ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.
11 މެއި 2019 - 21:13
ދީނީ ގޮތުން ނުވަތަ އެނޫން ގޮތަކުން ވެސް ހައްދުފަހަނަޅައި ދިއުމަކީ ކަންބޮޑުވުމެއް ކަމަށާއި އެފަދަ ކަމަކުން ކުރިމަތިވެދާނެ ނުރައްކަލަކާ ކުރިމަތި ލުމަށް ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ގާބިލުކަން އިތުރުކުރަން ރާއްޖޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ ރާއްޖޭގެ ހަތިޔާރު އެޅި ފައުޖުތަކާއި ސަލާމަތީ އެެހެން އެޖެންސީތައް އޮޕަރޭޝަނަލް ލެވެލްގައި ތައްޔާރަށް ތިބޭ މިންވަރު އިތުރު ކުރުމަށާއި ނުރައްކަލާ ކުރިމަތިލުމުގައި ގާބިލްކަން އިތުރު ކުރަން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި ހައްދު ފަހަނަޅައިދާ މީހުންގެ ވިސްނުން ބަދަލުކޮށް މުޖުތަމަ އަށް އަނބުރާ ގެންނަން ހިންގާނެ ޕްރޮގްރާމެއް ސަރުކާރުން މިހާރު ފަރުމާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވެފައިވާ ގޮތުގައި ހައްދު ފަހަނައެޅުން ހުއްޓުވުމަށް ރާއްޖޭން މަސައްކަތް ކުރަނީ މުޅި މުޖުތަމައު ޝާމިލް ވެގެން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ.
"މިގޮތުގައި ހިމެނެނީ މުއައްސަސާތަކުގެ ފެންވަރުގައި ގާބިލްކަން އިތުރުކުރުމާއި ނުރައްކަލަށް ހުށަހެޅިފައިވާ މުޖުތަމައު ބާރުވެރި ކުރުވުން،" މާރިޔާއާ ހަވާލާދީ ދަ ހިންދޫން ބުނެފައިވެ އެވެ.
ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިފައި ވަނީ ރާއްޖޭގެ ކިތައް މީހުންތޯ ނޫހުން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވެފައި ވަނީ ބޭރުގެ ހަނގުރާމަތަކަށް ދާ މީހުން ބޭރަށް ދަނީ އެކުވެރި ގައުމަކަށް ދިއުމުގެ ނަމުގައި ކަމަށާއި އެހެންވީމާ ސީދާ އަދަދު ދެނެގަތުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
"ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ) އަށް އަދަދުތައް ލިބެނީ ދަންނަ މީހަކު ބޭރުގެ ހަނގުރާމައެއްގައި ބައިވެރިވާން ދިޔަކަން ތިމާގެ މީހަކު އެންގުމުން،" މާރިޔާ ވިދާޅުވި އެވެ.
އެންސީޓީސީން އެންމެ ފަހުން ބުނެފައި ވަނީ ބޭރުގެ ހަނގުރާމަތަކަށް ރާއްޖޭގެ 69 މީހަކު ގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ދިޔައީ އަނބި ދަރިންނާ އެކުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލި
12 May 2019
މި ސަރުކާރުގެ މީހުން އިންޓަވިއު ވެސް ދެއިރު ދެ ދަޅައަށް މި ދެވެނީ އިންޑިއާ ނޫހަކަށް.
ޙިނި
12 May 2019
ޢަނެއްކާވެސް ބުނެލަން އޮތީ ކޮބާހޭ ސީރިޔާ ހަންގުރާމަ އައް ދިވެހި ޖިހާދީން ވިއްކި ގުރޫޕު، އަދިވެސް ހަމަ ހޯދަނީތޯ
ނެގުނުކަތީބު
12 May 2019
އެކަން އެބަ ވަރަށް ރަނގަޅަށް ކުރޭ! މިބުނީ އިންޑިޔާ ސިފައިންނާއި ޢަދަދު ނުކުރެވޭވަރަށް ޖެޓްތަކާއި ގެނެސްގެން. ނުވިތާކަށް އެމީހުންގެ ޖާސޫސޫންގެނެސްގެންވެސް ކުރާތި.
ޝަފީގާ
12 May 2019
މާރިޔާ އަށް. އެއަރޕޯޜޓަށް އަންނަ ތުބުނޅި ލީ ބޭރުމީހުން ނާއި ދޭތެރޭ ވަރަށް ބޮޑަށް ބަލާ އެމީހުންގެ ސީއައިޑީ ނަގާ ފޯނު އަޑުއަހަން ޖެހިއްޖެ. ލަންކާ ގައި ބޮން ގޮއްވި އެންމެނަކީ ވެސް ތުނބުޅި ލީ މީހުން. ކަޅު ހެދުން ލީ އަންހެނުން ގެ ވެސް ފޯން އަޑުއަހަން ޖެހޭ. މިމީސްމީހުންގެ ވައިބަރ އާއި ވަޓްސްއަޕް ނަންބަރ ލިޔަން ޖެހޭ ކޮލަމެއް ހަދާ ސައިބަރ ސީއައިޑީ އިން ސީރިއަސް ކޮށް ބަލަންޖެހޭ.
12 May 2019
މިގައުމުގަ ފޭރޭ މީހުން ، ރޯމާ ދުވާލު ވައްކަން ކުރާ މީހުން، ގޭންގުތަކުން ރަސްކަން ކުރަނީ.... ވަރަށް ދެރަވަރު ކަމެއް.
ވަތަން އިސްކުރަންޖެހޭ
12 May 2019
އިންޑިޔާ ސިފައިން ބާލާ. ދިވެހިންގެ އަމިލްލަވަންތަކަން ގެލްލެނީ.
މަންޑޭލާ
12 May 2019
މިސަރުކާރުން ގެންދަނީ މުސްލިމުންގެ އަގުވައްޑާލަމުން. ވަރައްދެރަ.
ޝޮކްތެރަޕީ
12 May 2019
މާރިޔާމެންގެ ލަދު ކޮބާ މިރާއްޖެ އިންޑިޔާއަ ހިބަކޮއްދީގެން ކޮންވާހަކޭ ތިދައްކަނީ.
ކެޕުޓަން ޖޯން./ އެއާރފޯސް
12 May 2019
އަވަށް ޓެެރި އެއްވެސް ގައުމެއްގައި ސުޓޭޝަން ކޮށްގެން ބޭރުގެ އެއްވެސް ބާރެއްނެތް، ކަންމިހެން ހުރުމުން ރާއްޖޭގެ ގުރުއާން މުދައިރިކަށް ޑިފެންސް މިނިސްޓަރކަން ނަޝީދުގެ ނުފޫޒުންނާއި ސޭޓުމެން 2012 ގައި ވެރިކަން ވައްޓައިލުމަށް އެއިރުގެ ޑިފެންސު މިނިސްޓަރ އަދި ޗީފު އޮފޮ ސުޓާރފުއަށް ސުޕާރީދީގެން ވެރިކަން ވެއްޓުމުން މިފަހަރު ރަނގަޅަށްވެސް އިތުބާރުކުރެވޭ ގުރުއާން މުދައްރިސަކާއި މިއޮތީ ހަވާލުކުރެވިފައި، ވީމާ ކަންތައްތަކަށް ފާރުވެރިވެ ތިބުމަކީ ރަނގަޅުކަމެއް
ޖަމަލު
11 May 2019
ކަމަނާއަޅެ ޓެރަރިޒަމްގެ މާނަ ތިލަކޮއްދީބަލަ. އެހެން މިބުނީ މިގައުމުގަ ފޭރޭ މީހުން ރޯމާ ދުވާލު، ވައްކަން ކުރާ ވަރުވެސް ނޭނގެ، މަގެއް މައްޗަށް ނުކުންނަން ޖެހެނީ ފުރާނަ އަތް މައްޗައްލައިގެން، ގޭންގުތަކުން މިތާ ރަސްކަން ކުރަނީ. ކިތައް ދިވެހި ދަރިންގެ ލޭ ކަމަކާ ނުލާ މިހާރު އޮހެރައިފި.
އިސްލާމްދީނުގެ މަޞްދަރު
11 May 2019
އެކަމަނާއަކަށް ޓެރަރިޒަމްގެ މާނަ ތިލަކޮށެއް ނުދެވޭނެ. އިސްލާމްދީނުގެ މަޞްދަރުތައް ކަމަށްވާ ޤުރުއާނާއި ސުންނަތާއި އިޖްމާޢު ޤިޔާސްގެ ބަދަލުގައި އައިސިސް އިން ހިންގާ ޓެރަރިސްޓު ހަމަލާތައް އެއީ އިސްލާމްދީނުގެ މަޞްދަރު ކަމުގައި ދުށުމަކީ ހާދަހާވާ ހިތާމަހުރިކަމެކެވެ. އައިސިސް. އިން ކުރާ އެއްވެސް ސުވާލަކަށް ޖަވާބުނުދެވިއްޖެނަމަ އެމީހުން ބަލަނީ ދީނުން ބޭރުވެފައިވާ ބަޔެއްކަމަށް.
ހިގޮ
11 May 2019
އަސްލު ދީނީ ގޮތުން ނެއްނޫން ހައްދު ފަހަނަޅަނީ...އެމީހެއްގެ ނަފްސުގެ ނުބައިކަމުން ހައްދު ފަހަނަޅަނީ އެއީ ދީނާ ގުޅުން ހުރިކަމެއްނޫން..ﷲ އާއި އެކަލާގެ ރަސޫލާގެ އެންގެވިގޮތާ ޚިލާފަށް ދީނަށް ނޫޅެވޭނެ..ޖިހާދޭ ކިޔަސް ކުށެއް ނެއް މީހުން މެރުމަކީ ޖިހާދެއް ނޫން..މުސްލިމުންގެ ސަފުތަކުގަ މުނާފިގުން އުޅުނު ރަސޫލާގެ ޒަމާނުގަވެސް އެކަން އަހަރެމެން ދަންނަން ޖެހޭނެ..ދުއާ އަކީ ތިމަސައްކަތުގަ ބަރަކާތް ލެއްވުން