މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ކުރި ޓްވީޓުގައި ބުނީ ހައްޖާއި އުމްރާއާ ގުޅުން ހުރި މަސައްކަތްތައް ކުރަން އުފެއްދި ކުންފުނީގެ ޗެއާމަންގެ މަގާމަށް ޑރ. މުހައްމަދު ކިނާނަތު، މއ. ބޮޑުދަހަރާގެ ހަމަޖައްސާފައިވާ ކަމަށެވެ.
އޭނާއަކީ ރައީސް އޮފީހުގެ އިސް މަގާމުތަކުގައި 10 އަހަރު ހޭދަކޮށްފައިވާ ބޭފުޅެކެވެ. ޕީއެޗްޑީ ހާސިލްކޮށްފައި ވަނީ އިންފޮމޭޝަން ސިސްޓަމްގެ ދާއިރާއިންނެވެ. އީ-ކޮމާސްގެ ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާފައިވާއިރު އޭނާ ވަނީ މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ކިނާނަތު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރުގެ އޮފީހުގެ ޑިރެކްޓަރަކަށެވެ.