ހުޅުލޭ އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރުން އޮފިސަރަކު ހިދުމަތް ދެނީ: އިމިގްރޭޝަންގެ ޔުނިފޯމް މިންގަނޑާ ހިލާފުވި މުވައްޒަފުން ވަކި ކުރަން ވަނީ ނޯޓިސް ދީފައި.--ފޮޓޯ: އިމިގްރޭޝަން
01 ސެޕްޓެމްބަރ 2016 - 15:44
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ޔުނިފޯމްގެ މިންގަނޑާ ހިލާފުވެފައިވާތީ އެ މީހުން ވަޒީފާއިން ވަކިކުރަން ނިންމައި ނޯޓިސް ދީފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ޔުނިފޯމް ގަވާއިދާ ހިލާފުވި މުވައްޒަފުން އަދި ވަކި ނުކުރާ ކަމަށެވެ. ނަމަވެސް އެހެން ވަޒީފާއަކަށް ބަދަލުވުމުގެ ފުރުސަތު ދީފައިވާ ކަމަށާއި އެ މުވައްޒަފުން އެދޭނަމަ، ސިވިލް ސާވިސްގެ އެހެން ވަޒީފާއަކަށް ބަދަލުވުމަށް އެހީތެރިވާނެ ކަމަށް ބަޔާނުގައިވެ އެވެ.
ނަމަވެސް އިމިގްރޭޝަނުން ވަކި ކުރަން ނިންމީ ކިތައް މުވައްޒަފުންނެއް ކަމެއް ބަޔާނުގައި ނެތެވެ.
އިސްތަށިގަނޑާއި ތުނބުޅި އާއި މަތިމަސް އަދި ފަޓުލޫނުގެ ފައިކުރި ޔުނިފޯމްގެ މިންގަނޑަށް ނުހުންނަ މުވައްޒަފުން ފާހަގަކޮށް، މިންގަނޑާ އެއްގޮތަށް ޔުނިފޯމް އަޅަން މުވައްޒަފުންނަށް ދިން މުހުލަތު މިއަދު ވަނީ ހަމަވެފަ އެވެ.
އިމިގްރޭޝަންގެ ޔުނިފޯމް އެޅުމުގެ ގަވާއިދު ބުނާ ގޮތުން ފިރިހެން މުވައްޒަފެއްގެ ތުނބުޅި ބަހައްޓަން ޖެހޭނީ ދެ ސެންޓިމީޓަރަށް ވުރެ ދިގުނުވާ ވަރަށެވެ. އަދި ބޯ ވެސް އެކަށީގެންވާ ވަރަށް ތުނި ކޮށްފައި ހުންނަން ޖެހޭއިރު، ފައިކުރި ކުރުކޮށްފައި ބެހެއްޓުމަކީ މަނާ ކަމެކެވެ.
އިމިގްރޭޝަނުން ބުނީ ގައުމީ ސަލާމަތާ ގުޅުން ހުރި، ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ގާނޫނީ ޒިންމާތަކެއް ހަވާލުކޮށްފައިވާ އިދާރާގެ މުވައްޒަފުން ކޯޑް އޮފް ކޮންޑަކްޓާ ޔުނިފޯމް މިންގަނޑަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެންޓް
02 September 2016
ތިޔަ ބުނާ ކޯޑް އޮފް އެތިކްސްއާ ޔުނިފޯމް މިންގަޑަކީ މަތިން ބާއްވާލެއްވި އެއްޗެއްތޯ އެވަރަކަށް ތުބުޅިއާ ފައިކުރިއާ އަޅައިގަނެގެން ތިއުޅެނީ.
މެންޓަލިސްޓް
02 September 2016
ތުބުނޅި ލުމަކީ ކޮންމެހެން އިސްލާދީނުގެ ކަމެށް ކަމަށް ބެލެވޭކަށްނެތެއްނޫންތޯ ؟ މިސާލަކަށް އެމެރިކާގެ މަޝްހޫރު ޒީޒީޓޮޕް ކިޔާބޭންޑްގެ އެންމެންހެން ތިބޭނީ މޭމައްޗާހަމަޔަށް ތުބުޅިލައިގެން ، ދެން އިންޑިޔާގެ ސިކުންވެސް ތިބޭނީ ތުބުޅިކައިގެން ، ދެން ޔަހޫދީންގެ ރާއްބާނީންވެސް ތިބޭނީ ތުބުޅިކައިގެން ، ދެން އިންޑިޔާގެ މަޝްހޫރު ހިންދީދީންގެ ފާދިރީންވެސް ، ބާބާރާމްދޭވް މެންވެސް ތިބޭނީ ބޮޑުތުބުޅިލައިގެން ،،، އެހެންވީމަ އިމިގްރޭޝަންގައި އަދި ބަޔަކު ތުބުޅިބަހައްޓައިގެން އުޅުނަކަސް އެއީކީ މައްސަލައެއްނޫން ،،،،..، ގާނޫންއާއި ގަވާއިދުތަކާޢި ދީނާ ޙިލާފްނުވާ ކަމެށް ނުކުރާހާހިނދަކު މުއައްޒަފުން ކަނޑާލައިގެން ނުވާނެ ،، އެމީޙުންނާ ދޭތެރޭގައި ނަސްލީއިމްތިޔާޒްގެންގުޅެގެންނުވާނެ ،، އިސްލާމް ދީނުގައިވެސް އެއުޅެނީ ނޫންތޯ ޝީއީނާނާއި ސުންނީންނާއި ސޫފީންނާޢި ގާދިޔާނީންނާޢި ގުރުއާނީންނާއި އެކުއެކުގައި ،،،، ވަރަށް ސަލާމް ،،
ދޮގެއްތަ؟
02 September 2016
ޑިމޮކްރަސީ އައި ފަހުން އަބަދުވެސް ތިބެން މިޖެހެނީ ވަޒީފާއާމެދު ސިހި ސިހި. ކޮންމެ ބަޔަކުވެސް ކޮންމެވެސް އެއްޗެކޭޭ ކިޔާފަ އެބައިމީހުންގެ ބާގައި މީހުން ނޫން މީހުންނަށް ދެނީ ދޯކާ. މިއޮތީ ވާ ކަމެއް. ޑިމޮކްރަސީއަށް އަޅުކަން ކުރާ މީހުންނަށް އައްސަރިބަހާއި ސާބަސް.
ބުރޯ
02 September 2016
ޓިޔަކަމަށް ވަރަށް ތާއީދު، ގައުމު މިދަނީ ނުބައި ދިމަަލަކަށް. ހައްދުފަހަނައަޅައި ދިއުމުފެ ކުރިން އިސްލާހުކުރަންޖެހޭ
މ
02 September 2016
ތުނބުޅި ހުންނަ އެންމެނަކީ ތިބުނާ ހައްދު ފަހަނަ އަޅާފައިވާ މީހުން ނެއްނޫން.. މީހާ މުސުކުޅިވަންދެން މިހިދުމަތުގައި ހުރީމަ ތުބުޅި ދިގޭ ކިޔާފަ ބޭޒާރު ކުރުމުގެ ހައްގެ އެކަކައްވެސް ނެތް..
އަލީ ރަފީޤް
01 September 2016
އަންހެނުން ބަރަހަނާކޮށް ތިއްބަސް އެއީ މިންގަޑު ގެ ތެރެތޯ.... ހެދުން ލައިފައި ފަތި ޖަހާފަ..ގަޔަށް ބާރުކަމުން ބަލައިލަން ނުކެރޭ...މިއީތޯ މިންގަޑަކީ... މިކަން އެކަނިތޯ މި ޤައުމުގަ ގަވާއިދރުން ނެއްޓިފަ އޮތީ...މަޖިލިސް އޮތޯ މިންގަޑުގަތޯ....
އެމްސް
01 September 2016
މުވައްޒަފުން ވެއްދިއިރު މިޤަވާޢިދު ނެތީބާ؟
ކަލޯބެ
01 September 2016
ބޭނުންވާ ވަކިބަޔަކަށް ވަޒީފާ ދޭންވެގެން ބަހަނާއެއް ދައްކާފަ ބަޔަކު ކަނޑާލަން ބޭނުންވީ. ސިވިލްސަރވިސް ކޮމިޝަން ކޮބާ؟ މިޤައުމުގަވެސް މިހާރު ފްރާންސްގައި ކުރާގޮތަށް ކަންކުރަން ނިންމީތަ؟ ބުރުގާނާޅަންވެސް އަންގަންވީނު.
ދޮންމޮހޮނު
01 September 2016
ޜަގަޅަށް ތިހެދީ. ޣަވައިދުން އުޅެން އިންކާރު ކުރާބަޔަކު ކީއްކުރަން ގެންގުޅެނީ
އަނީސް
01 September 2016
ދެރަ ހަބަރެއް، ތުބިޅިއެއްގެ މައްސަލައިގައި ހަރުކަށި އަދަބެއްދީ ވަޒީފައިން ވަކިކޮށްލުމުން ދެރަ ލިބޭނީ ހަމަ އެކަނި އެއްމެ މީހަކަން ނޫން، އެއީ އެބޭފުޅުންގެ އާއިލާ އަދި ދަރިންނަށްވެސް ދިން ނިކަމެތިކަމެއް،މިއަދު ތިވަކިކުރި މުވައްޒަފުންނަކީ އިމިގްރޭޝަންގައި އެންމެ ތެދުވެރި އަދި އިޙްލާސްތެރި މުވައްޒަފުން، ބައެއް މުވައްޒަފުން 14 އަހަރު 20 އަހަރު މަސައްކަތް ކޮށްފަައިވޭ، ނުހަނު ގިނަ ޚިދުމަތްތަކެއް އެކި ރޮގުން ކޮށްފައިވާކަން ފާހަގަ ކުރަން، ނަމަވެސް މިހާތަނަށް އެމީހުން ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަން ކޮށްފައިނުވާކަން ފާހަގަކޮށްލަން،
ރައްޔިތު އަހަންމަދު
01 September 2016
ކޯޓް ފަޓުލޫނުލައިގެން ބޯބާލައިގެން ތިބޭ މީހުން ވައްކަންކޮށް ދައުލަތުގެ ޕެންޝަން ފަންޑު ފޫވައްޓާލައި ޚަޒާނާ ހުރިތަނުގައި ވަޅުގަނޑެއްވެސް ދެން ނުހުންނަވަރަށް ވައްކަންކުރީމާ އޯކޭދޯ ތިބުނަނީ.