ކޮލަމްބޯގައި ބޭއްވި ވިޔަފާރި ފޯރަމްގައި ފައްޔާޒް މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ:މިހާރު
04 ފެބުރުއަރީ 2019 - 18:54
އިގްތިސާދު ފުޅާ ކުރަމުންދާ އިރު ވިޔަފާރިތަކަށް ފަހިވާ ގޮތަށް އަދި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރެވޭނެ ގޮތަށް ގާނޫނުތަކަށް އިސްލާހު ގެންނަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ ވިޔަފާރިވެރިންނާ ކޮލަމްބޯގައި ބައްދަލު ކުރައްވާ މިނިސްޓަރު ވިދާޅުވީ ގާނޫނުތަކަށް ގެންނަ ބަދަލުން ރާއްޖޭގެ ވިޔަފާރިންގެ އިތުރުން ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ބޭރުގެ ފަރާތްތަކަށް ވެސް ހިމާޔަތް ލިބިގެންދާނެ ކަމަށެވެ. އަދި ކައިރި މާޒީގައި ފެނިފެނިފައި ވަނީ އެ ނޫން ގޮތަކަށް ކަންތައް ވެގެން ދިޔަ މަންޒަރު ކަމަށް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބޭނުން ވަނީ އަވަށްޓެރިންނާ އެކު ވީހާ ވެސް ގާތް ގުޅުމެއް ބޭއްވުން ކަމަށާއި ޚާއްސަކޮށް ސްރީ ލަންކާއާ އެކު އެ ގުޅުން ދަމަހައްޓާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"ވޭތުވެދިޔަ އަހަރުތަކުގައި ސްރީ ލަންކާ އާއި ރާއްޖޭގެ ވިޔަފާރި އިތުރުވެފައިވީ ނަމަވެސް ރާާއްޖޭން ސްރީ ލަންކާ އަށް އެކްސްޕޯޓް ކުރާ މުދާ ވަނީ ދަށްވެފައި. އޭގެ ސަބަބުތައް ދެނެގަންނަން ބޭނުންވޭ،" ރައީސް އިބްރާހިމް ސޯލިހް ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި މިނިސްޓަރު ވިދާޅުވި އެވެ.
އިގްތިސާދީ ފުރުސަތުތަކަށް ބަލާއިރު ދުނިޔޭގެ މުސްތަގްބަލް އޮތީ މި ސަރަހައްދުގައިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ސްރީ ލަންކާ އާއި ރާއްޖެ ގުޅިގެން ކުރިއަށް ދެވޭނެ ދާއިރާތައް ހުރި ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
05 February 2019
ބިދޭސީންނަށް މހާރުވެސް މިރާއްޖޭގައި ވިޔަފާރިތަކަށް ވަރަށް ފަހި. އެކަމަކު ދިވެހިންނަށް ބޮޑު އަޒާބެއް. ޚާއްޞަކޮށް ކުދިވިޔަފާރިތައް ވަނީ ނޭވާހޮޅިއަށް އެޅިފައި. ކުދިވިޔަފާރިތަކުގެ ތެރޭންވެސް ޤަވާޢިދަށް ޢަމަލުކުރާމީހާއަށް އިންތިހާއަށް އުނދަގޫ ނުގަވާއިދުން އުޅޭ ބިދޭސީންނަށް ހަބޭސް. 5 މިލިއަނުން ދަށުގެ ވިޔަފާރިތަކުން ޖީއެސްޓީ އުވާލާ.
ފޮނިކަލޯ
05 February 2019
ތިހެން ކަން ކަން ހަމަޖެއްސި ނޫންތޯ ކުރީގެ އެމް.ޑީ.ޕީ ގެ ސަރުކަރު އޮތް އިރު ޓެކްސް ނަގަން ނިންމައި ކުދި، އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ތަންތަނައް ސަރުކާރުގެ ޚަރަދުގައި ސޮފްޓް ވެއަރ ، އަދި ސިސްޓަމް ވެސް ދޭގޮތައް ވާހަކަ ދެއްކި ނޫންތޯ، ކޮބާތޯ އެކަން ވެސް ނުވީ ، މިހާރު ހުރިހާ ވިޔަފާރިތައް ސަރުކާރުން ފުނޑާލައިފައި ކޮން ބައިސާއެއް ތިކަނޑަނީ.......!
ބޭރުގެ ވިޔަފާރިވެރިން
05 February 2019
އެންމެ ފުރަތަމަ ކަމަކަށް ޖެހޭނީ މީރާ ރީފޯމް ކުރަން. އެހެންނޫނީ މިރާއްޖޭގައި ވިޔަފާރި ކުރުމަކީ އުނދަގޫ ކަމެއް. މީރާގެ ބާރުތައް ވަގުތުން ވަގުތަށް ހިފަހައްޓަންޖެހޭ. ޔަޒީދު ބޭރު ކުރޭ.
ބޮންދު
05 February 2019
ޔާމީނު ޤާނޫނު ބަދަލުކުރީމަ މައްސަލަ. މިވެރިކަމުގެ ޤާނޫނު ބަދަލުކުރިމާ މައްސަލަނެތީ. މީ ކޮންވައްތަރު؟
އެސަމާ
05 February 2019
ބޮޑެތި ކުންފުނިތަކާ ބޭރުގެ ވިޔަފާރި ތައް ކުރިއަރުވަން އެބަހިފާ. ނަމަވެސް ކުދިވިޔަފާރިތަކަށް ހިމާޔަތެއްނެތް. މީރާ އިން ނަހަމަ ޓެކްސްނަގަނީ. ދިވެހިން ދިވެހި ބިމުގައި ބިކަވެ. ވިޔަފާރިވެރިން އިތުރަށް މުއްސަނދިވަނީ.
ގަމު ރއްޔިތުން
05 February 2019
ފައްޔާޒް ތިކުރައްވާ މަސައްކަތް ބަލަިގަނެ ދިވެހި ދަރިޔެއްގެ ހައިސިއްޔަތުން އައްސަރިބަހާ ސާބަސް ދައްނަވަން. ސުކުރިއްޔާ މިނިސްޓަރ ފަޔާ
ކިނބޫ
05 February 2019
ވިޔަފާރިއަށް މަގުފަހި ކުރަން ދީން ނަގާލާ ގޮތަށް ބައްޓަން ކުރަންތަ ތިއުޅެނީ؟ ހަމަ ލާހިކެއް ނޫން. ވައްޓާލާނަން.
ލެ÷ަޑު
05 February 2019
މި ލިޔުމުގަ ދީނާ އޮތްގުޅުމަކީ ކޮބާ؟ ކޮންމެ ކަމަކާ ދީނާ އަޅުވަނީ އަގީދާ ބަލިކަށި އިސްލާމްދީނައް ގަދަރުނުކުރާ މީހުން. ދީނަކީ އެމިހާގެ ހިތާ ހެއްދެވި ފަރާތް ﷲ އާ ދެމެދުގަ އޮތްކަމެއް. ދީނޭ ކިޔައިގެން ތި ކޮމެންޓް ކުރަނީ މާ ދީނީ މީހެއްކަމައް ދެއްކިގެއް ގިނަ ލައިކް ހޯދައިގެން އެ ހިތްހަމަޖެހުން ލިބޭތޯ
ފައްތާލި
05 February 2019
ތިހެން ބަދަލު ގެނެސްފައި ކުރަނީ ހަމަނުޖެހޭ ދެއުޅިއަށް ނުވާގޮތަށް. ސަރުކާރުން ދުންފަތް ކޮންޓްރޯލް ކުރަަން ބިލްތައް ހަދަނީ. އިކޮނޮމިކް މިނިސްޓްރީއިން "އަމިއްލަ ބޭނުމަށް" އެތައް ސަތޭކަ ކިލޯގެ ދުންފަތް އެތެރެ ކުރަން އަމިއްލަ ފަރުދުންނަށް 2018 ވަނަ އަހަރުވެސް ލައިސަންސް ދޫކުރި. ޤާނޫނުގައި ލޭބަލް ހުންނަވާ ގޮތް ކަނޑައަޅާފައިވާއިރު ކަސްޓަމުން އެބަދޫކުރޭ އެއާއި ޙިލާފަށް. ޓްރޭޑް ފަސޭހަ އެކަންޏެއް ވާންޖެހޭނީ ހަރުދަނާވެސް ވާންޖެހޭނެ.