އީޔޫގެ ބައެއް އޮފިޝަލުން. އަމާންކަމާއެކު އިންތިޚާބު ކުރިއަށް ދިޔުމުން އީޔޫން ވަނީ ތައުރީފްކޮށްފައި
08 އެޕްރީލް 2019 - 22:24
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ކުރިިއަށް ގެންދިޔަ ގޮތަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ން މިއަދު ތައުރީފުކޮށްފި އެވެ.
އެ ޖަމާއަތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންތިޚާބު ކުރިއަށް ދިޔައީ ވަރަށް އަމާންކަމާ އެކު، ޑިމޮކްރަޓިކް އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި އެކަމަށް ވަނީ މަރުހަބާ ކިޔައިފަ އެވެ.
އަމާންކަމާ އެކު އިންތިޚާބު ކުރިއަށް ގެންދިއުމަށް، އިލެކްޝަންސް ކޮމިޝަނުން ކުރި މަސައްކަތަށް ވެސް އީޔޫން ވަނީ ތައުރީފްކޮށްފަ އެވެ.
''ސަރުކާރުގެ ވައުދުތައް ފުއްދުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާތީ އެކަން ފާހަގަ ކުރަމެވެ. އަދި ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން، އިސްލާހަށް ރާއްޖޭން ކުރާ މަސައްކަތުގައި އަބަދު ވެސް އެހީތެރިކަން ފޯރުކޮށްދޭނަމެެވެ." އީޔޫގެ ބަޔާނުގައި ވެ އެވެ.
އިންތިޚާބުގެ އިންތިޒާމުތައް ރަނގަޅު ކަމަށާއި އެއީ ދެފުށް ފެންނަ މިނިވަން، އިންސާފުވެރި އިންތިޚާބެއް ކަމަށް ބޭރުގެ ބައެއް އޮބްޒާވަރުން ވަނީ ބުނެފަ އެވެ.
ނަމަވެސް އިންތިޚާބެއް ރަނގަޅަށް އޮބްޒާވް ކުރާ ނަމަ ވޯޓްލުމުގެ ކުރިން ހަމަޖައްސާ އިންތިޒާމްތަކާއި ކެމްޕޭން ކުރިއަށްދާ ގޮތް ރާއްޖޭގެ އޮބްޒާވަރުންގެ އިތުރުން ބައިނަލް އަގުވާމީ އޮބްޒާވަރުން ވެސް ބެލުން މުހިއްމު ކަމަށް އެ މީހުން ވަނީ ބުނެފަ އެވެ.
މަޖިލީހުގެ އިންތިހާބުގައި 220،000 އަށް ވުރެ ގިނަ މީހުން ވޯޓު ލި އިރު އެ އިންތިހާބު ނިމުނީ ވަރަށް އޮމާންކޮށެވެ. މިހާތަނަށް ނަތީޖާ ދައްކާ ގޮތުން ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވަނީ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 އަށް ވުރެ ގިނަ ގޮނޑި ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނާފީީކާ
09 April 2019
ކާފަރުން ތައުރީފުކިޔާޏެ އެކަން ނޭގިގެން ނޫޅެން. މަޖުލިސް އިންތިހާބުގަ ޖުމްލަ ވޯޓަށް ބަލާނަމަ އެމްޑީޕީއަށް ބުނަނީ ނޫނެކޭ.
ދީމާހު
09 April 2019
އީޔޫ ބޭނުންވާ ގޮތައް ނަތީޖާ ނިކުތީމާ މިއޮތީ ތަޢުރީފު. ޑިމޮކްރަސީ ފައްކާވެގެން ބަންޑުންވެފައި
މުރާސިލް
09 April 2019
އިންތިޚާބަށް ތިޔަވަރަކަށް ޔަހޫދީން ތަޢުރީފުކުރާ ސަބަބު އަހަރެމެންނަކަށް ނޯޅެއެވެ. އިންތިޚާބުން ވަކިބަޔަކު ބަލިވިނަމަ، ތިޔަ އިންތިޚާބަކީ އެއްވެސް އިންސާފެއް ނެތް އިންތިޚާބެއްކަމަށް ހަދާނެއެވެ.
މަރޭމިތުރު
09 April 2019
ޔަހޫދީ، ލާދީނީ، ބައިގަނޑެއް، މިއީ ހައްތާވެސް އަންނަ ރުޅީން ކަލޭމެން ބޭރުކުރާ ބަސްތަކެއް! ތިކަހަލަ ބަސްތަކަކުން މީހުން ނުގުޑާނެ ތިގޮތައް ބުނާބައެއްގެ އަގުވެއްޓޭނީ!އަސްލެއް ނެތް ބަސްތަކަކީ ފައިދާކުރަނިވި އެއްޗަކަށްވުރެ ނުރަނގަޅ ނަތީޖާ އަންނަ ކަންތަކެއްކަން ވޯޓުން މިއޮތީ އހަރެމެން ދައްކައިދީފައި.
ދޮންމަނިކެ
09 April 2019
ތައުރީފު ކުރާނެޔޭ... ފަސާދަޔާ ކޮރަޕްޝަންގެ މުޑުދާރު އަމަލު ހިނގި މިއައްވުރެ ފާޅުކަންބޮޑު މަޖިލީހެއް ނާދޭ.. މާތް ރަސްކަލާނގެ މިގައުމަށް ހެޔޮގޮތް މިންވަރު ކުރައްވާށި
މަރޭމިތުރު
09 April 2019
ތާރީހުގައި އެލިޔަނީ އެމްޑީޕީ ރަން އަކުރުން! މާރީތި އުފާވެރި އަސްލީ މަންޒަރުތަކަކުން!............... ފަނޑުވުމެއް ކުލަދިއުމެއްނުވާހެން ރަން އަކުރުން އެމްޑީޕީގެ ނަން ތާރީހުގައި ލިޔެލައިފި!
ބޮޑުގަމާރު
09 April 2019
ޑަބަލް ސްޓޭންޑަޑް އީޔޫ
އަޙްމަދް.
09 April 2019
ކަލޭމެން ތަައުރީފުކުރީ އަމާން ވީމައެއްނޫން! ކަލޭމެން ތަޢުރީފުކުރީ ކަލޭމެންގެ މުޑުދާރު ކުފުރުގުގެ ނިޒާމު ޑިމޮކްރެސީ ކުރި އަރުވާ އެ ނިޒާމު ދިރުވާ އާލާ ކުރާނެ ބަޔަކު އިންތިޙާބު ވީމައެވެ.
ާއަލިބެ
08 April 2019
އިންތިޚާބު މޑޕ އަށް ކާމިޔާބުވުމަކީ އީޔޫއަށް ކާމިޔާބުވުންކަހަލަ ކަމެއް. ތަޢުރީފުކޮށް އަތްޖަހާނެ އެމީހުން.
ހަސަންބެ.
08 April 2019
އެމްޑީޕީ އަށް މެޖޯރިޓީ ނުލިބުނުނަމަ ތި އެއް އެގޭނެ.