ޔައުގޫބް: މިނިވަން މުއައްސަސާތަކުގައި މިހާރު ތިއްބެވި ވެރިން މަގާމުގައި ބައިތިއްބަން އޭނާ ދެކޮޅު.
22 މެއި 2019 - 12:21
ޒިންމާ އަށް ފިއްލަވައި، ވޭތުވެދިޔަ ފަސް އަހަރު ނިދާފައި ތިއްބެވި މިނިވަން މުއައްސަސާތަކުގެ ވެރިން މަގާމުން ދުރުކުރަން ޖެހޭ ކަމަށް ދާންދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޔައުގޫބް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ކުރިން އެންމެ ބޮޑު އެއް މައްސަލައަކަށް ވީ މިނިވަން މުއައްސަސާތަކުން ގާނޫނީ ޒިންމާ އަދާނުކުރުމެވެ. ގާނޫނުއަސާސީން ބޮޑެތި ބާރުތަކާއި އިޚްތިޔާރު ދީފައިވާ މުއައްސަސާތަކުގެ ބޭނުމަކީ ސަރުކާރު ދިފާއު ކުރުމެއް ނޫނެވެ. ނުފޫޒުން އެއްކިބާވެ ތިބެ ސަރުކާރަށް ފާރަވެރިވެ، ރައްޔިތުންގެ ހައްގުގައި ގާނޫނުތައް ނެގެހެއްޓުމެވެ. އެކަމަކު ވޭތުވެދިޔަ ފަސް އަހަރު ފެނުނީ އޭގެ އިދިކޮޅެވެ.
މިނިވަން މުއައްސަސާތަކުން ޒިންމާ އަދާނުކުރުމުން ރައްޔިތުންނަށް ވޭތުވެދިޔަ ފަސް އަހަރު ކުރިމަތިވި ގެއްލުންތަކާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ޔައުގީބް ވިދާޅުވީ ގާނޫނުއަސާސީގައި މުހިއްމު ޒިންމާތަކެއް ހަވާލުކުރި މިނިވަން މުއައްސަސާތަކުގެ ވެރިން، މި ވެރިކަމުގެ ކުރިން ތިއްބެވީ "ނިދާފައި" ކަމަށެވެ. ވެރިކަން ބަދަލުވުމާ އެކު ކުއްލިއަކަށް ހޭލެވި، ޒިންމާތަކެއް ހަވާލުކޮށްފައިވާ ކަން ވެސް ހަނދާންވެއްޖެ ކަމަށް ވިދާޅުވި އެވެ.
މުއައްސަސާތަކުގެ ވެރިން ޖެހޭނީ ބަދަލުކުރަން. ވަކި ތަނެއް ނެތް، ހުރިހާ ތަނެއް. --ޔައުގޫބް
މުއައްސަސާތަކުގައި އަދިވެސް ތިބީ، އޭރު ގާނޫނާ ޚިލާފު އަމަލުތައް ހިންގެވި ކަމަށް ތުހުމަތު ކުރެވުނު ބޭފުޅުންނެވެ. ތަފާތަކީ، ކުރީގެ ގޯސްތައް ރަނގަޅު ކުރަން މަސައްކަތް ކުރުން ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަށް ވަރަށް ޖޯކު ވެސް ކަމެއް އެއީ. ދެން ކޮންމެވެސް ވަރަކަށް ހިތްހަމަވެސް ޖެހޭ، އެއީ، މި ސަރުކާރު އައި ފަހުން އެ ބޭފުޅުން މަގާމުގެ ޒިންމާއަދާކުރައްވާތީ،" ޔައުގޫބް ވިދާޅުވި އެވެ.
ކުރިން ނުބަލާ މައްސަލަތައް ބަލަން ފަށައި، ގާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރަން ފެށީ، ޔައުގޫބް ވިދާޅުވި ގޮތުގައި، އެ ފުރުސަތު ލިބުމުން ކަމަށް ބައެއް މުއައްސަސާތަކުގެ ވެރިން ވިދާޅުވެ އެވެ. ކުރީގެ ސަރުކާރުން އެ ފުރުސަތު ނުދީ، ހިފެހެއްޓީ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވާ ކަމަށް ޔައުގޫބް ވިދާޅުވި އެވެ.
"އެ ބޭފުޅުން ގޯހީއެއް ނޫނޭ، ފުރުސަތު ނުދިނީއޭ ވިދާޅުވާ ވާހަކަ އަޅުގަނޑު ގަބޫލެއް ނުކުރަން އެކަމެއް. ކިތަންމެ ގޯސް ސަރުކާރެއް އޮތަސް އެ މީހެއްގެ މަގާމުގެ މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާކުރަން ޖެހޭ. އެ ފުރުސަތު ނެތިއްޔާ، އެ ބޭފުޅަކު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގެންނެވޭނެ. ކޮންބޭފުޅެއްތޯ އެ ގޮތަށް އިސްތިއުފާ ދެއްވީ،" ޔައުގޫބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުއައްސަސާތަކުގެ ވެރިން މިހާރު މަސައްކަތް ކުރައްވަނީ މަގާމް ދިފާއުކުރެއްވުމަށެވެ. އެއިން އެއްވެސް ބޭފުޅަކު މަގާމުގައި ބަހައްޓަން ތާއީދު ނުކުރައްވާނެ ކަމަަށް ޔައުގޫބް ވިދާޅުވި އެވެ.
"ހުރިހާ މުއައްސަސާތަކުގެ ވެރިން ޖެހޭނީ ބަދަލުކުރަން. ވަކި ތަނެއް ނެތް، ހުރިހާ ތަނެއް،" އޭނާ ވިދާޅުވި އެވެ.
ޔައުގޫބް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ދެން ވެރިން އައްޔަން ކުރަން ޖެހޭނީ، ތަޖުރިބާކުރި ގޯސްތައް އިޔާދަނުވާނެ ގޮތަށް ކަމަށެވެ. އެއް ކޮމިޝަނުގައި ބޭބެ، އަނެއް ކޮމިޝަންތަގައި ކޮއްކޮ އާއި ދައްތަ ތިއްބަވާ އުސޫލް ވެސް ނައްތާލަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒް
24 May 2019
ޔައުގޫބު ބުނިގޮތަށް ނިދިފަ އިނދަޖެހިފަ ތިބިބަޔަކު އެބަތިބި، ލަންކާގަ ހުންނަ އާސަންދަ އޮފީހުގަ، އެމީހުން އެތާ ތިބެގެން ކުރާ ކަމަކީ އެތާ އުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ކަންކަން ކުރުމަށް މަގުފަހި ކޮށްދިނުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތަށް އެކިގޮތްގޮތަށް ހުރަސްއަޅާ ރައްޔިތުންނަށް ދުއްތުރާޖައްސަނީ، ބޭނުމަކީ ސަރުކާރުން ބޭސްފަރުވާގެ ޚިދުމަތް ދޭން ނޫޅޭކަން ދެއްކުން.
މުޙައްމަދު އިބްރާހީމް
24 May 2019
ހަމަ މޮޅުވާހަކަ ދައްކަނީ، މިހާރުގެ ސަރުކާރުގެ ނުފޫޒުވެސް މުއައްޞަސާ ތަކުގަ އިންތިޙާ އަށް އެބައޮތް. އޭގެ އެންމެ ބޮޑު ހެއްކެއް، އޭޖީ އޮފީސް އިން މީރާ އަށް ކުރާ ޕްރެޝަރު މި ނޫސްތަކުގަ ވެސް އެބަހުރި ކަވަރު ކޮށްފަ! ދެން އޮތީ ތަންތަނުގެ މުއައްސަސާތަކަށް ހުރީ ރައީސް މީހާގެ ކޮށްކޮ އިންނާއި ބޭބެއިން ލާފަ.
ޢަބްދުﷲނާފިޒް
24 May 2019
"ތަންތަނުގެ މުއައްސަސާތަކަށް" ލުމުގަ، ރައީސް މީހާގެ ކޮއްކޮ ނޫނީ ބޭބެއެއް ވިއްޔާ ވަޒީފާ ދިނުން މަނާކުރާ ޤާނޫނެއް ވުޖޫދަށް އައިމަ ތިކަމާ ވާހަކަ ދައްކާނީ ދެއްތޮ،
ރާއްޖެ
23 May 2019
ޔައުގޫބު ދާންދޫގައި ތެލުގެ ވިޔަފާރި ފެއްޓީ ކިހިނެއް؟
ޑދސސ
23 May 2019
އެމީހުން ބަދަލުކޮށްފަ އެމްޑީޕީ އެކްޓިވިސްޓުންނަށް މަގާމްދީ. އެއިރުން މިސަރުކާރުންނާއި ކޮރަޕްޓް ނާގާބިލް ނުކިޔަވަތިބި މެމްބަރުންކުރާ ވައްކަންތައް ދިފާއުކުރަން ތިބޭނެތާ.
ލޮނުމެދުފަޓާސް
24 May 2019
ހަޖަމް ޕްލީޒް
ފާތޭ
23 May 2019
އެންމެ ފުރަތަމަ ސިވިލް ސާވިސް ގެ ރައީސް
ށާސި
23 May 2019
ޔަޒީދު އެއިނީ ގާނޫނާ ޚިލާފައް
ސްލޭމްވޭއި
23 May 2019
މާލަސްވެއްޖެ. ތިޔަ މީހުންގެ ކަމަކީ އަމިއްލަ ވިޔާފާރިއަށާއި ކިޔެވުމަށް ވަގުތު ދިނުން. ކޮމިޝަން ތަކުގެ މެމްބަރުންގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ކޮށްފައި ޙިދްމަތެއް ކުރާނެ ވަގުތެއް ނޯވޭ.
ބޮލި މުލައް
23 May 2019
ތީ ހޮޅިވާހަކަ މަގުސަދަކީ ޒިއްމާ ނެގިޔަސް ނުނެގިޔަސް މިހާރުތިބީ މިސަރުކާރުން އައްޔަންކުރި މީހުންކަމުގައި ނުވާތީ ބަދަލުކުރުން.
މަގުފުޅާޓިނު
24 May 2019
ތިބައިގަނޑު ބޭރުކުރުން މާބޮޑަށްވެސް ލަސްވެއްޖެ
ެައަނގަ ފޫޅު
23 May 2019
މިއީ އަންނިގެ މީހުން.
ނަޝިދު
23 May 2019
ޕޮލިސް ކަމިޝަނަރު އެއީ އިބޫގެ ޅިޔަނު. ޔައުޤޫބު ކޮންމެހެން މީހުންގެ ސަމާލުކަން ހޯދަން މާ އިންސާފަށް ލޯބިކުރާ ކަމަށް ދެއްކެން ވެގެން ކަރުން ނާރު ފުއްޕާފަ މޮޅެތި ވާހަކަ ނުދައްކާ ހުރޭ. ޒިންމާ އަދާނުކޮށްގެންނޭ ކިޔާ އެ ތުޙުމަތު އަޅުވާފަ މުއައްސަސާތަކުން މީހުން ވަކިކުރަން ތިއުޅެނީ ޔައުޤޫބު ގެ މަސްލަޙަތު ނޫނީ އެމްޑީޕީ ގެ މަސްލަޙަތު ހިމާޔަތް ކުރާނެ މީހުން އެ ތަންތަނަށް ލާންވެގެން.
ޙަމޫ
24 May 2019
މާ މޮޅު ޔައުގޫބަކޯ މީ . . ބަހުސް އަށް އާރާ ރަޓު ބަހުން ދެބަސް ބުނެލީމަ މިވަރެއް ނެތިގެން މީހުން .
މަގުފުޅާޓިނު
24 May 2019
އެގޮތް ރަނގަޅެއް ނޫންތަ. ރައްޔިތުންގެ ތިޖޫރި ދޮވެލި ބައިގަނޑު ދުރުކުރަން ޖެހޭ.