ކޮމަން ވޮއިސްގެ ދިވެހި ސެކްޝަން
09 އެޕްރީލް 2019 - 11:17
އެޕްތަކާއި ވެބަށް ބަސް ދަސްކޮށްދިނުން ނުވަތަ ސްޕީޗް ރިކޮގްނިޝަން އަށް ހާއްސަކޮށް މޮޒިއްލާ އިން ހިންގާ "ކޮމަން ވޮއިސް" ޕްރޮގްރާމަށް ދިވެހި ބަސް އިތުރުކުރުމާ އެކު، ދިވެހި ބަހުން ވާހަކަ ދައްކާ އަޑުގެ ޑޭޓާބޭސް އެއް އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
ކޮމަން ވޮއިސް އަށް، އެ ބަހަކުން ހުންނަ ލިޔުންތައް ކިޔައިދީ، އަޑުގެ ސާމްޕަލް ދިނުމުން އެ އުފެއްދެނީ އެ ބަހެއްގެ އަޑުގެ ޑޭޓާބޭސްއެކެވެ. މިގޮތަށް ހެދުމުން، އެ ބަހަކުން ލިޔެފައި ހުންނަ އެއްޗެއް އޮޓޮމެޓިކުން ދެނެގަނެ ކިޔައިދޭ އެޕްލިކޭޝަންތައް ހަދަން އޭގެ ބޭނުން ކޮންމެ މީހަކަށް ވެސް ކުރެވޭނެ އެވެ. ދިވެހި ބަހުގެ ސާމްޕަލްތައް ދިނުމުން، ދިވެހިން ހުންނަ އެއްޗެހި ކިޔައިދޭ ގޮތް ހެދޭނެ އެވެ. އަދި ދިވެހި ބަހުން ވާހަކަ ދައްކާ އަޑު އިވުމުން އެ ކީ އެއްޗެއް ދިވެހި ބަހުން އަމިއްލަ އަށް ލިޔެވޭ ގޮތް ވެސް ހެދޭނެ އެވެ.
Please donate your voice to help us build an open-source #Dhivehi voice database that anyone can use to make innovative apps for devices and the web (automatic dhivehi speech recognition). https://t.co/kLEPY5lmwT
— Sofwath 🎈 (@sofwath) April 8, 2019
ކޮމަން ވޮއިސްގައި މިހާރުވެސް ދިވެހި ބަހުގެ އަޑުގެ ސާމްޕަލްތައް ބައެއް ދިވެހިން ދީފައި އެބަހުއްޓެވެ. މޮޒިއްލާގެ މި ވެބްސައިޓްގައި އެ މީހެއްގެ ޕްރޮފައިލެއް ހަދައިގެން ވެސް އަޑުގެ ސާމްޕަލް ދިނުމަށް ރަޖިސްޓްރީކުރެވިދާނެ އެވެ. އެކަމަކު ރަޖިސްޓްރީ ނުކޮށް ވެސް ސާމްޕަލް ދެވޭނެ އެވެ.
ކޮމަން ވޮއިސް އަށް މި ލިންކުން ވަދެވޭނެ އެވެ: https://voice.mozilla.org/dv
މިހާރު ހުރި ސާމްޕަލްތަކުގެ އެހީގައި، ދިވެހި ޖުމްލަތައް ކިޔާފައި ހުރީ ރަނގަޅަށްތޯ ބަލައި އެކަމުގައި ވެސް އެހީތެރި ވެވިދާނެ އެވެ.
ކޮމަން ވޮއިސް ވެބްސައިޓުގައި ދިވެހި ބަހުގެ ސާމްޕަލެއް
މީގެ އަށް މަސް ކުރިން މޮޒިއްލާގެ މެޝިން ލާނިން ގްރޫޕުން ފެށު ކޮމަން ވޮއިސް ޕްރޮގްރާމު ފުޅާކޮށް ތަރައްގީކުރުމަށް މިހާރު ވަނީ އާ މަސައްކަތްތަކެއް ފަށައިފަ އެވެ. އޭގައި މިހާރު ވެސް 18 ބަހެއްގެ 42،000 ކޮންޓްރިބިއުޓަރުންގެ 1،400 ގަޑިއިރުގެ އަޑުގެ ސާމްޕަލް އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރުކަލޯ
09 April 2019
ދިވެހި އެންމެ ރީތިއަޑަކީ އައްބާސް އިބްރާހީމްގެ އަޑު.
ދަރިވަރުން
09 April 2019
ކުރިއަށް ދިވެހި ގައުމު. އަސް ކަން ކުރަންވީ ގޮތައް މިކުރަނީ. މިއަށް އެޅޭ ޑޭޓާ އަކީ އާންމުންނަށް ހުޅުވާލެވޭ އެއްޗެއް. އެހެންކަމުން ކުރިއަށް އޮތްތާގަ ކިޔަވާކުދިންނާ ކުންފުނިތަކަށް ފައިދާވާނެ. އަހަރެމެން ކިއެވިއިރުވެސް މިކަހަލަ ކަންކަން ނުވެވަ މިހުރީ ޑޭޓާ ނުލިބިގެން. ޝުކުރިއްޔާ ސޮފްވަތް، ކުޑަނާއި އަދި ޓީމް.
ޢަލްތާފް
09 April 2019
މިމީހުން ނޫނީ ނެތީދަ ދެން މިގައުމުގަ މިވަރު ކަމެއް ކުރަން؟ ޢަބަދު އެއް ބައެއް މިފެންނަނި