އެޗްއާރުސީއެމްގެ ރައީސްއާ ބައްދަލުކުރެއްވުމަށްފަހު ކޮންގްރެސް ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ އާދަމް ޝަރީފް (ކ) އަދި މުހައްމަދު ސައީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
27 ފެބުރުއަރީ 2019 - 16:03
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމުން އެކަމުގެ ކަންބޮޑުވުންތަކާ އެކު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސް އައިމިނަތު އީނާސްއާ މިއަދު ބައްދަލުކޮށްފި އެވެ.
އެ ބައްދަލުވުމަށް ފަހު ވާހަކަ ދައްކަވަމުން ކޮންގްރެސް ޕާޓީގެ ނައިބު ރައީސް، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޔާމީން ޖަލަށްލާފައި ހުރި ނަމަވެސް އެމަނިކުފާނަށް ކޮށްދޭންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އަދި، މަޖިލިސް އިންތިޚާބު ކައިރިވެފައި އޮއްވައި، ރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި އިދިކޮޅު ލީޑަރު ހައްޔަރުކުރުމުން ވަރަށް ކަންބޮޑުވާ ކަމަށް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެޗްއާރުސީއެމާ އެކު ބައްދަލުވުން ބޭއްވީ ވަރަށް އުފާވެރި މާހައުލެއްގަ އެވެ.
އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ނަމަވެސް ރާއްޖޭގެ އިގުތިސޯދަށް ބުރަވާނެ ގޮތަށް ކަމެއް ނުކުރާނެ ކަމަށާއި އެ ބޭފުޅުންގެ މަސައްކަތަކަށް ވާނީ ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުން ކަމަށް ސައީދު ވިދާޅުވި އެވެ.
ކޮންގްރެސް ޕާޓީގެ ނައިބު ރައީސް، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ޔާމީން މިނިވަންކުރަންދެން ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން، ރާއްޖޭގައި ހުރި އެމްބަސީތަކާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މަނީލޯންޑަރިންގެ ތުހުމަތުގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހު ޔާމީން ހައްޔަރުކުރުމަށް ފަހު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
"އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭގޮތުން، އުސޫލުން ބޭރުން ވިއަސް ބަންދުގައި ހުންނަ މީހަކަށް ލިބެންޖެހޭނެ ކަމަށް ބައެއް ހައްގުތައް މިހާރު ވެސް ނިގުޅައިގަނެފައި ހުރި ކަމަށް ބެލެވޭތީވެ އަޅުގަނޑުމެން ދެކޭގޮތުގައި އެ މައްސަލަތައް ހުށަހެޅުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިސާމް
28 February 2019
މަޖަލޭ ދޯ. މިހާރު ރާގު ބަދަލުވެއްޖެ. ނޮވެމްބަރ 2018ގެ ކުރިން މީހެއްގެ ހައްގުގެ ވާހަކަ ދައްކައިފިއްޔާ މިމީހުން ޖަހާނީ ޖޯކު.
ހުދައިބިއްޔާ
28 February 2019
ކުށްކުރީމާ ކޮންމެމީހަކުވެސް ބަންދުކުރާނެ، ކީއްވެތަ ވަކިމީހަކު ބަންދުކުރީމާ ހުރިހާ މުއައްސަސާތަކަށް ތިޔަ ދުވަނީ. ހަރާމެއްހަލާލެއް ނުބަލާ އުޅުއްވިގޮތް ނޭގޭ މީހަކު މިގައުމުގައި ނެތް...
ކުޑަކަތީބް
28 February 2019
ބަލަގަ މުހައްމަދާ، ޔާމީނު އެއުޅެނީ ކުރެވުނު ކަންތަކާ ދެރަވެ ހިތާމަ ކުރަމުން، އެކަމަކު ކަލޭމެން ތިއުޅެނީ ނުވާކަމަކަށް ހަދަން، އަނެއްކޮޅުން ރޭގެވެސް ރެއަލް ބަލިވީ، ދެންކީއްކުރާނީދޯ، ދެވަނަ ލިސްޓްގަ މުހައްމަދާގެ ނަންނެތިއްޔާ ނަސީބް!
މޯޑުސް
28 February 2019
ތިކަމިޝަން ފަސްއަހަރު ވަންދެން ޕެރެލައިޒް ކޮއްފަ ތިބި މީހުންނަށް މިހާރު ތިތަން ފެނިއްޖޭ ދޯ! މަޖްލީހުގައި ތަޅު އަޅުވާ، ހުރިހާ މިނިވަން މުވައްސަސާއެއް ހަލާކު ކުރި މީހުން ލަދެއްވެސް ނުގަނޭތަ!
.ހައްޔަރު
28 February 2019
.ތި ކޮމެންޓު ތަކުން ދޭހަވީ ރޔާމީން ހައްޔަރު ކޮށްގެން ތި އުޅެނީ ރޔާމީންގެ އެއްވެސް ކުށެއް އޮވެގެން ނޫންކަމާ ރޔާމީންގެ ސަރުކާރުން ގާނޫނީ ތަރަހައިގެ ތެރެއިން ނަމަވެސް މީހުން ހައްޔަރު ކުރީތީ އެކަމުގެ ބަދަލު ހިފަން ކަން ހަމަ އެހެންމެ އިންތިޚާބުގެ ކުރީން ރޔާމީންގެ މެމްބަރުން ޖަލަށް ލާނެކަން ކޮންމެ އަނިޔާ އެއް ދިނަސް ދެން މި ގައުމުން ރޔާމީންގެ ކުލައާ ވަހެއް ނުފިލާނެ .
ފޫހި
27 February 2019
އަހަރެން ކަންބޮޑުވަނީ ގައުމުގެ މުއްސަދިކަން ކާލިމީހުން ދޫކޮށްލަން ގޮވާތީ. އަދި ތިޔަދެމީހުން ބަންދުނުކުރާތީ.
ޒައީމު
27 February 2019
ވެރިކަން ބަދަލުވާ އިރަށް އަޅާ ޓައިގެ ކުލައާ ބުރުގާގެ ކުލަ ބަދަލުވާ ކަމިސަން
ބޯކާ
27 February 2019
މީ މާލޫދު ޕާޓީއެއްތަ
ހުސެިއން
27 February 2019
މިމީހުން އަޅެލަދެއް ހަޔާތެއްވެސް ނެތީ ދޯ ، އިހައްދުވަހު ބާރާއި ނުފޫޒުގައި ތިގ=ބެގެން މިގައުމުގައި އެމީހުންނާއި ދެކޮޅު ހުރިހާ މީހުން ، ޖަލާއި މަޖްބޫރީ ހަލާތުގައި ބައިތިއްބާ ، ބިރުދަައްލައިގެން ކަންކަން ކުރުވާ އެމީހުން ރޮއްާ ހެޑި މިހާރު އަނެއްކާ ހާލޯ ގަދަރޯ! ކިޔައިގެން ޖަލުން ނެރެން ކޮން ސަކަރާތެއް!
އަލްޖިބްރާ
27 February 2019
ކަލޭމެންގެ ބާރު އޮތްއިރު ޖަލަށްލީ މީހުނަށް ހެދިގޮތް ހަދާން އެބަހުރިތަ ؟ ކަލޭމެން ތީ އިންސާނުންތަ ؟ އިންސާނުންވިއްޔާ ލަދުހަޔާތޭ މިކިޔާ އެއްޗަކީ ކޮބައިކަން ކަލޭމެނަށް އެގެންވާނެ ! އެވަރު ނޭގޭ ބަޔަކު މީހަކު ހައްޔަރު ކުރީމާ އޭނާގެ ކުށެއްނެތޭ ހައްޔަރު ކުރީ ޤާނޫނާއި ޚިލާފަށޭ ކިޔައިގެން އަގަތިގަޅަނީ ، އެއީ ކަލޭމެންވެސް އެހެންމީހުނަށް ހެދިގޮތް ! މިއަދު ޖެހޭނީ ތެޅި ތެޅި ތިބެން ! އަދި ޤާނޫނު ކަލޭމެނާއި ވެސް އަރާހަމަ ކުރާނެ !