ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން އެމްޑީޕީން ބޭއްވި ޖަލްސާ. އާ މަޖިލިސް ހުވާ ކުރުން އޮންނާނީ 28 މޭ، ރޭގަނޑު 9:30 ގައި. މިހާރު/ ފައިލް ފޮޓޯ
16 މެއި 2019 - 11:59
ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައި މެމްބަރުން ހުވާކުރުމުގެ ޖަލްސާ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ބާއްވަން މަޖިލީހުގެ ސެކްރެޓޭރިއަޓުން ނިންމައިފި އެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ 28 ވަނަ ދުވަހުގެ ރޭ 9:30 ގައި ކަމަށާއި އެ ރަސްމިއްޔާތު އޮންނާނީ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ކަމަށެވެ.
އާ މަޖިލިސް ހުވާ ކުރުމަށް ފަހު ފުރަތަމަ ޖަލްސާ ބާއްވާނެ ތާރީހެއް ކަނޑައަޅާނީ އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރިޔާސަތުންނެވެ.
"މަޖިލިސް ހުވާކޮށް ނިމިގެން ހަމަ އެރޭ އޮންނާނެ ރިޔާސަތު ކަނޑައަޅާ ޖަލްސާ. ދެން ރިޔާސަތުން ނިންމާނީ އިތުރު ޖަލްސާތައް ބާއްވާނެ ތާރީހެއް،" ޒިޔާއު ވިދާޅުވި އެވެ.
އާ މަޖިލީހުގެ ސާފު މެޖޯރިޓީ ލިބިފައި ވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށެވެ. އެ ޕާޓީން ވަނީ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ ސިޔާސީ ޕާޓީ އަކަށް ރައްޔިތުންގެ މަޖިލިހުން މިހާ ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ 2
17 May 2019
ދަންނަވަންތޯއެވެ. ހަޖަމުކޮށްލައްވާށެވެ. ތިޔަކަމަކާއުފަލއެއނުވެއެވެ. އެއީ ބަންގާޅިން މިޤަްުމުގެ ރައްޔިތުން ގަވާއިދާހިލާފަށްއުޅޭއިރު ރެފިޔުޖީދިވެހިންނަށް ވުރެފަސޭހާގައި ގަވާއިދާހިލާފަށް އުޅެނީ ކޮން ޤާނޫނެެއްނެތިގެންތޯ؟ ބިދޭސީން ލޯކަލް މާރުކޭޓުންފެށިގެންގޮސް ކަންމަތީފިހާރަކުގެ ސޭޓުންނަށް އޯނަރުންނަށް އެތިބެނީ ކޮން ޤާނޫނެއްނެތިގެންތޯ؟
ކަކުނިބޯ 1
17 May 2019
ޑޮލަރުން ވިޔަފާރިކުރެވެނީ ކޮން ޤާނޫނެއްނެތިގެންތޯ؟ ބޭރުބޭންކްތަކުގެ ޕޭމްންޓްގޭޓްވޭ ބޭނުންކުރަނީ ރިސޯޓްތަކުގެ އޯނަރުން ކޮން ޤާނޫނެއްނެތިގެންތޯ އަދިވެސް އަދިވެސް ...ދެން ތިޔަމަޖުޅިހުންފާސްކުރަން އޮތީ މާރުކޭޓް ކުރިމްތިން ޓްރޯލީ ދުއްވުގެ ޤާނޫނާއި ދިވެހި އައިޑީކާޑުހިފާގެން އުޅޭމީހުން މަގުމަތީ ސިގިރޭޓް ބިއިމުގެ ޤާނޫނާްްއި ބައްކުރަން މަގުފަހުކުރން ހަދާޤާނޫނުތަކްެވެ،
ކަކުނިބޯ
17 May 2019
މިހާތަނަށް ރައްޔިތުންގެ ލާބަޔަށް ކޮންޤާނޫނެއްތޯ ތަންފިޡުކުރެވުނީ އެހެންނަމަތާ ޤާނޫނެއް ހަދާނީ އެހެންނަމަ އމްޕޯޓއްލައިސްނަސް އުވައެއްނުލާނެ އެއީ އިމްޕޯޓް ކުރާފަރާތަކަށް އެކްސްޕޯޓްނުކރެވޭގޮތަށް ހަދާފިނަމަ ބޭރުފައިސާ މާރުކުރަނީ ޤަވާއިދުގެ ތެރއެިންތޯބަލާ މޮނީޓަރކުރެވުނީސް މިހާރު މިކަންވެސް މޮޑެލަނީ ކުރިޔަށްގެންދިޔުމުގެ ބަދަލުގައި
ރީތި މޫސަ
17 May 2019
ތިހުރިހާ މެންބަރުންވެސް ހަދާންކުރަންވީ ތިމަންމެން ހިތުހުރިގޮތަކަށް ކަންކަންނުކުރަން
ސޯލްޓް
16 May 2019
ޔާމީންވެރިކަމުގެ ރައީސަށް ލިބިފައިވާ ބާރު ބޭނުންކުރައްވައިގެން އެމަނިކިފާނު އޮފީސްތަށް ބަންދުކުރާ އުސޫލު މިސރުކާރުން ބަދަލުކުރަން ފެނޭ. މިސަރުކާރުންވެސް ރޯދަމަސް ފެށުމުގެ އެއްދުބަސްކުރިން ބަންދުކުރިކުރުން ކަމަކުނުދޭ. އޮފީސްތައް ބަންދުކުރާ އުސޫލު ހަރުދަނާކުރަންފެނޭ. އަމިއްލަ ވަޒީފާތަކުގައި އުޅޭމީހުންނަށް މިކަމުން ނުސީދާގޮތަށް އުދަގޫދިމާވޭ. ގައުމުގެ ޕްރަޑަކްޓަވިޓީ ދަށްވޭ.
ވިކިޕީޑިއާ
17 May 2019
ހަޖަމް ކޮށްބެއަރ!
މަޑަބެ
16 May 2019
ކޮންކަމެއްގެ އުފަލުގައިބާ ބަންދު ކުރަނީ! ރައްޔިތުންނަށް އެއްކަމެއްވެސް ފަސޭހަވިޔަނުދޭންތަ! ތިޔަމަޖުލީހުން ފުރަތަމަވެސް ކުރަންވީ ކަމަކީ. ހެދިފައިހުރި އެއްޗެހި ހިގަނީ ކިހާވަރަކަށްތޯ ބެލުން.
އިބޫރައީސް
16 May 2019
އޯކޭ... ހުރިހާ އޮފީހެއް ރޭގަނޑު ބަންދު.. ހުވާ ކުރުން އޮތީ ރޭގަނޑު
ޒިޔަޒަަން
16 May 2019
ރައީސް ޕުލީޒް އެ ދުވަސް ބަންދުކޮށްދެއްވާ..
ހައްވާ
16 May 2019
ރައީސް އިބޫ 28 ބަންދު ކޮށްދެއްވާ އަޅެ ޕްލީސް!!!!
މުހައްމަދީ
16 May 2019
އެ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަންޑައަޅައިފި
އަހަނ
16 May 2019
އެދުވަސް ބަންދުކުރަންވީ އެރެއަށް ތައްޔާރުވުމަށް. ދެން އަނެއް ދުވަސް ބަންދުކުރަންވީ އެރޭ ވެފައިވާ ވަރުބަލި ފިލުވުމަށް. ދެން ޖެހިގެން އޮތީ ބުރާސްފަތިވީމަ އެދުވަސް ބަންދުކުރާނީ ވީކެންޑާ އެއްކޮށް ޗުއްޓީއެއްދޭން. ރޯދަމަހު މިގޮތްވެސް އޯކޭ.