބިލުވުމެއް ނޫން.
ބޫމް ބޫމް
07 January 2019
ކާށިދޫ ގެސްޓް ހައުސް ޕްރޮޖެކްޓް ހުވަފެން މިހިރަގެން ގާދޫކޮލުން ބޭރުވަނީ ،
އަނދޭ
07 January 2019
މިހެންވީމާ އެމްޑީޕީ މީހުން ހިތަށް ތަދުވާނެ. އެމީހުންގެ ކިތައް އަހަރުގެ ގުރުބާނީންތަ މިދުވަސް ލިބުނީ؟ އެމްޑީޕީ އުފެދުނު އިރު ޖާސޫސްކުރަން. އޭގެ ފަހުން ސަރުކާރު ވައްޓަން. ދެން ވަހީދުގެ އަރިސްމީހަކަށް މަތީ މަގާމުގާ.ދެން އިބްރާގެ ކޮލެޖުގެ ބޮޑަކަށް. ދެން މިއަދު އެމްޑީއަކަށް. މިއީ އަބަދަށްފެހި މީހުން. މަރުހަބާ އެމްޑީޕީ ކުދިން
ވަހަހީދު
08 January 2019
ވަރަށް ބޮޑު ހަގީގަތެއް. މިއީ ދެރަކަމެއް.
އަހޫ
07 January 2019
މިއީ ވަހީދުގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރުގެ ވެރިއެއްގެ ގޮތުގައި ހުރި މީހެއްދޯ؟ މިވަރުން ފުދޭ.
ޕުތްރާޖާޔާ
07 January 2019
މެލޭޝިޔާގައި އުޅުނުގޮތް ތަކުރާރު ނުކުރާނެ ކަމަށް ހީކުރަން.
ޢިހްރާމް
07 January 2019
2012 ވަނަ އަހަރާ ހަމަޔަށް ޔާމީނު ބުނާހާކަމެއް ކުރަން މެލޭޝިޔާގައި އުޅެފައި ޑރ ވަހީދުގެ ދުވަސްވަރު ހިލާލީގޭގައި އުޅެ ޔާމީނަށް ޖާސޫސްކޮށްދީގެން ކަނޑާލި މީހެއް ތިއީ. ތިޔަ ކުންފުނީގެ ދުވަސް ތިދިޔައީ.
ސަޅިމް
07 January 2019
ތީ އިބްރާ ގެންގުޅޭ ކުއްޖެއް
ހުދުހުދު
07 January 2019
ސިޔާސީ ގޮތުން ވަކި ބަޔަކަށް ވަފާތެރިވީމަ އެކަށީގެންނުވާ މަޤާމުތައްވެސްލިބޭނެ އެކަމަކު ކުންފުނި ބަނގުރޫޓުވާކަށް މާ ގިނަ ދުވަހެހ ނުނަގާނެ
ފަލާހް
07 January 2019
މަރުހަބާ މަރުޙަބާ ރާއިދް
ޝުއައިބު
07 January 2019
ސޯޝަލް މީޑިޔާގައި ދައުލަތުގެ މުއައްސަސާ ތަކުގެ އަގުވައްޓާލާ ވެރިންގެ އަބުރަށް އަރަމުން ދިޔަ މީހަކަށް ކުންފުންޏެއް ހިންގޭނެބާ؟