މޯލްޑިވިއަންގެ ބޯޓެއް ގަން އެއާޕޯޓްގައި.
12 މާޗް 2019 - 14:19
އައްޑޫ ގަން އިންޓަނެޝަނަލް އެއާޕޯޓަށް ޖައްސަން އުޅުނު މޯލްޑިވިއަންގެ ފްލައިޓެއްގެ ލޭންޑިން ގިއަރުގައި މައްސަލައެއް ޖެހިގެން، ބޯޓް ރަންވޭ އަށް ނުޖެއްސި ގިނަ އިރުތަކެއްވުމަށް ފަހު މައްސަލަ ހައްލުކޮށްގެން ދާދި ދެންމެއަކު ޖައްސައިފި އެވެ.
ލޭންޑިން ގިއަރުގައި މައްސަލަ ޖެހުނީ މާލޭން ފުރައިގެން ކައްދޫގައި ޖައްސައިފައި ގަމަށް ދިޔަ މޯލްޑިވިއަންގެ ޑޭޝް8 ގެ ކިއު 118 ގެ ފްލައިޓުގަ އެވެ. ބޯޓް ނުޖެއްސި ގިނަ އިރުތަކެއް ވަންދެން ދުއްވުމަށް ފަހު ރައްކާތެރިކަމާ އެކު ޖައްސާފައިވާ ކަމަށް މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުންޏެވެ. އެ ޓްވީޓްގައި ބުނީ ބޯޓަށް ދިމާވީ މެކޭނިކަލް މައްސަލައެއް ކަމަށެވެ.
One of our Dash8 aircraft experience mechanical malfunction, crew carried out alternate procedure with successful outcome, Aircraft has just landed in Gan.
— Maldivian (@MaldivianAero) March 12, 2019
މި ހާދިސާއާ ގުޅިގެން ގަން އެއާޕޯޓް ކުއްލި ހާލަތަކަށް ގެނެސް ބޯޓަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ333
13 March 2019
ދެން ތި ބޮއްކުރާތައް ދޫކޮށްލަން ވެއްޖެއެއްނު ގައުމީ އެއާލައިން...އަމިއްލަ އެއާލައިންތައްވެސް އެއުޅެނީ މާކުރީގަ...ބާދަގަނޑަށްވެފަހުރި ދުވަސްވީ ބޯޓުތަކެއްތީ...
އަސްލު ތައުރީފް
12 March 2019
ހުރިހާ ތައުރީފެއް ކްރޫންނަށް. މައްސަލަ ޖެހުނީމަ ގިނަ ފަހަރު ޕައިލެޓުން މިއަހަނީ އެއްގަމުގަ ތިބޭ އިންޖިނޭރުން ކައިރީ ހަދަންވީ ކިހިނެއްތޯ!؟ ވަރަށް ވެދުން ހުރިހާ ކުދިންނަށްވެސް....
ވިލްސް
12 March 2019
އެންމެ ފުރަތަމެސް ﷲ އަށް ޝުކުރުކުރަން. އަދި ބޯޓްގެ އެނޖިނިއަރ އަދި ޕައިލެޓާއި ކުރޫންނަށް ސާބަސް ރައްދު ކުރަން. ބޯޓް ސަލާމަތުން ޖެއްސިއިރު ބޯޓްގައި ތިބި ފަސިންޖަރުންނަށް މަރުހަބާ ކިޔަން.
މެހެނާޒް
12 March 2019
ގަތަރު ބޯޓު ތަކުގެ ކޮލިޓީ މާ ރަނގަޅު. ތި ބޮންބާރޑިއާ ބޯޓް ކަމަކު ނުދޭ.
ޢަޝްރަފް
12 March 2019
ޥަރަށް ރަނގަޅު ވާހަކަ އެއް. ފޯވާރޑް ގެލީގެ ޖާގަ ވެސް އާދައިގެ ބޯޓްތަކަށް ވުރެ ބޮޑު ވެފާ ސްޕޭޝަސް.
މަޑާމް
12 March 2019
ޥަރަށް ފަގީރު ފަރުވާ ކުޑަކޮށް ލިޔެފަ އޮތް ޚަބަރެއް. ބޮޑު ހާދިސާއެއްގެ ކަޑަ ޚަބަރެއް
އައިމިނާ
12 March 2019
އަލްޙަމްދުﷲ.ދިވެހިކުދިންނަށްޓަކައި އަބަދުވެސްފަޚުރުވެރިވަން. ވަރަށްއުފާވެއްޖެ.
ihaaru.
12 March 2019
މީގެން ދޭހަވި އެޗެއްބުނެބަލަ؟
ހަސަނު
12 March 2019
ހަބަރުން ނޭނގުނު ވީގޮތެއް.. ގިޔަރަށް ވީ ކޮން ގޮތއް ކަމެއް، ނުޖެއްސުނު އެތި ޖެއްސީ ކިހިނެއް ކަމެއް، ހެދީ ކިހިނެއްކަމެއް ނޭނގުނު..
މަށަންދަތި
12 March 2019
ގިއަރުގަ މައްސަލަ ޖެހިފަހުރިއިރު އެހާ ގިނައިރު ދުއްވީ ކިހިނެއްތަ. ގިއަރު ކަނޑައިގެންތަ.
ބޭބެ
12 March 2019
ކަލޭގެ ގަމާރު ކަމާއެވެ.
ޕައިލެޓް
12 March 2019
ކަލޭ ދާންވީނު ޕައިލެޓްކަން ކިޔަވަން
Ahmed Naseer
12 March 2019
ފްލައިޓަކީ ކާރު ދުއްވާހެން ގިއަރު ތަޅުވައިގެން ދުއްވާ އެއްޗެއްނޫން :) ލޭންޑިން ގިއަރަކީ ފްލައިޓްގެ ފުރޮޅު ތިރިކޮށް މައްޗަށް ނަގަން ބޭނުންކުރާ މެކޭނިކަލް ސިސްޓަމަށް ކިޔާނަމެއް :)
ވަހީދު
12 March 2019
ލޭންޑިން ގިއަރުއޭ ބުނެފައި އެއޮތީ.
ނާހިދު އެއަރކުރާފުޓު އިންޖިނެރެއް.
12 March 2019
އާދެ.! މި ރިޕޯރޓު އަވަސް އަރުވައިގެން އަޕްޑޭޓު ކުރިއިރު ވިސްނަންޖެހޭ ކޮންމެވެސް ވަރަކަށް ކަމާއި ގުޅޭ ޓެކުނިކަލް ޑިފެކުޓަށް އަލި އަޅުވައިލެއްވިނަމަ، އާދެ.! މަތިންދާ ބޯޓުތަކުގައި 3 ލޭންޑިންގ ގެއަރ ވޭ އެއީ ކުރީ 1 އަދި ފަހަތު 2 މީގެ ތެރޭން މައްސަލަ ނިކުތީ ކޮން ބައެއްގެ ކަމެއްނޭނގުނު، އާއްމުކޮށް މިފަދަ މައްސަލަ ދިމާވުން ސަލާމަތުގެ ފިޔަވަޅުގެ ގޮޮތުން އިތުރަށް ފުލައިޓު ދުއްވަނީ ތެޔޮހުސްކުރުމުގެ ބޭނުމުގައި، ލޭންޑިންގ ގެއަރ ރަނގަޅުވެތޯ ލޭންޑިންކުރީ.؟
ހަތާ
12 March 2019
ކޮއްކޯ ޚަބަރަށް ރަނގަޅަށް ބަލާބަލަ އަދި ރަނގަޅަށް ކިޔާބަލަ. ކޮއްކޯ މައްސަލަ ޖެހުނީ ލޭންޑިން ގިޔަރުގަ ކޮއްކޮއަށް ހީވީތަ ލިޔެފަ އެއޮތީ ޓޫޓީ ޔަންމާ އިންޖީނެއް އަޅާފަ ހުރި ކުޑަ މަސްދޯންޏެއްގެ ވާހަކަ ކަމަށްތަ ލުޔެފަ އެއޮތީ ވެދުން
މަރޭމިތުރު
12 March 2019
މޯލްޑިވިއަން ކުރޫއިންނަކީ ވަރަށް ހެޔޮ ރަނގަޅު ބައެއްކަމަށް މޯލްޑިވިއަނުން ބޭރުގައުމަށް އެންމެ ފުރަތަމަ ދިޔަ 7 ފަހަރުން މަށަށް ސާފުވި! އޭގެ ފަހުން އަރާހިތެއްނުވި އެހެން ފުލައިޓަކަށް!