ހއ. ދިއްދޫ އިމިގްރޭޝަން އޮފީސް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުޙައްމަދު އަޙުމަދު ޙުސައިން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު މިއަދު ހުޅުއްވައިދެއްވަނީ.
11 ޖޫން 2019 - 12:18
ޕާސްޕޯޓް ހެދުމުގެ ހިދުމަތް ލިބޭ ގޮތަށް ހއ. ދިއްދޫގައި އިމިގްރޭޝަންގެ އޮފީހެއް މިއަދު ހުޅުވައިފި އެވެ.
ދިއްދޫ އިމިގްރޭޝަން އޮފީސް ހުޅުއްވައިދެއްވީ ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދެވެ.
ދިއްދޫ އިމިގްރޭޝަން އޮފީހުން ހެދި ފުރަތަމަ ޕާސްޕޯޓް މިއަދުގެ ރަސްމިއްޔާތުގައި އެ ޕާސްޕޯޓް ލިބޭ ފަރާތާ ވަނީ ހަވާލުކޮށްފަ އެވެ. ޕާސްޕޯޓް ހަވާލުކޮށްދެއްވީ ހަނަފީ އެވެ.
ދިއްދޫ އިމިގްރޭޝަން އޮފީހުން ހެދި ފުރަތަމަ ޕާސްޕޯޓް ކޮންޓްރޯލާ މިއަދު ދޫކުރައްވަނީ
ދިއްދޫގައި މިއަދު ހުޅުވި އޮފީހަކީ ހިދުމަތްތައް ލާމަރުކަޒީ ކުރުމުގެ ސިޔާސަތުގެ ދަށުން އެ އިދާރާއިން މާލެއިން ބޭރުގައި ހުޅުވި ހަތަރު ވަނަ އޮފީހެވެ. އެ ރަށުގައި އިމިގްރޭޝަން އޮފީހެއް ހަދާނެ ކަން އިއުލާން ކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ މާޗްމަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އިމިގްރޭޝަނުން ދޭ ހިދުމަތްތަކުގެ ތެރެއިން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ކުރިއަށް ވުރެ ފަސޭހަ ކުރުމަށްޓަކައި އޮންލައިންކޮށް ޕާސްޕޯޓަށް އެދެވޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯބު
11 June 2019
ތިޔަ ޕާސްޕޯރޓް ހަދަނީ ދިއްދޫގަތޯ ނޫނީ މާލޭން ހަދައިގެން ގެނެސް ދިއްދޫން ދޫކުރަނީތޯ؟ ހަބަރުގައޮތްގޮތް ރަގަޅު ނޫންހެން ހީވަނީ.
ލަންބެ
11 June 2019
ދިއްދޫގައި އިމިގްރޭޝަން އޮފީސް ހުޅުވުމުގެ ބޭނުމެއް ބުނެބަލާށޭ، މިއަދުވެސް ހަލާކުކޮށްލީ ޓާފް އަޅާފައި އޮތް ދަނޑެކެވެ. މިހާ ނާތަހުޒީބު މީހުން އުޅޭ ރަށްރަށުގައި އޮފީސްތައް ހުޅުވުމުން އޮފީހަށް އަޅަނީ މަހެވެ.
ހިނިގެޅޭ
12 June 2019
މަސް އެޅިޔަސް އެ އަޅައިދިނީ އަނެއްކާވެސް އޮފީހެއް. ފުޓްސަލް ދަނޑުވެސް ހަލާކޮށްލި ދުވަހުނޫން އަނެއްދުވަހު ނިކުމެ ހަވީރު ކައުންސިލުން ހަދައިދީފި. ކަލޯ ދިއްދޫ މީހުންގެ ބާރުގަދައީ އޭ ހަމަ.
ޓާފް..
13 June 2019
ލަންބެ ކަލެއަށް އެގޭނެތަ ޓާފް ފެނުނީމަ ވަކިކުރަން.... ފެނުނިއްޔާ އަންގާލާތި. ދިއްދޫގައި އަޅާފައިވަނީ މެޓް ދަނޑެއް. އެވާހަކަވެސް ބުނެލީ.. ވ ވެދުން..
ކަނބާއައިސަާ
11 June 2019
ތިއީ ވަރަށް ސަޅިކަމެއް ކޮންމެ ކަމަކު ރައްޔިތުން މާލެއަށް އަންނައައުން އެބަޖެހޭ ބަދަލުކުރަން، އަހަރެމެން 21 ވަނަ ޤަރުނުގަ އުޅޭއިރު ޓެކޮނޮލޮޖީގެ އެހީގައި މިހެން ހުރި ހުރިހާ ކަމެއް ބަދަލުކުރެވެން ޖެހޭނެ، އެހެން ނޫނީ މިކަންކަމަށް މިނިސްޓްރީތައް ހެދުމުގެ ބޭނުމެއް ނެތް، މަލީހު އެބަ ޖެހޭ އެމިނިސްޓްރީ ހަރުދަނާކޮށް ސަރުކާރުގެ މުއައްސަސާތައް އެފިސެންޓްކޮށް ހިންގޭނެ ނިޒާމެއް ޓެކްނޮލޮޖީގެ އެހީގަ ގާއިމްކޮށްދެން