އަމިއްލަގޮތުން ފޭދޫ ދާއިރާއަށް ކުރިމަތިލެއްވުމުގެ ފޯމު އެ ދާއިރާގެ މެމްބަރުކަން މިހާރު ވެސް ކުރައްވާ އައިބީ (ކ-2)، އީސީގެ ރައީސް ޝަރީފަށް ހަވާލުކުރައްވަނީ.-ފޮޓޯ: އައިބީ
12 ފެބުރުއަރީ 2019 - 14:05
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓު ލިބިގެންނެވި ނަމަވެސް އަމިއްލަ ގޮތުން ފޭދޫ ދާއިރާއަށް ކުރިމަތިލައްވަން އެ ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ އަމިއްލަ ގޮތުން ކުރިމަތިލައްވަން ނިންމެވީ ކޯލިޝަން ސަރުކާރެއްގައި ގިނަ ޕާޓީތަކުގެ ވިސްނުމާ އެއްގޮތަށް ކުރިއަށް ދާން ކަމަށެވެ. ހުރިހާ ފިކުރަކާ އެކު މަސައްކަތް ކުރެއްވޭނީ އަމިއްލަ ގޮތުން މަޖިލީހަށް ވަޑައިގެންނެވިގެން ކަމަށް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިފާއުކުރެއްވުމުގައި އިސްކޮށް އުޅުއްވާ އަދި އެމަނިކުފާނާ ގާތް ގުޅުމެއް ބާއްވަމުން ގެންދެވި އައިބީ ވިދާޅުވީ އަމިއްލަ ގޮތުން ކުރިމަތިލައްވަނީ ދާއިރާގެ ރައްޔިތުންނާއި ޕީޕީއެމްގެ އިސް ވެރިންނާ ވެސް މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.
އޭނާ އުއްމީދުކުރައްވަނީ ޕީޕީއެމްގެ ސަޕޯޓަރުންގެ ތާއީދު ވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އެހެންވެ ޕީޕީއެމްގެ ޓިކެޓުގައި ފޭދޫ ދާއިރާއަށް އިތުރު މީހަކު ނުނިކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމައެކަނި ނިޔަތަކީ ދާއިރާގެ ރައްޔިތުންނަށް ހިދުމަތްކުރުން. ޕާޓީގެ ވިސްނުމަށް ވުރެ ބޮޑަށް ގައުމާއި ރައްޔިތުން އިސްކޮށް ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި އެހީތެރިކަންދޭން ޖެހޭ. އެކަން ކުރާނަން،" އައިބީ ވިދާޅުވި އެވެ.
ފޭދޫ ދާއިރާގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ މުހައްމަދު ނިހާދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
----ނައީމު ބޭބޭ
12 February 2019
އައިބީ އަކީ ހިތްވަރު ގަދަ ކުއްޖެއް!
މޫސާކުއްދާ
12 February 2019
އައިބީ އަކީ ފޭދޫ ދެކެލޯބިވާ ފޭދޫގެ ތަރައްގީއަށް ނުހަނު ގިނަގުނަ މަސައްކަތް ކޮށްދީފައިވާ އަދި ކުރިއަށް އޮތް ތާގައިވެސް ކުރާނެ ހިތްތިރި އެންމެނާގުޅޭ ބޭފުޅެއް. މަށަކީ ރަތްލާޖެހި އެމްޑީޕީ މީހަކީމު، އެކަމަކު މިފަހަރު ވޯޓްދޭން ގަސްތު ކުރަނީ އައިބީ އަށް!
އަނދިރި އަނދިރި
12 February 2019
ކަލޯގަޔާ މިކަލޭގެ މިއިންތިހާބުން ތިދިޔައީ ޗޮކުން !
ކަރީމުއްދީން ބާޝާ
12 February 2019
އައިބީ؟
ކިސަޑު
12 February 2019
މަޖިލީހަށް ވަންގޮތަށް ފޭދޫގަ އަޅަން ނިންމާފަހުރި އެތައްސަތޭކަ ފުލެޓެއް ޔާމީނުގެ ރަށުގަ އަޅަން ވޯޓުދީފި.
ށ.އަތޮޅު މީހާ
12 February 2019
ތިޔަ މީހާ ހޮވަން ހެޔޮނުވާނެ.
ކޮރަޕްޝަން
12 February 2019
މިއީދޯ ކޮރަޕްޝަން ހުއްދަކުރަން ބިލެއް މަޖިލީހަށް ވެއްދި މެމްބަރަކީ؟
ނަގޫ ރޯޅި
12 February 2019
ގޮތް ހުސްވީ ތާއެވެ؟
ޝެލަރީ
12 February 2019
ތިނޫނީ ވިސްނުމާ ބުއްދިލިބިގެންވާ މީހެއްނެއްތޯ؟ އަހަރެމެންމީ ޤަމާރުންނޭތަ ތިބުނަނީ ބުނަން އައިބީ ތިބޭފުޅާ ހުދު ކާފޫރަށް ވެގެން އަޔަސް މިފަހަރު ނުހޮވޭނެ ރަށްޔިތުން ތިބޭފުޅާއަށް ދޭނެ ވޯޓެއްނެތް ވަރަށް ސާފް.
ފުނާ
12 February 2019
2019 ވަނަ އަހަރު ރޮކެޓް ސްޕީޑުގައި ފޭލްވާނެ