ޕީއެންސީގެ ބައެއް އިސް ވެރިން އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެ ވަޑައިގަންނަވަނީ-- މިހާރު ފޮޓޯ
12 މެއި 2019 - 20:19
މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ގިނަ ބަޔަކަށް ވަޒީފާގެ ބިރު ދައްކަމުން ދާ ކަމަށާއި މި ރޯދަ މަހު އެކަނި ވެސް އެތައް ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް، އިދިކޮޅު ޕާޓީ ޕީއެންސީން މިއަދު ބުނެފި އެވެ.
އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، "އެއްވެސް ހަމައެއް އުސޫލެއް ނެތި" ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކޮށް، ބައެއް މީހުން މަސައްކަތް ކުރާ ތަން ބަދަލުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން، ވަކި ފިކުރަކަށް ތާއީދު ކުރާ މީހުން، ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދައްކަމުންދާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ޕީއެންސީން ބުނިގޮތުގައި މި ރޯދަ މަހު ވަޒީފާއިން ވަކި ކުރި މީހުންގެ ތެރޭގައި އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހިމެނެ އެވެ. މިހާތަނަށް ވަޒީފާ އިން ވަކިކޮށްފައިވާ އަދަދެއް ޕީއެންސީގެ ނޫސް ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.
"ވަޒީފާ އަދާ ކުރާ ކޮންމެ މީހަކީ ވެސް އާއިލީ ޒިންމާތައް އުފުލަމުންދާ މީހަކަށް ވީހިނދު، އެތައް ބަޔަކު ވަޒީފާއިން ވަކިކޮށް ނިކަމެތި ކޮށްލުމަކީ އެ އާއިލާތަކަށް އޭގެ ވޭން އުފުލަން ޖެހޭނެ ކަމެކެވެ... ސަރުކާރުގެ މި ލާއިންސާނީ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." ނޫސް ބަޔާނުގައި ބުންޏެވެ.
ޕީއެންސީން ބުނީ މި ސަރުކާރުން ވެރިކަމަށް އައީ ކޮންމެ ޕާޓީއެއްގެ ކޮންމެ ފިކުރެއްގެ މީހަކަށް ވެސް ވަޒީފާގެ ބިރެއް ނެތި މަސައްކަތް ކުރެވޭނެކަމުގެ ވައުދާ އެކުގައި ކަމަށެވެ. އެހެންވެ، އެ ވައުދުގެ މަތީގައި އަމަލުތައް ބެހެއްޓުމަށް ރައީސް ސޯލިހަށް ގޮވާލާ ކަމަށް އެ ޕާޓީން ބުންޏެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެތައް ބަޔަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ބުނެ އޭރުގެ އިދިކޮޅު ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ މަސައްކަތުގައި ގެންގުޅޭ ކަމަށް ބުނެ ގިނަ ބަޔަކު އޭރު ޝަކުވާ ކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
13 May 2019
ވަޒީފައިން ވަކިކުރަނީ ސިޔާސީ ގޮތުން އަދުރޭމެން ވެއްދި ބަޔަކު، ސިޔާސީ ވަޒީފައި ތަކަކީ 5 އަހަރު ގެ ޓާމް ވަޒީފައި ތަކެއް، އެގޮތުން ފެނަކަ އެމްޕީއެލް، އެޗްޑީސީ ސިޔާސީ ވަޒީފައި ތަކަކަށް ހެދީ ހަމަ އަދުރޭމެން. ދެން ހަޅޭން ލަވާނެ ކަމެއްްނެތް، މިސަރުކާރުގެ ސިޔާސީ ކުދިންނަށްވެސް ވަޒީފައި ދޭންޖެހޭނެދޯ، އަދި ދެން އަންނަ ސަރުކާރުންވެސް ތިކަންކަން ދާނީ ހަމަ ތިހެން.
ހުތްކިބަ
13 May 2019
ކަލޭމެންގެ ވެރިކަމުގައި އެއްވެސް ޙައްޤަކާއިނުލައި ވަކިކުރުމާއި ކަލޭމެނާއި ނުގުޅޭނަމަ، ވަޒީފާތަކުން މީހުންކަނޑަންދިން އިންޒާރުގަކުގެމަތިން މިހާރު ހަނދާން ނެތުނީތާ! ތިފަދަކަމަކަށް ގޮވުމުގެކުރިން އަދުރޭމެންގެ ވެރިކަމުގައި ދަރިއަށް މެލޭޝިޔާއިން ވަޒީފާދީ، ވަޒީފާއަށް ނުގޮސް މުސާރަނަގައިގެން ޑިގުރީނެގުމުގެ ކިޔެވުމުގައި ގެންގުޅުނުގޮތާއި، އެފަދަވާހަކަ ދައްކަބަލަ! ތިމާމެންގެދުވަހު ބޭނިރޮނޑުގެ ހަންދެމިގޮތުގެވާހަކަ ދައްކަބަލަ!
ޢެހެންތަ ހީވަނީ
13 May 2019
"އެވައުދުގެ މަތީގައަމަލު ތައް ބެހެއްޓުމަށް"ނުވާނެ ތިކަމެއް ވީ ވައުދު ހަދާނެއް ނުހުންނާނެ ވައުދެއް ވެވުނު އިރު ހަދާނެއް ހުރިނަމަ އެއްނުން އެކަމަކާ އުޅެވޭވަރު ވާނީ .
ނަން
13 May 2019
ދެއިރު ދެ ދަޅަ އަށް ޓައި ކުލަ ބަދަލު ކޮށްގެން ކޮން ކަމެއް.
ހަބީބާ
13 May 2019
ކޮބާތޯ ކުރީގެ ސަރުކާރުން ވަޒީފާ ތަކުގައިތިއްބައި ވަކި ކުރި ބޭފުޅުންނާއި އެބޭފޫޅުންގެ ހައްގު؟ ކީއްވެތޯ އޭރު ހައްގައް ނުވެ މިހާރު ވަކި ބަޔަކު ވަކިކުރުމުން މާބޮޑު ހައްގައްވެ ޖަރީމާއަށް ވާންވީ. ތިއުޅުއްވަނީ ވަކި ބައެއްގެ ހައްގު ހޯއްދަވައި ދެއްވަން. ހަމަހަމަ ވާން ދަސްކޮށްބަލަ.
ފފފފފ
13 May 2019
ކުރީ ސަރުކާރުން ޤާނޫނާ ޤަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކުރި އެކަކުގެ ނަންވެސް ބުނެލަބަލަ، ތިހެން ތާކުންތާކު ނުޖެހޭ ސްޓޭޓްމަންޓް މޭކްކޮށްކޮށް، މިގައުމުގެ ކުރިއެރުން ހުއްޓި އަނދަވަޅަކަށް ވެއްޓިފައި މިއޮތީވެސް. ރަރަންޓެއް ބޯފެނެއް ލިބެނީކީނޫން. ކާއެތިކޮޅުވެސް މާދަމާ ލިބެނެކަމެއް ނޭނގެ. ފައިސާ ފޮއްޗެއް ބާކީވާނީ ބަދަލުދީ ނިމުމުން.
ސެލްފީމޭން
13 May 2019
ދިވެހިންތަށް ވަކިކުރީ... ކޮބާތަ އވެރިންގެ އާއިލާއަށް މިލިބުނު ހިތްދަތިކަމުގެ ރޭވުންތެރިއަކީ... ކެމްޕޭނު ތެރޭ ރެޔާ ދުވާލު މިކަންފަތުން އަޑުއެހީމު ފިކުރުތަފާތުވެގެން އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނަމޭ.. މިއީ އެއާއިލާތަކަށްދިން ބޮޑު ހިތްދަތިކަމެއް ބޮޑު ޖަރީމާއެއް
ފާތުމާ
13 May 2019
ގިނަ އަދަދެއްގެ މީހުންނަށް ޔާމީން ނުހަށްގުން ދީފަ ހުރި ވަޒީފާ ތަކުން ގިނަ އަދަދެއްގެ މީހުން ވަކި ކޮށްފި..
ގައުމީ ލޯބީގާ
13 May 2019
ދިވެސަކަށް ނުހައްގަކުން ވަޒީފާއެއް ނުދެވޭނެ ދިވެއްސަކަށް ވަޒީފާ ދީފިނަމަ އެދެވުނީ ހައްގު ވަޒީފާ އެއް .
ސައްލާ
13 May 2019
އަދުރޭ ބަލަގަ ތިމާމެންގެ ވެރިކަމުގަ ކުރިކަންތަކުގެ ވަާހަކަ އިރު އިރުކޮޅާ ތިގޮވަނީ ކުރާނެކަމެއް މިހާރު ނެތީތަ؟ ނޫނީ ރައްޔިތުން ނޫނެކޭ ބުނެ ފޮނުވާލީމަ ނޫސްތަކުގެ ފަލަ ސުރުޙީ އިން ޖާގަ ނުލިބިދާނެ ހެން ހީވާތީ ކޮންމެވެސް ކޮހެއް ގޮވަަލަނީ ދޯ.
ކުޑަދޫ
13 May 2019
އުޞޫލަކަށް ބެލުމެއްނެތި ކޮންޓްރެކްޓަށާއި އެނޫން ގޮތްގޮތަށް ތިމާމެންގެ ވެރިކަމުގައި ވަޒީފާދީފައިތިބި މީހުންގެ ނާޤާބިލު ކަމާމެދު އެއްޗެއް ބުނިނަމަ ރަނގަޅުވީސް. ކޮންމެ ބަޔަކުވެސް ކަންކުރާގޮތް
ޢެހެންތަ ހީވަނީ
13 May 2019
މިސަރުކާރުން ވަޒީފާ ދެނީ ގާބިލް މީހުން ބަލައިފަ އެންމެ ގާބިލް މީހާއަށް ހޭ ؟
މޮޔަމީ
13 May 2019
މޮޔަގޮވަނީދޯ