އިސްލާމީ މަރުކަޒުގައި ދެ މީހަކު މޮބައިލް ފޯނުގެ އެހީގައި ގުރުއާން ކިޔަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
08 މެއި 2019 - 15:28
ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަލުން ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ނަން އިނގިރޭސި ބަހުން ބޭނުންކުރަން ހަމަޖައްސާފައިވަނީ "ނޭޝަނަލް ސެންޓާ ފޯ ދަ ހޮލީ ގުރުއާން" ކަމަށެވެ.
އެ މަރުކަޒަށް އިނގިރޭސި ބަހުން ކުރިން ކިޔަނީ "ސެންޓާ ފޯ ދަ ހޮލީ ގުރުއާން" އެވެ. އެކަމަކު ދިވެހި ބަހަށް އިސްކަން ދިނުމުގެ ގޮތުން އިނގިރޭސި ބަހުން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ފިޔަވައި އާއްމުކޮށް ކިޔަވަނީ ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ނަމެވެ.
ގުރުއާން ހިފްޒުކުރުމާއި ގުރުއާނާބެހޭ ކޯސްތަކުގެ އިތުރުން އިމާމްކަމުގެ ކޯސްތައް ހިންގަމުން އަންނަނީ ގުރުއާނާބެހޭ ގައުމީ މަރުކަޒުންނެވެ. އެތަން ހުޅުވީ 2000 ވަނަ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏިޒާމް
09 May 2019
ތިތާ ކައުންޓަރުގައި ތިބެނީ ޕެންޓިޔަމް 1 ގެބައެއް. ވަރައް ސުލޯ ވާނެ
މިހާދު
09 May 2019
ތިވެސް ގަރާރަކުން ކުރަންޖެހޭ ކަމެއްތަ؟ ދެން އަރަބި ބަހުން ނަންކިޔާނެ ގޮތްވެސް ޖެހޭނެދޯ ގަރާރަކުން މާދަމާ އިއުލާނުކުރަން. މިއޮތީވާ ގައުމެއް!
ޖުލައި
09 May 2019
ކޮބާ ދިވެހިބަހަށް އިސްކަންދިނުން
އަހްމަދު
09 May 2019
މިވެސް ދެންކަމެއްކޮށްލެވުނީތާ؟ އެނަމުން އެތަނަށް ނޫނީ ކިޔަވާކުދިންނަށް އަންނާނީ ކޮން ބަދަލެއް؟
އައްޝައިޚް ފޯއްމުލައް ޝާފިއު
09 May 2019
ނަން ބަދަލު ކުރިއަކަސް ނުވާނެ. ކުރިން ރަށްރަށުގައި ވެސް ގޮފިތައް ހިންގި. ކުރިން އެތަނުން ޖާގަ ވެސް ލިބެނީ ވަރަށް ބޮޑަށް ސްކްރީން ކޮށްގެން. އެވަރުން ވެސް ފުރިފައި އޮންނަނީ... މިހާރު ކުލާހެއްގައި 6 ކުދިން ވެސް ހަމަނުވޭ. ރަށްރަށު ހިންގި ގޮފިތައް ބަންދު ކޮށްފި. އިސްލާމިކް މިނިސްޓްރީން ކީއްތަ މިކުރަނީ.
ކިނބޫ
09 May 2019
އިނގިރޭސި ބަހުން "ސެންޓާ ފޯ ދަ ހޮލީ ގުރުއާން" އޭ ކިޔަނީ ކުރިން އެތަނަށް "ކީރިތި ގުރުއާނާބެހޭ މަރުކަޒު" އޭ ކިޔާތީ. "ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒު" މިގޮތަށް ނަން ބަދަލު ކުރި ފަހުން އިނގިރޭސިން އެތަނުގެ ނަމަކަށް ބޭނުން ކުރަނީ "ނޭޝަނަލް ސެންޓާ ފޯ ދަ ހޮލީ ގުރުއާން" މިގޮތަށް. އެއީ ކަނޑައެޅި ނަމަކަށްވެ ބޮޑު ޚަބަރަކަށް ވާލަށް ނުޖެހޭ. ކުރާނޭކަ ހަމަ އެއްވެސް ކަމެއް ނެތީބާ! ސަނހަރޯ!
އިހުސާން
08 May 2019
ގުރުއާނުގެ ތަރުޖަމާ އޮތްގޮތަށް ކުރޭ.
ނެޑް
08 May 2019
ދިވެހި ނަން ފުރަތަމަ ބަދަލުކުރަންވީ. ކީއްކުރަން ބެހެނީ؟
ޒުލޭހާ
08 May 2019
ކޮބާހޭ ފުލެޓު ކޮމިޓީ.. 6 މަސްވަނީ މުސާރައެގޮތަށް ނަގާތާ... ކުޑަމިނުން ލިބޭ މުސާރަ ރައްޔިތުންނަށް އެނގެން ޖެހޭ.. ވީކަމެއް ނެތް.. 6 މަސްވަނީ މުސާރައެގޮތަށް ނަގާތާ...
ހިގޮ
08 May 2019
އަހަރެމެން ކިތަންމެ ދެރަވިޔަސް އަހަރެން ދެކޭ ގޮތުގަ ކުދި ގައުމު ތަކު ގެ އަދިވަކިން ޚާއްސަ ކޮށް އަހަރެމެންކަހަލަ މަދުބައެއްގެ ބަސް އުވޭނެ މުސްތަގުބަލުގަ... ކިހިނެއް ތޯދުނިޔެ އަށް ނެރޭ ކޮންމެ އެއްޗަކަށް އަހަރެމެން ނަން ދޭނީ. އެއީ ބޮޑު ޗެލެންޖެއް..އަދިނަމެއްދިނަސް އެޔެއް ނުކިޔާ ދިވެހިންނެއް..
ޔޫކޭ ކުޑަ ގައުމެއް
09 May 2019
ޔޫކޭ އަކީ ކުޑަ ގައުމެއް، އެގައުމުގެ ބަސްވެސް އުވޭނެ، އަހރެމެންގެ އެއްޗެއް އަހަރެމެން ދުލެއް ނުކުރާނަން. ތިބާއަށް މިގައުމު ކުޑައިއްޔާ އެހެން ގައުމަކަށް ހިޖްރަކުރައްވާ. މިލިއަނަކަށްވުރެ ގިނަމީހުން ކޮންމެ އަހަރަކު ހަނީމޫނަށް މިގައުމަށް އަންނަނީ ކޮންމެވެސް ކަމެއްވީމާ