10 ޖެނުއަރީ 2019 - 16:36
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަގަށް މީހުން ވައްދާ ކަމުގެ ޝަކުވާ ބޮޑު ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕާޓީ އުފެއްދުމަށް އިއްޔެ ޕީއެންސީގެ ފަރާތުން 4،000 ފޯމު ހުށަހެޅުމާއެކު ވަރަށް ގިނަ ޝަކުވާތައް ލިބެން ފަށައިފި ކަމަށެވެ.
"ޕީއެންސީގެ ފޯމުތައް ހުށަހެޅުމާއެކު ވަރަށް ބައިވަރު ފޯންކޯލާއި ވަރަށް ބައިވަރު ޝަކުވާތައް ތަފާތު ގޮތްގޮތަށް، ލިޔުމުން ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅެމުން އެބަދޭ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެބޭފުޅުންގެ ހުއްދައެއް، އެއްވެސް ކަހަލަ ކޮންސެންޓެއް ނެތި އެބޭފުޅުންގެ ނަމުގައި ފޯމުތަކެއް ފުރައިގެން ލާފައިވާ ކަމަށް ތިމަންނަގެ ނަން އޭގެ ތެރޭގައި އޮތްތޯ ނެތްތޯ ޗެކްކޮށްލަން އަޅުގަނޑުމެންނަށް ހުށަހެޅެމުން އެބަދޭ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ޕާޓީ އުފެއްދުމަށް ހުށަހެޅުމުން އެފަދަ ގޮތަކަށް މީގެ ކުރިން ޝަކުވާ އައިސްފައިނުވާ ކަމަށެވެ. އެހެންކަމުން އެ ފޯމުތައް އެއީ ސައްހަ ފޯމުތައްކަން ބެލުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ފޯމުތައް ހުށަހަޅައިފަ އެ ޕާޓީ އުފެއްދުމަށް މަސައްކަތް ކުރާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ޕާޓީގައި ދަރަނި އޮއްވާ އެހެން ޕާޓީއަކަށް ދިއުމަކީ މައްސަލައެއް ނޫން ކަމަށެވެ.
ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ އެކަންތައް މައްސަލައަކަށް ވަނީ ޕީޕީއެމްގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ނެތުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޓުލޫނު
11 January 2019
ބަސްމަގު ތިހުންނަނީ ހާދަ ހުތުރުކޮންނޭ
އެސް
11 January 2019
ޝަރީފު ދެން ތި މަޤާމުން އިސްތިއުފާ ދިނުން އެންމެ ރަގަޅު ވާނީ ، މިނިވަން މުއައްސަސާއެއްގެ ވެރިޔަކު ޒާތީ ތަޢައްޞުބު ކުރިއަށް ނެރުމަކީ ދެން ވަރަށް ދަށުދަރަޖައިގެ ޢަމަލެއް ، ޕާޓީ އުފެއްދިޔަ ދީބަލަ ،ވޯޓުން ބަލިކުރާނީ، އިދިކޮޅު ޕާޓީއެއްވެސް އެބަ އޮންނަންޖެހޭ ދޯ ، އެހެން ނޫނީ ސަރުކާރުން ބޭނުން އެއްޗެއް ހަދާނީ ،އެވެސް ރަގަޅު ގޮތެއް ނޫން
ލާރާ
11 January 2019
ޕނސ އައް ފޯމުލީ މީހުން ގެ ތެރެެއިން ތިންހާސްމީހުން ނިކަން އީސީ ސަރީފުއާ ބައްދަލުކޮއްލާފަ ފޯމުގެސައްހަކަން ވެރިފައި ކޮއްދީބަލަ. ނޫނީ ބަހަނާހުހެއް ނުވާނެ.
ކަދުރޭ22
11 January 2019
ޕީ އެން ސީ.... އިނގިރޭސި ކޮށްލަބަލަ.
ބޮލުރޮދި
11 January 2019
ތިކަމުގެ ހަގީގަތް ވަރަށްސާފުވާނޭ އެމްޑީފީގެ ލިސްޓު ބަލައިލާފިއްޔާ ސަރީފޫޫޫޫޫޫ ފޫ
ސޫދު
11 January 2019
ޒާތީ ތައައްސަބު
ދޮހޮއްކޮބެ
11 January 2019
މި ސަރޫފަކީ އަބަދުވެސް ކޮންމެވެސް އެއްބަޔަކަށް ޖައްސާލައިގެން އުޅޭ މީހެއް.. އެއްވެސް ޕުރޮފެޝަނަލް ކަމެއް ނުހުރޭ..
ފަސްމާމުލު ފަހެތިި
11 January 2019
ރަނގަޅު އެންމެ ފޯމެއްވެސް އޮތް ކަމަކަށް ކަލޭ ނަހަދާނެ. ތީ ކާކު.
ޔަސް
11 January 2019
ރަށް ފުށުގަ ތައުޅީމީ މީހުން ޔާމީން އާއެކު
0000
10 January 2019
ވ.ކަން ނޮކޮށް ތިމީހުންނަށް އެއްކަމެއްވެސް ވާކަމަކަށްނުވޭތަ! ތިހުންނަނީ ތިމީހުންގެ ހާލަތު. ދެން ވެރިކަމުގަ ތިބިއިރު ބައިތުލްމާލަށް ކިހާވަރެއް ކުރާނެ! ތިކަލަ އެތައްކަމަކުން އެމީހުންނަށް ކުރެވޭ ބައިތުލްމާލު ދަވަލުމުގެ ތުހުމަތުތައް ޔަޤީން ކުރެވެނީ
ޣަފޫރު
11 January 2019
ޝަރީފުގެ ވާހަކަތައް ތެދުކޮށްގެންތޯ ތިހުންނެވީ.