އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު.--ފޮޓޯ: ނިޝާން އަލީ/ މިހާރު
09 ފެބުރުއަރީ 2019 - 21:29
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ޖަލު ހުކުމް ތަންފީޒުކުރަމުންދާ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދަށް މިއަދު ބަދަލުކޮށްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އަހުމަދު ލުގުމާން ވިދާޅުވީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ޒިޔަތު ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ގެއަށް ބަދަލުކުރީ ކީއްވެގެން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ހިޔާނާތުގެ މައްސަލައާ ގުޅިގެން އޮކްޓޯބަރު 23، 2015 ގައި ހައްޔަރުކޮށްފައިވާ ޒިޔަތުގެ މައްޗަށް އިތުރު 33 ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެ މައްސަލަތަކުގެ އަޑުއެހުންތައް ވަނީ ފަށައިފަ އެވެ.
ޒިޔަތުގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ވިޔަފާރި ވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު) ވެސް ޖަލަށްލުމަށް ހުކުމް ކުރި އެވެ. އޭގެ ތެރެއިން ދެ އަަހަރާއި ނުވަ މަހުގެ ހުކުމް ތަންފީޒުކޮށް ނިމުމުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހާމިދު ވަނީ މިނިވަންކޮށްފަ އެވެ.
ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވުމާއި ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ކުށް ސާބިތުވެ އަދީބު ގެންދަނީ 33 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންނެވެ. އޭނާއާ ގުޅޭ ހިޔާނާތުގެ އިތުރު މައްސަލަތަކެއްގެ އަޑުއެހުންތަކެއް ވެސް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮއްޔެ
10 February 2019
ކޮބައިތޯ ޒިޔަތުގެ ބޮޑު ޚިޔާނާތުގެ ތަފްޞީލް؟ އެޚިޔާނާތުގެ ޙައްޤު އަދަބު ދެވުނީތޯ މިހާރު؟ މުޅިޤައުމު އޭނާގެ މުށުތެރޭ ބޯޅައެއްހެން އަނބުރަ އަނބުރާފައި ދައުލަތުގެ ތިޖޫރީގައި ހުރި ހުރިހާ ފައިސާއެއް ބޯލުމަށްފަހު މުޅި ޢުމުރުގައި އަރާމުގައި އުޅެވޭ ފެންވަރަށް އެކައުންޓްތަކަށް ފައިސާ އަޅާ ފުރާލައިގެން ހުރި މީހަކު ތިހާ ފަސޭހަކަމާއެކު ދޫކޮށްލުމަކީ ދިވެހީންނަށް ހުރި ބޮޑު ނުރައްކަލެއް.
ންންންން
10 February 2019
ޖަލަށް ހުކުމް ކުރަނީ ހަލަށްލާން، އެހެން ނޫނީ ކޯޓުން ހުކުން ކުރޭ ޖަލުގަ 50% ގޭގަ 50%. ދުވަސް.
އަހުމަދުބޭ
10 February 2019
ޒިޔަތު ހުންނަން ޖެހޭނީ ޖަލުގަ ގެއަކުނޫން، ޒިޔަތު ގޭހުންނަ ހުރުމަށް އަހަރެން ދެކޮޅު
އަދުގެހާލަތު
10 February 2019
މިމީހުންނަށް ކިހާ ރަނގަޅު. ބިލިއަނުން ވައްކަން ކުރީމަ ގޭ ބަންދު. ކޮފީ ދަޅުން ކޮފީކޮޅެއް ނެގި ނިކަމެތި ދައްތަ ޖަލުގަ ނޫނީ އަރުވާލެވިފަ. ދެންވެސް ބުނާނެ އިންސާފޭ ކޯޓުތަކޭ ފަޅޮލޭ.
ސަކީނާއްތަ
10 February 2019
މިއީ ސީދާ މައުމޫނުގެ ނުފޫޒޫ.
ނާޒިމާ އަބުއްސައްތާރު
10 February 2019
އެމިހާ ގޭބަންދަށް އަދި ކައިރިއަށް ގެނަސްގެން މިއުޅޭނީ މަމެން ހިންގަމުންގެންދާ ތަހުގީގަށް. އަދިވެސް ޒިރޯޓޮލެރެންސް....މިކަމަކީ ޓުލެރެންސް އާއި އެއްވެސް ގުޅުމެއް އޮތްކަމެއްނޫން..
އެޔާމީނު
10 February 2019
ދައުލަތުބެ ބައިތުލްމާލުގެ 4/1 އެއްބައި ވަގަށް ނަގައި ޚިޔާނާތްތެރިވި މީހުން ދޫކޮށް ބެއަށް ބަދަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެފައިސާ ހޯދައި ބައިތުލްމާލަށް ވައްދަން ޖެހޭނެ.
އަޙްމަދު ޒަކީ
10 February 2019
ތިއީ އަދީބުއާ ގުޅިގެން ޖަރީމާ ހިންގި މީހާ، ގެޔަށް ދޫކޮށްލައިގެން ނުވާނެ.
ރާއްޖެ
09 February 2019
މިއީ އެބުނާ ޒީރޯ ޓޯލަރެންސް އަކީ.
މާޓިން ބަޝީރު
09 February 2019
ސަކަރާތް. އަދީބު ގުރޫޕް ވަރަށް މިއުޒިކުވާނެ. މިރޭކަންނޭގެ ޔޫޓިއުބަށް ލަވަ އަޕްލޯޑް ކުރާނީ. މާދަމާ ޕާޓީ ރަޖިސްޓްރީ.