ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސުގައި މިނިސްޓަރު އައިމިނަތު އާތިފާ ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 އެޕްރީލް 2019 - 23:58
ހދ. ނޮޅިވަންފަރަށް ހިޖުރަކުރި 53 އާއިލާއަކަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
މި މަޝްރޫއުގެ ދަށުން އެ ރަށުގައި އަޅަން ނިންމާފައި ވަނީ 60 ހައުސިން ޔުނިޓެވެ. ޖުމްލަ 27.88 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމަން އެއް އަހަރުގެ މުއްދަތެއް ކަނޑައަޅާފައިވެ އެވެ. މިއީ 2011 ވަނަ އަހަރު ހދ. އަތޮޅުގެ ފަރިދޫ އާއި ކުނބުރުދޫ އަދި މާވައިދޫން ނޮޅިވަރަންފަރަށް ބަދަލުކުރި 181 އާއިލާގެ ތެރެއިން، ގެދޮރުވެރިކަން ހަމަޖެހިފައިވާ ނުވާ އާއިލާތަކަށް އެކަން ކަށަވަރުކޮށްދޭން ފެށި މަސައްކަތެކެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ އިޖްތިމާއީ ގޮތުން ބަލާލަންޖެހޭ ވަރަށް އާއިލާތަކާ ދޭތެރޭ [މިދިޔަ ސަރުކާރުތަކުން] ބަލާލެވިފައި ނެތީމައޭ މިހެން ދިމާވެފައި މި އޮތީ،" އާތިފާ ވިދާޅުވި އެވެ.
މި މަސައްކަތް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވީ މިއީ މި އަހަރުގެ ބަޖެޓުގައި އެކުލަވާލާފައި ނުވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިއީ ވީހާވެސް އަވަހަކަށް ހައްލު ކުރަން ޖެހޭ މައްސަލައެއް ކަމަށް ފާހަގަކުރެވުމުން، މި މަސައްކަތް ކުރަނީ ހާއްސަ ބެޖެޓެއް އެކުލަވާލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރުގެ ބަޖެޓުގައި ވެސް އަސްލު މި މަޝްރޫއެއް ހިމެނިފައެއް ނެތް. އަޅުގަނޑުމެން މުޅި މިނިސްޓްރީ ތެރެއިން ކުރެވުނު މަސައްކަތާއި ހިތްމަތާއި އެކީގައި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް މި ކަން ގެނެވި، ބަޖެޓުގެ ހާއްސަ އެހީއެއްގެ ދަށުން މި މަސައްކަތް ހަވާލުކުރެވިގެން މި ދަނީ،" މިިނިސްޓަރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން މި މަސައްކަތް ހަވާލުކުރީ މާރިސް ކޮންސްޓްރަކްޝަން އާއި ސްވިފްޓް އިންޖިނިއަރިންނަށެވެ. މި އެއްބަސްވުމުގައި ސްވިފްޓް އިންޖިނިއަރިންގެ މެނޭޖިން ޑައިރެކްޓަރު ސައުދުﷲ ހިލްމީ ސޮއިކުރެއްވި އިިރު، މާރިސް ކޮންސްޓްރަކްޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާލިސް ޝަރީފެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސުގައި މިނިސްޓަރު އާތިފާ (މ) ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާތިފާ ވިދާޅުވި ގޮތުގައި މިއީ މީގެ ހަތް އަހަރުކުރިން ފަށާފައިވާ، އެހެން ނަމަވެސް ދޫކޮށްލެވިފައިވާ މަސައްކަތެކެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ އިޖްތިމާއީ ގޮތުން ބަލާލަންޖެހޭ ވަރަށް އާއިލާތަކާ ދޭތެރޭ [މިދިޔަ ސަރުކާރުތަކުން] ބަލާލެވިފައި ނެތީމައޭ މިހެން ދިމާވެފައި މި އޮތީ،" އާތިފާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބާ
24 April 2019
އިބޫ ކޮބާހޭ ފުލެޓް ހާދަ ސޮލޯއޭ ކަންތަށްދާލެއް.
ޝާކިރު
24 April 2019
ހައުސިން ޔުނިޓްތައް ފުންޏަކަށް ނުޖަހާ، ގޯތި ހަމަޖައްސާދީފަ ގޯތީގައި ގެ އަޅާދެއްވާށެވެ. ކޮންމެ އައިލާއެއްގެ ބޮޑަތިވަމުން އަންނަ ދަރިންނަށް ވިސްނަން ޖެހޭނެއެވެ. ގެއަކީ އައިލާއަށް ތަނަވަސްކަން ލިބޭމިންވަރަކުން އިތުރަށް ތަރައްޤީ ކުރެވޭގޮތަށް ހުންނަން ޖެހޭ އެއްޗެކެވެ. 27.88 މިލިޔަން ރުފިޔާއަށް ރަންގަޅު 60 ގެ އެޅޭނެއެވެ. ހުރިހާ ތަނެއް އެއްގޮތަކަށް ފުންޏަކަށް އަޅާކަށް ނުޖެހެއެވެ. އެއީ ވިޔަފާރިއަކަށް ހަދައިގެން ސަރުކާރުން ކުރާކަމަކަށް ވެގެން ނުވާނެއެވެ
ހާދާލު
24 April 2019
ހަނިމާދޫގަވެސް 2013 ވަނަ އަހަރު 100ގެ ފަށާފަ ބޮޑުބަޔެއް ނިމި ޔާމީން ސަރުކާރުން އެތަން ވަނީ ވީރާނާ ކޮންލާފަ.......އުއްމީދަކީ މި ސަރުކާރުން ވީހާވެސް އަވަހައް މި ގެތައް ނިންމުން.
ކަތީއްބެ
24 April 2019
ކުރެވިއްޖެއްޔާ ތިޔައީ ރަނގަޅުކަމެއް، ފުލެޓަށްވުރެ ރަނގަޅީ ރޯހައުސް އަޅައިދިނިއްޔާ، މިހެން މިބުނީ އެރައްޔިތުންވެސް ހިޖުރަކުރީ ރަށުގައި ހުރި ގޯތިގެދޮރު ދޫކޮށްލުމަށްފަހުގައިކަމުން، ކުޑަ ބިންކޮޅެއްނަމަވެސް އޮންނަކަހަލަ ގޮތަކަށް ލިބިޖެނަމަ ފައިދާވާނެތީ، ކޮންމެ މީހަކީ ފުލެޓްގައި އުޅޭހާ ތަނަވަސް މީހަކަށްނުވާނެ، ގޯތީގެ ކަނުގައި ހައްދާލެވޭ ތޮޅިމިރުސް ގަހަކުންވެސް ކުޑަ އާމްދަނީއެއް ލިބިދާނެ، ބިންކޮޅެއް އޮންނަގޮތަށް ހައުސިން ޔުނިޓެއް އަޅައިދިނުން މުހިންމު
ހިލްމީނޮޅިވަރަމް
24 April 2019
ޔާމީނައް ނޮޅިވަމްދާއިރާގެ މެންބަރު ސަނާކިޔައިގެން ކޮއްދިންކަމެއް ނޯންނާނެ ނަމަވެސް މިސަރުކާރައް ނޮޅިވަރަމު މަޖިލިސް ނުލިބުނަސް މިކަންކޮއްދޭނެ ގަމާރުކަން ދޫކޮއްލާ ދެންވެސް
ތުއްތަބެ
24 April 2019
އިބޫ ކޮބާހޭ ފުލެޓް ހާދަ ސޮލޯއޭ ކަންތަށްދާލެއް. ސުލޯކޮށް ވޯކުކުރާ މިނިސްޓަރުން ބަލާ ބޭރުކޮށްގެން ނަމަވެސް ބާރަށް ކުރިޔަށް ގެންދޭ.
ޑރ.ނަޒުނާ އަހުމަދު ހިތަދޫ/ޔޫކޭ
24 April 2019
ޓިޔައީ ކުރެވޭނެ ކަމެއްނޫން، ބަޖެޓު ފާސްކުރަނީ ރައްޔަތުންގެ %100 މީހުނަށް މަޖިލީސް ޗެމްބަރަށް ވަދެވޭނެ ޖާގަ ނޯންނާތީވެ ރައްޔަތުން އެޗެމްބަރަށް އައްޔަންކޮށްފައިވާ ބޭފުޅުން ގެ ފުރިހަމަ ހުއްދަ އާއި އެކު ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ނޫންގޮތަކަށް ދައުލަތުގެ ފައިސާ އެވަގުތަކު އޮންނަ ސަރުކާރަކަށް ޚަރަދެއްނުކުރެވޭނެ. މިއުޅެނީ ޑިޒާސްޓަރކުރިމަތިވެގެނެއްނޫން. ތިޔަ އުސޫލުގެ ތެރެއިން ހިންގާ ކޮންސުޓުރަކުޝަން ޕުރެޖެކުޓުތަކުގެ ތެރެއިން މިލިއަނުން ނަގާކަންއެނ
ލާނާ94
24 April 2019
މިދިޔަ ސަރުކާރުގައިވެސް ތިބޭފުޅާ ހުރީމެންނޫންތޯ ހައުސިންގ މިނިސްޓްރީގެ އިސް މަގާމެއްގައި، އެހެންވީމަ ތިބޭފުޅާގެ ނާގާބިލުކަން ދޯ މި އިނގެނީ
އަޙްމަދު ޒަކީ
24 April 2019
މިނިސްޓަރު ތިޔަ ހެއްދެވީ އިތުރުފުޅެއް. އެހެނީ މިއީ މި އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަމެއް. އެހެނީ ފިނޭންސް މިނިސްޓްރީއިން ޕަބްލިޝްކޮށްފައި 2019 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓްގެ 259 ވަނަ ސަފްހާގައި، P-HOU014-001 ހދ އަދި ހއ އަތޮޅުގައި ޢިމާރާތްކުރާ 396 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައި. އަދި މިމަޝްރޫޢު ހިންގޭ ތަނުގެ ގޮތުގައި ހދ. ހަނިމާދޫ، ހދ، ކުޅުދުއްފުށި، ހއ. ދިއްދޫ އަދި "ހދ. ނޮޅިވަރަންފަރު" ހިމަނާފައިވޭ. މާފުކުރާތި. ޝުކުރިއްޔާ.
އެއްކަލަ މީދާ
24 April 2019
ޖަބެޓް ކިޔާ ޗެކްކޮށްފަ މިބުނީ. ޒަކީ ތިބުނީ ހަމަ ތެދެއް. ކީއްވެތަ މިނިސްޓަރު ތިކަން ތިއީ އަމިއްލަ މަސައްކަތުން ކުރި ކަމެކޭ ކިޔާފަ ކްރެޑިޓް ހޯދަން ތި އުޅެނީ.
ބަހަނާ
24 April 2019
ކޮރަޕްޝަން ހިމެނޭ ގޮތަށް ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި ފްލެޓް ދޫކުރުމުގައި އިންސާފުވެރި ނިޒާމެއް ގާއިމްކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވަން ވެވަޑައިގަތް ވައުދެއ
އަހުމަދު އާސިމު
24 April 2019
ފުލެޓުގެ ވާހަކަ ނުދައްކައި ރަށައް ގޮސް ދޮންވެލި ފިނޮޅުތަކުގައި ގެސްޓުވެގެން އޮންނަން ރަށައްދޭ.. މިތަނުގައި ނެތް ކަލޭމެން އެއްމެނައް ފުލެޓު އަޅައިދެވޭކަށެއް. ޝުކުރިއްޔާ