ލިޓަސް އިން އަގްސާގެ ގޯތި ތެރޭގައި ރޯދަ ވީއްލުން ދެނީ
28 މެއި 2019 - 19:27
ރާއްޖޭގައި މޮޓޯ ސައިކަލްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ލިޓަސް ކުންފުނިން ފަލަސްތީނުގެ 500 މީހަކަށް އަގްސާ މިސްކިތުގެ ގޯތި ތެރޭގައި ރޯދަ ވީއްލުން ދީފި އެވެ.
ލިޓަސް އިން މި އެހީ ދީފައިވަނީ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާ ގުޅިގެންނެވެ. މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވާ އަގްސާ ހަރަމްފުޅުގައި މިފަދަ ކަމެއް ދިވެހިންގެ އިސްނެގުމަކަށް މީގެ ކުރިން ބޭއްވި ކަމެއް އެނގިފައެއް ނުވެ އެވެ.
ރޯދަ ވީއްލުމަށް ފަހު ބައެއް މީހުންނަށް ލިޓަސް އިން ވަނީ ހަދިޔާ ވެސް ދީފަ އެވެ.
ލިޓަސްގެ އެހީ އަށް ޝުކުރު އަދާކޮށް ފަލަސްތީނު ކުއްޖަކު ލިޔުމެއް ހިފައިގެން
ލިޓަސް އިން ބުނިގޮތުގައި ފަލަސްތީނުގެ މީހުންނަށް ރޯދަ ވީއްލުން ދޭން ނިންމީ ނިކަމެތި، އެހީއަށް ބޭނުންވެފައިވާ ބަޔަކަށް ވަރަށް ކުޑަ ހަރަދަކުން ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެކަން ދައްކައިދިނުމުގެ ބޭނުމުގަ އެވެ.
"އަޅުގަނޑުމެން ބޭނުންވީ ނަމޫނާ ދައްކަން. ކޮންމެ ބަޔަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެކަން ދައްކައިދޭން،" ލިޓަސްގެ މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވި އެވެ.
ލިޓަސް އިން އަގްސާގެ ގޯތި ތެރޭގައި ރޯދަ ވީއްލުން ދެނީ
އޭނާ ވިދާޅުވީ ރޯދަ ވީއްލުން ދިނީ ރާއްޖޭންކަން އެނގުމުން ވަރަށް ގިނަ ބަޔަކު އެކަން ބަލައިގަތް ކަމަށާއި ކުޑަ ގައުމަކުން އެ ފަދަ ކަމަކަށް އިސް ނެގުމުން އެކަމަށް ޝުކުރު އަދާ ކުރި ކަމަށެވެ.
ފަލަސްތީނުގެ އިތުރުން ޔަމަނާއި ސީރިއާގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް، ރާއްޖޭގެ އެކި ޖަމާއަތްތަކުން އަބަދު ވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ. އެގޮތުން ދިވެހި ޖަމިއްޔާއަކުން މިދިޔަ އަހަރުގެ ރޯދަ މަހު ވެސް، ފަލަސްތީނުގެ ގިނަ ގެތަކަކަށް ވަނީ ކަރަންޓު ފޯރުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
more
29 May 2019
ތިއީ ސަދަގާތެއް ނޫން. ޕްރޮމޯޝަނަލް އިވެންޓެއް
ބްރޯ
29 May 2019
އޭއޭ! ކިޔޭނުކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ކަލޭ ހާދަ ހިތް ނުބައިވެގެން ތިޔަ އުޅެނީ!
ހައްދުންމަތި
29 May 2019
ކަލެއަށް މިވަރުވެސް ނުވާނެ ހަޖަމް ކޮށްލައިގެން ހުރޭ.... ޒާތީ ވިޔަސް ތިދެން ބޮޑުވަރު......
ސޮރީގާއީޒް
02 June 2019
ޕްރޮމޯޝަނަލް އިވެންޓަކުންވެސް ސަދަގާތް ކުރެވިދާނެ. ނިކަމެތިންނަށް އެހީތެރިވެވިދާނެ.
ރަދީފް
29 May 2019
މާޝާﷲ .މިއީ ވަރަށް އުފާވެރިކަމެއް.މި ރޯދަ މހަު ކިޔާލެވުނު އެންމެ އުފާވެރި ހަބަރު.
ފާސްނުވާ ޑރ
29 May 2019
ކިޔާހިއްވާކަހަލަ ހަބަރެއްމިއީ..
ޙަސަންބެ3
28 May 2019
މާޝާﷲ
ޢާދަނު
28 May 2019
ވަރަށްރަނގަޅުކަމެތް މިފަދަކންތައްނޫންތޯ ކުރަންވީ އެކަމަކު މިގައުމުގެ މުއްސަނދިން މުޅިންވެސް ފެންނަނީ ކުޅުވަރަށްހެސްކިޔާފަ ހަރަދުކުރާތަން މީ ވަރަށްހިތާމަހުރިކަމެތް ފާހިސްކަންކަަމަށް ހަރަދުކުރާ މުއްސަންދިންގިނަ
ބަބުރަންޖީ ހާޖީ
28 May 2019
އޮބިނެސް ޓޫ ދާ މެކްސް.