މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލައި ނިމުނުކަން އަންގައިދޭ ބޯޑު ވޯޓުފޮށި މަތީގައި ބަހައްޓާފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
13 ފެބުރުއަރީ 2019 - 10:44
އަންނަ އޭޕްރީލްގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ކަވަރު ކުރުމަށްޓަކައި "މިހާރު" ގެ މޮނީޓަރުންނަށް ވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ހަފުތާގެ އަންގާރަ ދުވަހު އެވެ. އޮންލައިންކޮށް ފޯމު ހުށަހަޅައިގެން އައިރިޕޯޓާއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނެ އެވެ.
Mihaaru iReporter
Mihaaru iReporter Platform
"މިހާރު" ގެ އައިރިޕޯޓާ އަކަށް ވުމަށް ރަޖިސްޓަރީ ކުރާ އޮންލައިން ފޯމު.
އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި "މިހާރު" ގެ ތަޖުރިބާކާރުންގެ ޓީމާ ގުޅޭ މޮނީޓަރުން ހަރަކާތްތެރިވާނީ "އައިރިޕޯޓާ" އެއްގެ ގޮތުގަ އެވެ. އިންތިހާބާ ގުޅޭ އެކި މައުލޫމާތާއި ފޮޓޯ ފަދަ އެއްޗެހި ވަރަށް ފަސޭހަކަމާ އެކު މޮނިޓަރުންނަށް ފޮނުވޭނެ އެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް "މިހާރު" ގެ މޮނިޓަރުން މަސައްކަތް ކޮށްފައި ވަނީ "އައިރިޕޯޓަރެއް" ގެ ގޮތުގަ އެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުން "މިހާރު"އާ ގުޅުނު މޮނިޓަރުން ވަނީ، އިންތިހާބު ކަވަރުކުރުމުގައި ވަރަށް މުހިންމު ރޯލެއް އަދާކޮށްފަ އެވެ. އެގޮތުން އިންތިޚާބުގެ ނަތީޖާ އެންމެ އަވަހަށް ގެނެސްދިން މީޑިއާތަކުގެ ތެރޭގައި "މިހާރު" ހިމެނެ އެވެ.
"އެ އިންތިޚާބުގައި ވެސް އައިރިޕޯޓަރުން މެދުވެރިކޮށް އަޅުގަނޑުމެން ވާނީ ވަރަށް ރަނގަޅު ކަވަރޭޖެއް ގެނެސްދީފައި. އަނެއްކާ އެހާ އަވަހަށް ނަތީޖާ ވެސް ގެނެސްދެވުނު،" މިހާރުގެ އެޑިޓަރު މޫސާ ލަތީފް ވިދާޅުވި އެވެ.
"މި ފަހަރު ވެސް އެހާ ފުރިހަމަ ކަވަރޭޖެއް ގެނެސްދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް. މި ފަހަރުގެ އިންތިޚާބަށް ވެސް އަޅުގަނޑުމެން ވާނީ ހާއްސަ ޕްލެޓްފޯމެއް ހަދާފައި. އެ ޕްލެޓްފޯމް މެދުވެރިކޮށް އައިރިޕޯޓަރުންނަށް ވަރަށް ފަސޭހައިން މައުލޫމާތުތައް ހިއްސާ ކުރެވޭނެ."
އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި "މިހާރު" ގެ ޓީމާ އެކު ހަރަކާތްތެރިވި އައިރިޕޯޓަރުންގެ ތެރެއިން ގިނަ ބަޔަކު މި ފަހަރު ވެސް ބައިވެރިވާނެކަމުގެ އުއްމީދު އޮތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy