ރައީސް ޔާމީން: އެ މަނިކުފާނަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ބޭރުގެ މީޑިއާތަކުން ގެންދަނީ ތަފާތު ރިޕޯޓުތައް ޝާއިއުކުރަމުން.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
29 އޯގަސްޓް 2016 - 08:36
ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީ ޓީވީން ދެއްކުން އަންނަ އާދިއްތަ ދުވަހަށް އަވަސްކޮށްފި އެވެ.
ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާއިން ވަނީ ތަހުގީގީ ޑޮކިއުމެންޓްރީއެއް ތައްޔާރުކޮށްފަ އެވެ. މި ޑޮކިއުމެންޓްރީ މާދަމާ އިނގިރޭސިވިލާތުގައި ޕްރިމިއާ ކުރަން ވަނީ ހަމަޖައްސައިފަ އެވެ.
އަލް ޖަޒީރާ ޓީވީގެ ޕްރޮގްރާމް ގައިޑުގައި، ރާއްޖެއާ ބެހޭ ޑޮކިއުމެންޓްރީ ދެއްކުން އަންނަ ހަފުތާގެ އަންގާރަ ދުވަހަށް ކުރިން ތާވަލުކޮށްފައި އޮތަސް، މިހާރު ވާ ގޮތުން އެ ޑޮކިއުމެންޓްރީ ޓީވީން ދައްކާނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހު، ރާއްޖެ ގަޑިން ހަވީރު 5:00 ގަ އެވެ. "ސްޓީލިން ޕެރަޑައިސް"ގެ ނަން ދީފައިވާ ޑޮކިއުމެންޓްރީ އަކީ، ޕްރޮގްރާމް ގައިޑުގައި ލިޔެފައިވާ ގޮތުން، ރާއްޖޭގައި ހިންގަމުން ގެންދާ ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވާލާނެ ފިލްމެކެވެ.
އެކި މީހުން ސައިކަލްތަކުގައި މިލިއަނުން ނަގުދު ފައިސާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނަށް ގެންގޮސްދިން ގޮތް، ސިއްރުން ނަގާފައިވާ އިންޓަވިއުތަކުގައި ސިފަކޮށްދީފައިވާ ކަމަށް، ޑޮކިއުމެންޓްރީގެ ތަފްސީލުގައިވެ އެވެ.
"ސްޓީލިން ޕެރެޑައިސް" އިފުތިތާހު ކުރުމަށް މިހާރު ވަނީ ބައެއް ބޭފުޅުންނަށް ދައުވަތު ވެސް ފޮނުވައިފަ އެވެ. މި ރިޕޯޓުގައި "އާ ހެކި" ހިމެނޭނެ ކަމަށް ދައުވަތު ކާޑުގައި ވާއިރު، ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯފުޅު ޖަހާފައިވެ އެވެ. އަދި ދިވެހި ދެ ރުކަކާއި ރިޔާސީ ލޯންޗްކޮޅުގެ ސިފަ ހުރި ލޯންޗެއްގެ ފޮޓޯ ހިމަނާފައިވެ އެވެ.
ސްޓީލިން ޕެރެޑައިސް ނެރުމުގެ ހަފުލާ ބާއްވަނީ ލަންޑަންގައި ހުންނަ ރޯޔަލް ސޮސައިޓީ އޮފް އާޓްސްގަ އެވެ.
ސަރުކާރަށް ނިސްބަތްވެވަޑައިގެންނަވާ އެކި ބޭފުޅުން ގެންދަވަނީ އެ ޑޮކިއުމެންޓަރީގައި ހުރެދާނެ ކަމަށް ބެލެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ވިދާޅުވަމުންނެވެ. އެ ގޮތުން، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަނީ އެއީ އިިދިކޮޅު ފަރާތްތަކުން އަލް ޖަޒީރާއަށް ފައިސާ ދީގެން ހަދާފައިވާ ޑޮކިއުމެންޓްރީއެއް ކަމަށް ދޭހަވާ ގޮތަށް ވާހަަކަ ދައްކަވައިފަ އެވެ.
މި ޑޮކިއުމެންޓަރީ ތައްޔާރުކުރީ، ދައުވަތު ކާޑުގައި އޮތް ގޮތުން، އަލް ޖަޒީރާގެ އިންވެސްޓިގޭޓިވް ޔުނިޓުންނެވެ. މި ޔުނިޓުން ތައްޔާރުކުރި ބައެއް އުފެއްދުންތަކަށް ދުނިޔޭގެ ފެންވަރުގެ އެވޯޑު ވެސް ލިބިފައިވެ އެވެ.
ރާއްޖެއާ ބެހޭ ގޮތުން އަލް ޖަޒީރާއިން ތަހުގީގީ ޑޮކިއުމެންޓްރީއެއް މި ނެރެނީ ސަރުކާރަށް ފާޑުކިޔާ ލިޔުންތައް ބޭރުގެ މީޑިއާތަކުގައި ޝާއިއުކުރުން އިތުުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ގޮތުން، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިވެހި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން މިދިޔަ ބުރާސްފަތި ދުވަހު ބުންޏެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ތެލުގެ ވަގު ވިޔަފާރި ހިންގެވި ކަމަށް ބުނެ ދުނިޔޭގެ އެންމެ ބޮޑު އެއް ނޫސް، ނިއު ޔޯކް ޓައިމްސްގައި ވެސް އިއްޔެ ރިޕޯޓެއް ޖެހި އެވެ. އެކަމަކު އޭގައި ބުނާ ވާހަކަތައް ދިވެހި ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔެކޮނޮމިސްޓު
31 August 2016
މާތް މީހުންނާއި މެދު ތިޔަފަދަ ރިޕޯރޓުތައް ނުހަދާ.. ކޮންމެ ފަދަ ކޯފާއެއް އަތުވެދާނެ..ހހެހެހެހެހެ ޕޕމ ލޮޖިކު
ވުސްނާ
30 August 2016
ޢަހަރެމެން ދިވެހިން އަމިއްލަޔަށް މިގައުމު އަދަވަޅަކަށް ވައްޓާލަނީ..... ޑިމޮކްރަސީގެ އަޅުވެތިކަމުގަ ގައުމުހަލާކުވަނީ....ޔާﷲ އަޅަމެނަގެ މިގައުމު މަކަރުވެރިންގެ ކިބައިން ސަލާމަތް ކޮށްދެއްވާންދޭވެ. އަދި މިގައުމުގައި އިސްލާމް ދީން ނޫން ދީންކަށް ފުރުސަތު ނުދެއްވާނދޭވެ
ފދ
30 August 2016
މިތާގަ އެބަ އުޅޭތަ ރައްޔިތުންނާ ހެދި އުޅޭބައެއް... މީނަ ކުޑަ ކުޑަ ރާއްޖެ ތަރައްގީ ކުރަން ކީކުރާ 5 އަހަރެއް... އަދި ވެސް މިއުޅެނީ ވަންނާނެ ތަނެއް ނެތިގެން.. 1 ކޮޓަރީގަ 5 މީހުން މި ނިދަނީ މީ މާލެގެ ހާލަތު...ކަލެމެންނަށް ތަރައްޤީއެއް ނޫ ކުރެވޭނީ....
މާނާ
30 August 2016
މީ ޑްރާމާއެއްކަން ޔަގީން ވަނީ ތި ރިޕޯޓް އުފައްދަން އެންމެ އިސްކޮށް ހުރީ މިނިވަން ނޫހުގައި މަސައްކަތް ކުރިމީހަކަށްވާތީ. ރާއްޖެޓީވީ އާއި އެނޫންވެސް އެމްޑީޕީގެ މީހުންގެ ޑްރާމާއެއްތިއިން ފެންނާނީ. ރާއްޖޭގެ އިގްތިސާދު ހަލާކު ނުވެގެން މޮޔަވާ މީހުން ރާއްޖޭގެ ރައްޔިތުން ބަނޑަށް ޖައްސަން ކުރާ މަސައްކަތުގެ އެއްބޮޅު ތީ. ހިމާޔަތްކޮށްފަ ތިބި މީހުން ނިކަން އުފަލުން ތިބޭނެ. ﷲ އިރާދަކުރެއްވިއްޔާ ތި ފަދަ ފަސާދަ ކުރަ މީހުން ނިކަމެތިކުރައްވައި ފަޟީހަތް ކުރައްވާށި.
ިމޮޅު
30 August 2016
ތިޔަބުނާ ޖަޒީރާ އަކީ ގައުމުތަކުގެވެރިކަންދީ ވެރިކަންބަދަލުވެސްކުރާމީހުންތަހާދަފައްކާބައެއްތާ ހެހެހެ އިންސާނާ ކަމަކާހެދިމޮޔަވިއަސްމިދެންބޮޑުވަރު
ނުކި
30 August 2016
ތި ރިޕޯޓު ރާއްޖޭގައި ދެއްކުން މަނާކުރާނެކަން ހަމަ ޔަގީން
ރިޔާޒް
30 August 2016
ފިލްމް ބާޒީގަރްގަ ކާޖޮލްގެ ބައްޕަ ބައި އަދާކުރާ ދަލިޕް ތާހިލް ގެ ފޮޓޯގަނޑެއް ގޫގްލް އިން ހޯދާލާބަލަ. ތަފާތު ފޮޓޯތައް ބަލާފަ ބުނެބަލަ ކާކާތޯ އެންމެ ވައްތަރީ. ސިފަޔާ، ކެރެކްޓަރވެސް އެ ފިލްމްގަ އޭނާ ކުޅެފައިވާ
ފ.ފަތުހުﷲ
29 August 2016
އަބުދުﷲ ޔާމީނު ކުރެއްވި ކަމެއްގެ ޖަވާބު ދެއްވަން ެހިވަދައިގަންނަވާނީ ދިވެހި ސަރުކާރަކުން ނޫން...ރައީސްކަމުގެ ކުރީގެ ކަމަކަށް ވެއްޖެނަމަ....
ކަޅޭ
29 August 2016
ޝޯޝަލް މީޑިއާއަކީ މިސްރުގެ އިންޤިލާބްގައި އެންމެ ބޮޑު ރޯލެއް ކުޅުނު އެއް ވަސީލަތެވެ. މިހާރު ރާއްޖޭގައިވެސް ޝޯޝަލް މީޑިއާ މިކުޅެނީ އެދައުރު ކަމަށް ލަފާކުރެވެއެވެ. ޤާނޫނީ ގޮތުން ސަރުކާރު ބަދަލު ކުރުމާއި، އިންޤިލާބަކުން ސަރުކާރު ބަދަލުކުރުމުގައި ތަފާތު ތަކެއްވެއެވެ. ޤާނޫނީ ގޮތުން ބަދަލުވާނަމަ، ވެރިކަމާ ޙަވާލުވާނީ އޭރަކު ހުންނަ ނައިބު ރައީސް އެވެ. ހަމައެއާއކު، މަޖިލިސް ، ޖުޑިޝަރީވެސް ބަދަލުނުވެ އޮންނާނެއެވެ. ނަމަވެސް އިންޤިލާބީ ބަދަލަކީ ރައްޔިތުން ނުކުމެ ސަރުކާރު ބަދަލުކޮށްލުމެވެ. މިބަދަލުކޮށްލުމުގައި ހުރިހާ ބާރެއްވެސް ބަދަލުވެގެން ދާނެއެވެ. އަދި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންތިޚާބްތައް ބާއްވާނެއެވެ. އެހެނީ އިންޤިލާބީ ސަރުކާރުތައް ބޭރުގެ ފަރާތްތަކުން ޤަބޫލްކުރަން ފަށާނީ އިންތިޚާބްތައް ބާއްވައި ޑިމޮކްރަސީ ޤާއިމް ކުރީމައެވެ.
ސސ
29 August 2016
ބިތުފަންގި އަޅުވަނީޔޯ އަލްޖަޒީގައި