މިހާރު ލައިވް ގްރެފިކްސް
01 ސެޕްޓެމްބަރ 2016 - 15:26
ރާއްޖޭގެ މުހިންމު ހަބަރުތައް ޒަމާނީ ފަސޭހަތަކުގެ ތެރެއިން ވަގުތުން ގެނެސްދޭން "މިހާރު ލައިވް"ގެ ނަމުގައި އާ ހިދުމަތްތަކެއް މިއަދު ފަށައިފި އެވެ.
"މިހާރު ލައިވް"ގައި އެސްއެމްއެސް މެދުވެރިކޮށާއި، ކޮމްޕިއުޓަ ނޮޓިފިކޭޝަންގެ އިތުރުން ޓެލެގްރާމުން ވެސް ހަބަރުތައް ލިބޭނެ އެވެ.
"މިހާރުު ލައިވް"ގައި ހިމެނޭ އެސްއެމްއެސް އެލާޓް މި މަހުގެ ނިޔަލަށް ހިލޭ ލިބޭނެ އެވެ. އެ ހިދުމަތް ހޯދަން ދިރާގާއި އުރީދޫގެ ކަސްޓަމަރުން ވެސް sub mihaaru ޖަހާފައި 5454 އަށް އެސްއެމްއެސްއެއް ފޮނުވަން ޖެހެ އެވެ.
އެސްއެމްއެސްގައި އަންނާނީ ބްރޭކިން ނިއުސްތަކުގެ އިތުރުން އެ ދުވަހެއްގެ އެންމެ މުހިންމު ހަބަރުތަކުގެ ސުރުހީ އެވެ.
.
މި މަސް ނިމުމުން، މުހިންމު ހަބަރުތަކުގެ ސުރުހީތައް އެސްއެމްއެސް މެދުވެރިކޮށް ލިބޭނީ މަހަކު 30 ރުފިޔާގެ ފީއަކަށެވެ.
"މިހާރު"ގެ ހަބަރުތަކުގެ ނޮޓިފިކޭޝަން އަންނަ ގޮތް ހެދުމުން، ކޮމްޕިއުޓަރު ކައިރީގައި މަސައްކަތްކުރަން އިންނަ އިރު ކޮންމެ ހަބަރެއް ޝާއިއުވުމާ އެކު އޭގެ ހެޑްލައިން ސްކްރީނަށް އަރާނެ އެވެ.
މިހާރުގެ ވެބްސައިޓް (mihaaru.com) އަށް ވަނުމުން ނޮޓިފިކޭޝަންގެ ހިދުމަތް ބޭނުންތޯ އެހުމުން OK އަށް ފިތާލުމުން، އެ ވަގުތުން ފެށިގެން އަޕްޑޭޓްސް ލިބެން ފަށާނެ އެވެ.
މިހާރުގެ ހަބަރުތައް ފޭސްބުކާއި ޓްވިޓާއެކޭ އެއްފަދައިން ޓެލެގްރާމް މެދުވެރިކޮށް ވެސް މިއަދުން ފެށިގެން ލިބޭނެ އެވެ. އެގޮތުން ހަބަރުތައް ފެންނާނީ http://telegram.me/mihaarulive އިންނެވެ.
MihaaruLive
The most trusted news source in the Maldives
Telegram
"މިހާރު ލައިވް" ގެ ޓެލެގްރާމް ލިންކް
މީގެ ތިން މަސް ކުރިން ރާއްޖޭގެ މީޑިއާ އަށް ވަން "މިހާރު" ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކިއުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ.
"މިހާރުން މި ހިދުމަތްތައް ތައާރަފްކުރީ ކޮންމެ ވަގުތަކު، ކޮންމެ ތާކު ހުރެގެން ވެސް މިހާރުގެ ހަބަރުތައް ކިޔާލުމުގެ ފުރުސަތު ދޭން،" ނޫހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮލޮމޮން
03 September 2016
މޮބައިލް އޭޕް އެއް ތާރަފްކުރަނީ ކޮންދުހުކުންބާ
ފަލަ
01 September 2016
ކޮބާތަ ތްރެޑެޑް ކޮމެންޓްސް ފީޗާ ؟ :( އޯލްސޯ އެކައުންޓެއްވެސް ނެހެދެ އެއްނު :(
ޢަލީ ކުމާރު
01 September 2016
ފްލައިޓް ޝެޑިއުލް ފެންނަ ގޮތް ހަދާދީބަ ޕުލީޒްޒް
މިހާރު
01 September 2016
މިހާރު މިހާރު ވަރަށް ފައްކާ. މިހާރުން މިހާރަށްވެސް ކުރަންވެފަ އޮތް ކަމެއް ތީ.. އަޅެ ކޮރަޕްޓް މީހުން ވައްކަން ކުރާ އިރަށްވެސް ނޮޓިފިކޭޝަން އަންނާނެ ނަމަ..
ޢޤދ
01 September 2016
އައިފޯން އެޕް ކޮބާ
ހަސަނުއޮޑި
01 September 2016
ކޮންމެ ސައިޓަކަށް އެޕެއް ހަދާކަށް ނުޖެހޭ، ދަރިޔާ
ސައްޕު
01 September 2016
އޭ ބަލަ ތި ކަޑަވަނީ! ނިއުސް އެލާޓަކީ ކޮންމެ ނިއުސް އޭޖެންސީއަކުން ވެސް އެޕް އިންސްޓޯލްކޮށްލީމާ އަބަދު ހިލޭ ފޮނުވާއެއްޗެކެވެ!
ރަދީފް
01 September 2016
ސައްޕު.މިހާރު އަދި ނެތް އެޕެއް. ލޮލް
ރޯނު
01 September 2016
އަން ސަބްސްކްރައިބް ކުރަނީ ކިހިނެއްތޯ؟
ރަދީފް
01 September 2016
ތޭންކްސް މިހާރު.ތިޔަ ހިދްމަތް އަޅުގަނޑަށް ލިބޭތާ ކޮންދުވަހެއް.ތޭންކްސް ޓު ޓްވިޓާ.