ބޮމުގެ ހަމަލައާ ގުޅިގެން ފުލުހުން ގެއެއް ފާސްކުރަނީ
27 އެޕްރީލް 2019 - 15:06
ސްރީ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ހަ ދިވެހިންގެ ތެރެއިން ދެ މީހެއްގެ ބަންދަށް 13 ދުވަސް މިއަދު ކޯޓުން އިތުރުކޮށްދީފި އެވެ.
އެނގިފައިވާ ގޮތުގައި، ބަންދުގެ މުއްދަތުގެ އިތުރުކުރީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ފޮތެއް ގެއެއްގެ ތެރެއިން ފެނުނު މައްސަލައެއްގައި ހައްޔަރުކޮށްފައި ތިބި ދެ މީހުންގެ އެވެ. އެ ދެ މީހުން ހައްޔަރުކުރީ މާލެ އިން ޑޮކްޓަރަށް ދެއްކުމަށް ލަންކާ އަށް ދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.
އެ ދެ މީހުންގެ އިތުރުން ވެސް ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ. އެ މީހުން ހައްޔަރުކުރީ ދިރިއުޅޭ ގެއިން އެއާ ގަންއަކާއި މަސްތުވާތަކެތި ފެނިގެންނެވެ.
އެނގިފައިވާ ގޮތުގައި ސްރީ ލަންކާގައި ބޮން ގޮއްވާލައި ދިން ހަމަލާތަކާ އެ މީހުންނާ ގުޅުން ހުރި ކަމަށް ތުހުމަތެއް ނުކުރެ އެވެ.
ލަންކާގައި އާދިއްތަ ދުވަހު ބަޔަކު ދިން ބޮމުގެ ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު ސަލާމަތީ ބާރުތަކުން އަންނަނީ ގެތައް ފާސް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. އޭގެތެރޭގައި ދިވެހިން އުޅޭ ގެތައް ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސީނާ
28 April 2019
ކުށް ސާބިތު ވެއްޖެނަމަ އެކުށަށް ލަންކާ ޤާނޫނުގައި އޮތް އެންމެ ބޮޑު އަދަބެއް ދޭންޖެހޭނެ. ލަންކާ މީހެއް، އިންޑިއާ މީހެއް، ދިވެއްސެއް، ބަންގާޅީއެއް ބަލާނެ ކަމެއްނެތް
އަބްދުއްالله
28 April 2019
ހޫނ. އިސްލާމިކް ޓެރަރިސްޓުން ދޯ؟
ފފފފފ
28 April 2019
ދިވެހި ސަރުކާރަށް ނުވި ކަންތައް ލަންކާ ސަރުކާރުން ކުރަނީ ދޯ! ސާބަހޭ. މިފަހަރު ރަގަޅަށް ކޮށްލާތި. މިކޮޅަށް ފޮނުވާނެކަމެއްނެތް. ފޮނުވާއިރާށް ކޮންމެވެސް އަފޫ އާންމެއްގައި އެޅިގެން ކުދި ޅަދަރިން ހަލާކު ކުރަން ދުވާނީ!
އަޔަން މޭން
27 April 2019
ރަގަޅު އައިއެސް އާ ގުޅޭ ފޮތް ގެންގުޅޭ މީހުންވެސް ހައްޔަރުކުރޭ، ހުރިހާ ކަމެއްވެސް ފެށެނީ އެނުބައި ފިކުރުން. ހަމަހުރެފަ އެކަކުވެސް ބޮންގޮއްވާކަށް ޖާނުންފިދާވާކަށް ނުދާނެ.
ޟިނާ
27 April 2019
ފޮތެއް ކިޔަސް ބަންދު ކުރާކައް ނުޖެހޭނެ
ވޮންޑާރ ވުމަން
27 April 2019
ހެޔޮކޮށް ކަލޯ ތިބުނީ. ޑރ ދައްކަންދާއިރު އައިސިސް އާއި ގުޅުންހުރި ފޮތްގެންދަނީވެސް ކޮންކަމަކުދޯ؟ މަމެން ބަލަނީ ބޭސް ސިޓީއެއް އޮތިއްޔާ އެޔެއްގެންދެވޭތޯ. ވާހަކައަކީ ޑޮކްޓަރީ ފައިލް!