މާލެ: ނޮވެމްބަރު 17، 2018: އާ ސަރުކާރުގެ ކެބިނެޓް މިނިސްޓަރުން ހުވާކުރެއްވުމާއި، މިނިސްޓަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ގޮތުން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގެ ހުވާކުރެއްވި އަލީ ޝިޔާމަށް ރައީސް ލިޔުން ހަވާލުކުރައްވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
28 މެއި 2019 - 15:16
އާއިލީ ގޮތުން ގާތްމީހުންނަށް މަންފާވާ ގޮތަށް ސިޔާސީ ކަންކަން ނިންމުން މިހާރު ބަލައިގަނެވޭ ކަމަކަށް ވީތޯ ސުވާލުކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑު ވިދާޅުވެއްޖެ އެވެ.
ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި ހުރުމުން ލައިސަންސް ހިފަހައްޓާފައި ވަނިކޮށް އަނބުރާ ލައިސަންސް ދިން ތިން ރިސޯޓެއް، ރައީސް އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަލީ ޝިޔާމުގެ އާއިލާ އަށް ނިސްބަތްވާ ކަމަށް ބުނާ ޚަބަރާ އެކު ޖަމީލް ކުރެއްވި ޓްވީޓެއްގައި މިއީ "ޒީރޯ ޓޮލެރެންސްގެ ސިޔާސަތުގެ ވަރުގަދަ ފެށުމެއްްތޯ؟" ސުވާލުކުރައްވާފައިވެ އެވެ.
އެ ޓްވީޓްގައި ޖަމީލް ވަނީ މިއީ ސިޔާސީ ގޮތުން ހޯދައިދިން މަންފާއެއްތޯ ނުވަތަ އެންމެނަށް ވެސް ހަމަހަމަ ގޮތެއްގައި ލިބޭނެ ލުޔެއްތޯ ވެސް ސުވާލުކުރައްވާފައިވެ އެވެ.
A flying start to @presidencymv's "Zero Tolerance on Corruption" policy? A political favour or will this leniency be extended to everyone? Is nepotism -- an ill from previous regime that we criticised so much -- now condoned? https://t.co/qFCoCDbjZs
— Mohamed Jameel Ahmed (@MJameelAhmed) May 28, 2019
ޖަމީލްގެ ޓްވީޓް
އާއިލީ ވެރިކަމާއި ގާތް މީހުންނަށް ސިޔާސީ މަންފާ ހޯދައިދިނުމަކީ ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ގޯސް ކަމެއްގެ ގޮތުގައި ވަކާލާތުކުރަމުން އައުމަށް ފަހު މިހާރު އެ ހުރިހާ ކަމެއް ރަނގަޅު ވީތޯ ވެސް ޖަމީލް ވަނީ ސުވާލުކުރައްވައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފުސީލުތަކިން އެނގޭ ގޮތުގައި ލައިސަން އަނބުރާ ދިން ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ، ފިލިތެޔޮ އާއި ހޮނޑާފުއްޓާއި މެދުފުށި ނިސްބަތް ވަނީ އަލީ ޝިޔާމްގެ އާއިލާއަށެވެ. ހޮޑާފުށީގެ ވެރިޔާ އަކީ އަލީ ޝިޔާމްގެ ބައްޕަ އަބްދުﷲ އަލީ އެވެ. އަދި ފިލިތެޔޮ އަކީ އަލީ ޝިޔާމްގެ އާއިލާގެ ކުންފުނި ތްރީއޭ ޓްރޭޑިން އެވެ. މި ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ހަމްޒާގެ އާއިލާގެ ވެސް ކުންފުންޏެކެވެ. އަލީ ޝިޔާމާއި ހަމްޒާ އަކީ ދެބެއިންނެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި އަލީ ޝިޔާމް ކައިވެނި ބައްލަވައިގެން އުޅުއްވަނީ އެއް ގެއެއްގެ ދެ ބޭފުޅުންނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢޙަމީދު
29 May 2019
މީގަވާގޮތަކީ ޖަމީލަށް މާބޮޑަށް އެނގެނީ
ނެޑް
29 May 2019
ޢަހަންނަށް އާއިލާ ތެރެއިން ތަބަކެއްގައި ވަޒީފާ ދިނުން ގޯސް. އެކަމަކު އެޔަށްވުރެ ގޯސް ދީން ބޭނުންކޮށް ދޮގު މަުލޫމާތު ފަތުރަން ބޮޑެތި ހޭދަކުރި މީހުން.
ކަނބިލި
29 May 2019
މަމެން ވެރިކަމުގައި ތިބޭއިރު ތިޔަ ހުރިހާ ކަމެއްވެސް ހުއްދަވާނެ. ކޮރަޕްޝަނުގެ ވާހަކަ މަމެން ދައްކަނީ ވެރިކަމަށް އައުމަށް ދައްކާ ބަހަނާއަކަށް. މަމެން ކަރަޕްޝަން ހިންގާއިރު އެވާހަކަ ދައްކާ ބަޔަކުވެސް ނަސީބަކުން ނޫޅޭނެ.
ބޭބެ
28 May 2019
މީ އިންސާފު އެއްނޫން
1953
28 May 2019
ފެމިލީ މީހުނަށް ދޭތީ މީހުންގެ އަގަ ބަންދު ކުރަންވެގެން އެހެން ބަޔަ ކަށްވެސް ދިނީ އޭރުން ބުނަން އޮންނާނެތާ މަގޭ އާއިލާ އަށް އެކަންޏެއް ނޫނޭ ހުއްދަ ދިނީކީ 1952 ވެސް ތިޔަ ވިދާޅުވި ގޮތަށް
ކެޕުޓަން ޖޯހން
28 May 2019
އަލީޝިޔާމުއަކީ ޖަމީލުގެ ޅިޔަންކޮށްކޮ. ހުރިހާކަމެއް ތިޔައާިލާގެ ވިޔަފާރިޔަށް
ބަބުރަންޖީ ހާޖީ
28 May 2019
ޖަމީލު މިދުވަސްކޮޅު ހާދަ އަޑުގަދަކޮށްލައިގެން މިއުޅެނީ. މީ އަނގައިން ނޫނީ އެއްކަސްވާމީހެއް ނޫން.
އަލީދ
28 May 2019
ޖަމީލު ބުންޏަސް ހަގީގަތް ވާނީ ހަގީގަތަށް!
ކޮތަރު
28 May 2019
އެއްގޭ މީހަކާ އިދެގެން އުޅުނަސް އެވަނީ ގާތްމީހަކަށްތަ؟
ސޯލްޓް
28 May 2019
ރާއްޖޭގައި ވާ އިދިކޮޅުޕާޓީތަކުގެގެ ލީޑަރަކަށް ވުމަށް ޖަމީލަށް ގޮވާލަން. އަދި އުމަރު ނަސީރަށް ސަލާމް.