31 ޖެނުއަރީ 2019 - 00:12
އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓު ދޭނީ ހޮވޭނެ ކަމަށް ފެންނަ މީހާއަށް ކަމަށާއި ޕާޓީގައި ގިނަ ދުވަސްވީ މީހުންނަށް ނޫން ކަމަށް، ޓިކެޓް ދޭނެ މީހުން ކަނޑައެޅުމުގެ ބާރު ކައުންސިލުން ހަވާލުކުރި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިޚާބުގައި ޖޭޕީގެ ޓިކެޓު ދޭނެ ގޮތެއް ކަނޑައެޅުމަށް އެ ޕާޓީން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ޓިކެޓު ދޭއިރު އެ ޕާޓީގައި ގިނަ ދުވަސްވީ މީހުންނަށް އިސްކަން ނުދެއްވާނެ ކަމަށެވެ.
"މިއަދު އަޔަސް، މާދަމާ އަޔަސް އައިސް ސޮއިކޮށްލީމަ ޓިކެޓް ދޭނަން އޭނާ އަކީ [ގޮނޑިނެގޭނެ] ގާބިލް މީހެއްވިއްޔާ. މިތާގައި [ޖޭޕީގައި] 20 އަހަރު ވެފައި ހުއްޓަސް އަޅުގަނޑުމެން ޓިކެޓެއް ނުދޭނަން ނުހޮވޭނެ މީހަކަށް،" މަޖިލީހުގެ ރައީސްކަންވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ކައުންސިލް ބައްދަލުވުމަށް ފަހުގައި ބިލެއްދޫ ދާއިރާގެ މެމްބަރު މުބީނާއި ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލް، އަދި ޕާޓީގެ ކައުންސިލް މެމްބަރުން ނުކުންނަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ގާސިމް އެގޮތަށް ވިދާޅުވެފައިވާއިރު މަޖިލިސް އިންތިޚާބުގައި ވާދަ ކުރެއްވުމަށް، ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ނިންމަވައި ވަނީ ޖޭޕީއަށް ސޮއިކުރައްވައިފަ އެވެ. އަދި ހެންވޭރު ދެކުނު ދާއިރާއަށް ޖެޕީގެ ޓިކެޓު އޭނާއަށް ދިނުމަށް ގާސިމް ވަނީ ނިންމަވާފަ އެވެ. އަދި ކުރީގެ އެކްޓިކް ކޮމިޝަނާ އަބްދުﷲ ނަވާޒް ދާދި ފަހުން އެ ޕާޓީއާ ގުޅިވަޑައިގެންނެވިއިރު އޭނާއަށް ވަނީ ގަލޮޅު ދެކުނު ދާއިރާގެ އެ ޕާޓީގެ ޓިކެޓް ދިނުމަށް ނިންމާފަ އެވެ.
ޓިކެޓު ދިނުމުގައި ތައުލީމާއި ތަޖުރިބާއަށާއި ގައުމަށް ވަފާތެރިވާނެ މީހެއްތޯ ބަލާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރައްޔިތުން ވޯޓު ދެނީ ޕާޓީއަށް ބަލާފައި ނޫން ކަމަށާއި މުހިންމީ އެ މީހާގެ ގާބިލްކަމާއި ގުޅުންތަކަށް ކަމަށްވެސް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން މިހާތަނަށް ނިންމާފައިވަނީ 36 ދާއިރާއަކަށް ވާދަ ކުރުމަށެވެ. އެ ޕާޓީގެ ލީޑާޝިޕުގައި ތިބި އިސް ބޭފުޅުންނާއި މިހާރު މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެ ޕާޓީއަށް ނިސްބަތްވާ ދެ މެމްބަރުން ފިޔަވާ އެހެން ހުރިހާ މެމްބަރުންނަށް ޓިކެޓު ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ޓިކެޓް ނުދޭ ދެ މެމްބަރުންނަކީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.
ކައުންސިލް ބައްދަލުވުމަށް ފަހުގައި ގާސިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ގާސިމް ވިދާޅުވީ އެ ޕާޓީގެ ޓިކެޓު ދޭނެ ހުރިހާ ކެންޑިޑޭޓުންނެއް ކުރިއަށް އޮތް ތިން ދުވަހެއްގެ ތެރޭގައި ނިންމަވާނެ ކަމަށެވެ. މަޖިލިސް އިންތިޚާބަށް އެކުގައި ވާދަކުރުމަށް ކޯލިޝަންގެ ތެރޭގައި ހަދާފައިވާ އެއްބަސްވުމަށް އެމްޑީޕީން ތަބާވާން ބޭނުން ނުވާތީ ޖޭޕީއާ ގުޅިގެން މަޖިލިސް އިންތިޚާބުގައި ވާދަ ކުރަން ބޭނުންވާ އެހެން ހުރިހާ ޕާޓީއަކަށްވެސް ފުރުސަތު އެބައޮތް ކަމަށް ގާސިމް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ކޯލިޝަން ހަދާފާނަންތޯ ސުވާލު ކުރުމުން ގާސިމް ވިދާޅުވީ "އަޅުގަނޑުގެ އެއްވެސް އެނެމީއެއް ނުހުންނާނެ،" ކަމަށެވެ. އެކަމަކު މިހާތަނަށް އެފަދަ އެއްބަސްވުމަކަށް އެއްވެސް ފަރާތަކާއެކު އާދެވިފައިނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ގޮނޑިތައް ހޯދަން ދާންޖެހުނު ބައެއް ކައިރިއަށް ދާނަން،"
ކޯލިޝަން އެއްބަސްވުމަށް އަލިއަޅުއްވާލަށްވައި ގާސިމް ވިދާޅުވީ 22 ދާއިރާ ދިން ނަމަވެސް ކުރިއަށް ދާން އޭރު ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް މިހާރު އެ ވަގުތު ފާއިތު ވެއްޖެ ކަމަށް ވިދާޅުވި އެވެ.
މަޖިލިސް އިންތިޚާބާ ގުޅިގެން ކޯލިޝަން ތެރޭގައި ދެބަސްވުން އުފެދުނީ ހުރިހާ ދާއިރާއަަކަށް ވާދަ ކުރުމަށް އެމްޑީޕީން ނިންމުމުންނެވެ. އެ ޕާޓީން މިހާރު ވަނީ އެގޮތަށް ނިންމައި އެ ހުރިހާ ދާއިރާއަކަށް މެމްބަރުން ކަނޑައެޅުމަށް ޕްރައިމަރީވެސް ބާއްވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަހޫ
31 January 2019
އަހަންނަކީ ޖޭޕީ ގެ މެމްބަރެއް. ޢެކަމަކު މިގޮތަށް ޓިކެޓް ދީގެން މަގޭ ވޯޓް ނުދޭނަން!
އަހުންމާ
31 January 2019
ތިގޮތެއް ކަމަކު ނުދޭ.ފޫހިވެއަޖެ ސިޔާސި ގޮތުން ކުރި ބުރަ މަސއްކަތް ބޭކާރު .ފޮނިކޮޅު ބޯލަނީ މާ ދުރުގަ ތިބި ބައެއް. އެވެރިން ގާސިމް އާ މީގެ ކުރިން ތޮޅުނީ. އަދުވެސް ވާނީ އެވަރު. ވޯޓު ދޭނެ ގޮތް އިގޭނީ ރައްޔިތުންނަށް. މީހަކު ބުނާއިރަށް ނުހޮވޭނެ.
ޥަޒީރު
31 January 2019
ބޮޑެތި ވަގުންނާއި އަނިޔާވެރިންނާއި ޚިޔާނާތްތެރިން ގެނެސް ޓިކެޓް ދިނަކަސް ނުހޮވޭނެ ޖާސިމާ
ބޯހަލާކު
31 January 2019
އަލްހާނުތޯ! މަނިކުފާނު ކިހިނެއް ވިސްނުން ހުރެގެންތޯ ތިކަން ތިކުރައްވަނީ.. އަލްހާނުގެ ބަދަލުގަ ބުޅަލަކަށް ޓިކުޓް ދިނަސް މާރަނގަޅުވާނެ.. ޑަބަލްޓޭޕް ދިވެހި ބަހުން ނަމަ ދެފުއްކެހެރި... ސިޔާސީ ބަހުން ނަމަ އަލްޙާން
އަލީއަބޫބަކުރު
31 January 2019
ތިޔައީ މި ގައުމުގެ މުހައްމަދު ތަކުރުފާނު. ކުރައްވާ ހިއްވަރަށް ސާބަސް
އަލިކޮ
31 January 2019
ބޮޑުތަކުރުފާނަކީ ވެސް މިގޮތަށް ވެރިކަމާހެދި ބޫތުކައިގެން އަތުގައި ހުރި މިލްކިއްޔާތު އެކަމަށް ހުސްކުރަމުން ދިޔަ މަހުޖަނެއްތޯ؟
ގޮއްޔެ
31 January 2019
ކޮންތާކުން ހޮވޭނެ ވާހަކަތޯ މަނިކުފާނު ތިޔަ ދައްކަވަނީ؟ ޖޭޕީގައި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރި އެންމެން އެވަނީ އެކަހެރިވެ ބާކީކޮށްފައި. މަނިކުފާނަށް އަނިޔާދިން ޕްރޮޖެކްޓުގެ މުގުލުގައި ތިބި ގިނަމީހުން އަރިސްކޮށްގެން ތިޔަ އުޅުއްވަނީ ކިހާވަރެއްގެ ގެރެންޓީއެއް އޮވެގެންތޯ؟ ފައިސާވެރިންގެ މުށުތެރެއިން މަޖްލިސް ސަލާމަތްވެގެން ނޫނީ މިޤައުމަށް ހަމަޖެހުމެއް ނާންނާނެ.
މޫސަތައްޚާން
31 January 2019
ކޮންމެގޮތެއްހަދާފަ ނަމަވެސް ސޭޓްގެ ކިބައިން މިރާއްޖެ ސަލާމަތް ކުރަން އެބަޖެހޭ. މީނަ ޕޮލިޓިކްސްގަ އުޅޭހާ ހިނދަކު ރާއްޖޭގެ ރައީސަކަށް ކިތަންމެ ރަނގަޅު މީހަކު އަޔަސް އެމީހަކަށް ދުއްޕާންކުރުމުގަ މީނަ އުޅޭނީ. ވެރިކަމަށް އަންނަންވެސް މީނައަށް ކަމުދަނީ ހަމަ މީނަ އެކަނި.
އަޙުމަދު.
31 January 2019
މޫސާތަށްހާނު. ތިޔަ ބުނީ ވަރަށް ބޮޑު ތެދެއް. ތީ މިގައުމަށް ޖެހިފަ އޮތް ބޮޑުވަބާއެއް.
ދަރީ
31 January 2019
ރައްޔިތުންނަށް މިހާ ހަރާންކޯރުވާކަށް ނުވާނެ
ޙަބީބު
31 January 2019
ޗީޑި ސޭޓޫ ސޭޓުއަންހެނުން ސޭޓުއަންހެނުންގެ ސޭޓުފިރިމީހާގެ ފިރިމީހާ ސޭޓުއަންހެނުންގެ ފިރިމީހާ ޔައްވޯޓު ދީގެން މިރާއްޖޭގެ އެއްވެސް ރިސޯޓުމުވައްޒަފަކު މިވީތަނައް ކުރިއަރާފަކާނުވޭ ކިރިޔާނޭވާލެވޭ ނުލެވޭ ހިސާބުގަހުރީ ހުރިނަމަ އެމީހެއްދައްކަބަލަ ނުހުންނާނެ ސާވިސްޗާޖުވެސް އެންމެކަޑަވާނީ ދިވެހިކުންފުނިތަކުގަ އެއީ މަޖިލިސް ތިޔަ ސޭޓު މެންކިބައިން މިނިވަން ކުރަންޖެހޭސަބަބު.
ހުސެންބެގެ
31 January 2019
މިތާވާއްޗެއް ނުވާއެއްޗެއް ނޭނގޭ. ގާސިމް ކޯލިޝަން ހެދީ އެހެން ބަޔަކާ. ގާސިމް ޓިކެޓް ދޭ އިދިކޮޅު ޕާޓީގެ ކެނޑިޑޭޓުންނަށްވެސް. ގާސިމް ކޮންކޮޅެއްތަ. އެއް އަނގައިން ރައީސް ހިމާޔަތްކުރަން. އަމަލު ކުރަނީ ޕީޕީއެމް މަޖިލިސް މެމްބަރުންނާ ބައްދަލުކޮށް އެމީހުން ކުރިމަތިލާ ދާއިރާތަކަށް ޖޭޕީގެ ޓިކެޓް ނުދޭތަން. ޖޭޕީގެ ކުދިން މިކަމާ ވަރިހަމަވެގެން ތިތިބެނީ ގޭކުލި ނުދެއްކިދާނެތީތޯ.