ރައްޔިތުންގެ މަޖިލިހުން މިއަދު ބޭއްވި މާހެފުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަތުމުން މަޖިލިހުގެ ރައީސް ގާސިމާއި ނައިބު ރައީސް މޫސާ މަނިކު މަރުހަބާ ދަންނަވަނީ.---ފޮޓޯ: މަޖިލިސް
29 އެޕްރީލް 2019 - 16:16
އަންނަ މަހުގެ 28 ގައި ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް މާޒީން އިބުރަތް ހާސިލްކޮށް، ކުރިއަށް ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހީމް މިއަދު އެދިވަޑައިގެންފި އެވެ.
މިހާރު ހިނގަމުން އަންނަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން ގާސިމް ވިދާޅުވީ، ކޮންމެ ތަނެއްގައި ވެސް ރަނގަޅު ކުރަންޖެހޭނެ ކަންކަން ހުންނާނެ ކަމަށާއި އެއީ ފަހުން ބަދަލު ހިފަންޖެހޭ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ، ބިނާކުރުމުގެ އުސޫލަކަށް ވާނީ ހުތުރު ބަސްތައް ނުބުނު ކުރިމަގު ރަނގަޅު ކުރުން ކަމަށެވެ.
"ނަވާރަ ރައްޔިތުންގެ މަޖިލިހަށް ހޮވިވަޑައިގެންނެވި އިއްޒަތްތެރި މެމްބަރުން ވެގެންދާނީ ހަމަ ގައިމު ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމަށް ފައިދާ ހުރި، ގިނަގުނަ ޚިދުމަތްތަކެއް ކޮށްދޭނެ އިންސާފުވެރިކަމާ އެކީގައި ވަކި ފަރާތަކަށް ނުޖެހި ގައުމުގެ މަސްލަހަތާއި އަމާންކަން ދަމަހައްޓައި، ގާނޫނުއަސާސީ އަށް ބޯލަނބައިގެން އިހުލާސްތެރިކަމާއި ކިޔަމަންތެރިކަމާ އެކީގައި ރައްޔިތުންގެ ފައިދާ އަށް މަސައްކަތް ކޮށްދެއްވާނެ [ބޭފުޅުންނަށް]. އަދި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓައި ދަމަހައްޓައިދޭނެ ބޭފުޅުންތަކަށް ވެގެންދާނެ،" މިދިޔަ އަހަރުގެ ނޮވެމްބަރު 1 ން ފެށިގެން 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.
މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތު ގާސިމް ބަލަަހައްޓަވަނީ.---ފޮޓޯ: މަޖިލިސް
އެމަނިކުފާނު ވަނީ މިދިޔަ ހަ މަސް ދުވަހު މަޖިލިހުގެ ތެރެއިން އެއްބާރުލުން ދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. ޚާއްސަކޮށް، މަޖިލިހުގެ ރައީސްގެ މަގާމަށް ގާސިމް ގެންނެވުމަށް އެހީތެރިވެދެއްވި ކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް ގާސިމް އިންތިޚާބުކުރީ، ކުރިން އެ މަގާމު ފުރުއްވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހް މުހައްމަދު އިސްތިއުފާ ދެއްވުމުންނެވެ. މަސީހް އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާފައި ވަނިކޮށެވެ.
މަޖިލީހުގެ ރައީސަކަށް ގާސިމް އިންތިޚާބުކުރީ 62 މެމްބަރުންގެ ވޯޓާ އެކު އެވެ. އެމަނިކުފާނާ ވާދަކުރެއްވީ ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އެވެ. އޭނާ އަށް ލިބިވަޑައިގަތީ 16 ވޯޓެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބޮޑު ތާއީދަކާ އެކު، މަޖިލިހުގެ ރައީސްކަމަށް ގާސިމް ވަޑައިގަތަސް، ކޯލިޝަންގެ ތެރޭގައި އުފެދުނު ކޯޅުމުގެ ނަތީޖާ އަކީ އެ ޕާޓީގެ ގިނަ ބައެއްގެ ނުރުހުން އެމަނިކުފާނަށް މިހާރު އަމާޒު ވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާންމު
30 April 2019
ކުރި ކުށް ވަޅުލާ ދޫކޮށްލުމަކީ ތޯއިންސާފަކީ. ކުށެއްކުރިމީހާ ޝަރީޔަތަށްހާޒިރުކުރުމަކީ ބަދަލުހިފުންތޯ؟؟؟؟؟ އެހެން މީހުނަށް ކުރާ ދައުވާވެސް ހުއްޓުވާ. ޢެވެސް ބަދަލުހިފުން. ޢެންމެ ރިވެތި ގޮތަކީ ކޯޓްތައް ބަންދުކޮށްފަ މާފު ކުރާ ރައީސަކު ބަހައްޓާ...
ޭއީކިއު
29 April 2019
އާ މަޖިލިހުން ގާސިމަށް ނަސޭހަތް، މާޒީން އިބުރަތް ހޯއްދަވާ!
ކިނބޫ
29 April 2019
ގާސިމް ކީއްވެބާ މާޒީން އިބްރަތް ނުހޯދަނީ؟ ލާދީނީ ބަޔަކަށް ގައުމު ދީގެން މައުމޫނާ ދެމީހުން ތާހިރެއް ނޫން ވާހަކަ ދައްކާކަށް.
އަހުމަދު ވަހީދު
29 April 2019
ވެރިޔަކައް ހުންނަ މީހަކު މަގުން ކައްސާލައިގެން ދާންފެށީމަ އެމީހަކު ހަމަ މަގައް އަޅުވަން ކުރަންޖެހޭ މަސައްކަތައް ބަޢާވާތޭ ކިޔަންޏާ އަބަދުވެސް އޮތީ ބަޢާވާތް އެނމެން އަގއިގަ ޓޭޕް އަޅއަގެން ތިބެންވީ ވަރައް ސަލމް
އަލިބެއްޔާ!
30 April 2019
ދިވެހި ސިފައިންގެ ގާނޫނުގައި ރައްޔަތުންގެ ވޯޓުން ހޮވާފައިހުރި ވެރިޔާ ދުރުކުރަން މަސައްކަތްކުރުމަކީ ބަގާވާތް. ނަޝީދު ވެރިކަމުން ދުރުކުރުމުގައި ސިފައިން ފުލުހުންނާ ބައިވެރިވި. އެއީ ބަގާވާތް ކުރުން. އަދިއެކަމުގެ ސަބަބުން ނަޝީދަށާއި އާއިލާއަށް ލިބެންވާ ސޭފްޓީ އޮތީ ކޮމްޕްރޮމައިޒްވެފައި. މިފަދަ މަޖުބޫރީ ހާލަތެއްގައި ނަޝީދު އިސްތިއުފާދިނީ. ދެން މިކަމުގައި އުޅުނު މީހުންނަށް ބޮޑެތި ވަޒީފާ ދިނީ. ނާޒިމާ އަބްދުﷲ ރިޔާޒަށް.
ނުޝް
29 April 2019
އިންކަމް ޓެކްސް ނަގަނީ އެއްވެސް މީހަކު ސައިޒު ކުރަން ނޫން ކަމުގައި ދަންނަވަން
ދަތްނެތްކުއްޖާ
29 April 2019
މަނިކުފާނެވެ. މަނިކުފާނަކީ މިހާރު ސިޔާސީ މައިދާނަށް ކުފޫ ހަމަވާ ބޭފުލެއް ނޫންކަން ނިމިދިޔަ އިންތިޙާބުން ރައްޔިތުން ސާބިތު ކޮއްދީފިއެވެ. މިހާރު އުމުރު ފުޅުން 80 އަށް ގާތައް އަރަނީއެވެ. މިހެންކަމުން މި އުމުރު ފުރައިގެ މީހުންގެ ޙިޔާލާއި ފިކުރު ގިނަ ފަހަރު ހުންނާނީ ކުޑަކުދިންގެ އުމުރުގެ ޙިޔާލާއި ފިކުރު ކަމަށް ދިރާސާ ކުރާ ސައިންޓިސްޓުން ބުނެއެވެ. މިހެންކަމުން މަނިކުފާނަށް އަތުން ފައިން ގޯހެއް ހެދުމުގެ ކުރީގައި ބުއްދިވެރި ގޮތަކީ އިސްތިއުފާ ދިނުމެވެ.
ކަންއޮތްގޮތް
29 April 2019
18ވަނަ ރައްޔިތުންގެމަޖިލީސްވަރުގެ ދަށުދަރަޖައިގެ މަޖިލީހެއް މިރާއްޖޭގެ ތާރީޚެއް ނުދެކޭނެކަމާއިމެދު ޝައްކެއްނެތެވެ. މަޖިލީހުގެ އަޣުލަބިއްޔަތަށް ރައްޔިތުން ނޫނެކޭބުނާނީ ކަންތައްތަކެއް ފެނިގެންތާއެވެ. 19ވަނަ މަޖިލީސް ތިވިދާޅުވާގޮތަށް ވިކިއްޖެނަމަ، ދުވަސްދިޔައީ! 18ވަނަ މަޖިލީހާއި ދިގު30އަހަރުގެ ވެރިކަމުގެމަޖިލީސްތަކުން ކަންތައްކުރިގޮތަށް ކަންތައްކޮށްފިނަމަ، ޖެހޭނީ ގަތްވަޅަށް. ނަމަނަމަ ތިނަސޭހަތް ނާހާތި!
ނެޑް
29 April 2019
ގާސިމަކީ ގޯލްޑްފިޝްއެއް. އޭނާ މާޒީގެ ވާހަކަ ނުދެއްކިއްޔާމުން ރަގަޅުވާނީ.
ރަށުމީހާ
29 April 2019
ތި, ގާސިމަކައް ދެވޭނެ ނަސޭހަތެއް ނޯން ނާނެ ވަރަށް ސަލާން.
އަޙުމަދު.
29 April 2019
ސޭޓް ތިޔަދެއްވި ނަސޭހަތުގެ މާނައަކީ އަދިވެސް ބަޣާވާތް ކުރަން ޕޮލިސް ޙެޑްކުއާޓަރަށް ވަންނާނަމޭ ތޯއެވެ. ؟ މިހެން މިބުނީ ސޭޓްގެ ޤައުމީ މަސައްކަތަކީ ކޮންމެ ސަރުކާރެއްވެސް ގެންނަން މަސައްކަތް ކުރުމަށް ފަހު، ހަމަ އެސަރުކާރެއް ވައްޓާލުމުގެ މަސައްކަތް ކުރުން މީ މާޒީގައި ކަން ހިނގާދިޔަގޮތެވެ. މިހެން މިވަނީ ސޭޓް ހިތުގަ އޮންނަ ވަރަށް ފަޅުރައްތަކާ ގިރިތަކާ ބިންތަށް ނުލިބޭތީ ތޯއެވެ.؟ ނޫންނަމަ ސޭތަކީ އެނބުރޭ ވަހުތާނެއްފަދަ މީހަކަށް ވާތީ ތޯއެވެ ؟