ނައިބު ރައީސް ޖިހާދު ޔޫއޭއީއަށް ފުރާވަޑައިގަތުމަށް މިއަދު އެއާޕޯޓުގައި.-- ފޮޓޯ: ރައީސް އޮފީސް
23 އޯގަސްޓް 2016 - 12:43
ނައިބު ރައީސް އަބްދުﷲ ޖިހާދު ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ނައިބު ރައީސް ޖިހާދާއެކު އަނބިކަނބަލުން އާސިމާ ހުސެއިން ވެސް ފުރާވަޑައިގެންނެވި އެވެ. އެކަމަކު، މި ދަތުރުފުޅުގެ އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.
ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 1978 ގަ އެވެ. އޭގެ ފަހުން ޔޫއޭއީން އަންނަނީ ރާއްޖެ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، ރާއްޖޭގެ މައި އެއާޕޯޓުގައި އާ ރަންވޭއެއް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތުގެ ސަބް ކޮންޓްރެކްޓަރަކީ ވެސް އެ ގައުމުގެ ކުންފުންޏެކެވެ.
ނައިބު ރައީސް ވަނީ ރަސްމީ ދަތުރުުފުޅެއްގައި މިދިޔަ ހަފުތާގައި މެލޭޝިއާ އަށް ވެސް ވަޑައިގެންފަ އެވެ. އެއީ "ބްލޫ އޯޝަން ސްޓްރެޓެޖީ" ކޮންފަރެންސުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
23 August 2016
ނުފިލާނެ. ލަނޑަޔާ ވާނީ ލަނޑަޔާ.
މެންޓަލިސްޓް
23 August 2016
ގައިމު ރައީސްނާޝީދުގެ ޓްވިޓަރ އެކައުންޓެއްކަމުގައި ވާ " އަނެއްދިވެހިރާއްޖެ ' އެލެކްސް އަހްމަދު ގެ ޓްވީޓެއްގައި އޮތް ނާޢިބްރައީސް ފިލައިފިކަމަށް ޓްވީޓްކޮއްފައި ،، އެހެންވީމައި އެއީ ދޮގުޙަބަރެއްތާ ،،، ސިތާސީ ބޮޑުންމިހަނދަނީ ހުސްދޮގުތާ !!!
ތުއްތޮންބެ
23 August 2016
ޚަބަރުގެ ދޮގު ތެދު ކިޔަން އަދި މާ އަވަހެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް އެންމެފަހުން ޗައިނާއަށް ކުރެއްވީ ހަމަ "ރަސްމީ" ދަތުރުފުޅެކެވެ. އެއާޕޯޓުން ފުރާވަޑައިގަތީވެސް ރަސްމީ އިއްޒަތުގަ އެވެ. ދެން ފަހުން ވީގޮތުގެ ވާހަކަދައްކާނެކަމެއް ނެތްތާއެވެ.
ގޮއްޔެ
23 August 2016
މި ޤައުމުގެ ރައީސް ސިންގަޕޯރ ނޫން އެހެން ޤައުމަކަށް ދާ ވާހަކަ އަޑު ނީވުމުގެ ސިއްރަކީ ކޮބައިބާ؟؟؟
ގޮއްޔޭ
23 August 2016
ދެން ޔޫއޭއީ އަށް ދޯ! މިހާރު ފަންޑުކޮޅު ހުސްވަނީ ކަންނޭނގެ
މޯރޗް
23 August 2016
އެނބުރި އަންނާނެބާ؟ ޝައްކު!
މޯޑް
23 August 2016
ފިލީތަ