އދ ގެ ހާއްސަ ރެޕަޓުއާ ކަރީމާ ބެނޫން ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ: ފޮޓޯ:ނިޝާން އަލީ/ މިހާރު
18 ޖޫން 2019 - 15:39
އިިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި ރާއްޖެ އަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް އދ.ގެ ހާއްސަ ރެޕަޓުއާ ކަރީމާ ބެނޫން ވިދާޅުވެއްޖެ އެވެ.
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ބެނޫން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ދިވެހި ސަރުކާރުން މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކުގެ ސަބަބުން އެ ހައްގުތައް ކަށަވަރު ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ބޮޑެތި ފައިދާތަކެއް ވެގެންދާނެ ކަމަށެވެ. އަދި އިހުމާލު ވުމުގެ ސަބަބުން މާޒީގައި ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯދަން ޖެހޭނެ ކަމަށް ވެސް ބެނޫން ވިދާޅުވި އެވެ.
ބެނޫން ވަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ ރިޕޯޓުތައް ލިބިފައިވާކަން ފާހަގަ ކުރައްވައިފަ އެވެ. އަދި މިފަދަ ފިކުރު ފެތުރުމުގައި ޓީޗަރުންގެ ރޯލެއް ވެސް ވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"ރާއްޖޭގައި ހަރުކަށި ފިކުރުތަކާއި ފަލްސަފާތައް ފެތުރުމަށް ކުރެވޭ ކަންތައްތަކާ ގުޅޭގޮތުން ކަންބޮޑުވާ ވަރުގެ ރިޕޯޓުތައް އަޅުގަނޑަށް ވަނީ ލިބިފައި. އިންޓަނެޓުގެ ޒަރީއާއިން މި ހަރުކަށި ފިކުރު ފަތުރަމުން ދާއިރު ޓީޗަރުން ވެސް މީގެ ތެރޭގައި ހިމެނޭ ކަން އަޅުގަނޑަށް ވަނީ ފާހަގަކުރެވިފައި،" ބެނޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަރުކަށި ފިކުރު ފެތުރުމުގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި ސަގާފަތް ދިރުވައި އާލާ ކުރުމުގެ މަސައްކަތަށް އަސަރު ކުރާނެ ކަމަށެވެ. އަދި މި ކަންތައްތައް ހައްލުކޮށް އަޑު އުފުލާ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމުވާން ޖެހޭނެ ކަމަށް ބެނޫން ވިދާޅުވި އެވެ.
"މި ހަރުކަށި ފިކުރުތަކުގެ ސަބަބުން ހުރަސް އެޅިގެންދަނީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި ސަގާފަތް ދިރުވައި އާލާ ކުރުމަށް. އެހެންކަމުން މިފަދަ ފިކުރުތަކާ ދެކޮޅަށް ވާހަކަ ދައްކައި، އެކަމާ ދެކޮޅަށް މަސައްކަތް ކުރާ މީހުންނަށް ފުރިހަމަ ރައްކާތެރި މާހައުލެއް ގާއިމުވާން ޖެހޭ،" ބެނޫން ވިދާޅުވި އެވެ.
އދ ގެ ހާއްސަ ރެޕަޓުއާ ކަރީމާ ބެނޫން ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ: ފޮޓޯ:ނިޝާން އަލީ/ މިހާރު
ހަރުކަށި ފިކުރުގެ ސަބަބުން ނުރައްކާތެރި ހަމަނުޖެހުންތައް ކުރިމަތިވެފައިވާކަން ފާހަގަ ކުރައްވައި ބެނޫން ވިދާޅުވީ 2012 ވަނަ އަހަރު ރާއްޖޭގެ ދާރުލް އާސާރަށް އަމާޒުކޮށްގެން ދިން ހަމަލާއަކީ މިފަދަ ހަމަނުޖެހުމެއް ކަމަށެވެ. މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ބެނޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ހަރުކަށި ފިކުރުތައް ހުއްޓުވުމަށް އަޅާ ފިޔަވަޅުގެ ތެރެއިން އާސާރީ ތަންތަނަށާއި ތަކެއްޗަށް އަމާޒުކޮށްގެން ދޭ ހަމަލާތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. ބެނޫން ވަނީ 2012 ވަނަ އަހަރު ދާރުލްއާސާރަށް ދިން ހަމަލާ އަލުން ރަނގަޅަށް ތަހުގީގު ކުރުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.
"ހަރުކަށި ފިކުރުތައް އާލާވުމުގެ ސަބަބުން ދިމާވާ ބައެއް ކަންތައްތައް އަޅުގަނޑުމެންނަށް ވަނީ މާޒީގައި ފެނިފައި. އެގޮތުން އިސްލާމްދީން އައުމުގެ ކުރިން ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ގޮތަށް ދާރުލް އާސާރުގައި ހުރި އެއްޗެހި ނައްތާލުމަށް ދިން ހަމަލާ ފާހަގަކުރެވޭ. މިފަދަ އަމަލުތައް ހުއްޓުމަށް ހަރުކަށި ފިކުރު ނައްތާލުން މުހިންމު. މި ފުރުސަތުގައި އަޅުގަނޑު ގޮވާލަން މިހާރުގެ ސަރުކާރަށް 2012 ވަނަ އަހަރުގެ އެ ހާދިސާ ރަނގަޅަށް ތަހުގީގު ކުރުމަށް،" ބެނޫން ވިދާޅުވި އެވެ.
ބެނޫން ވަނީ އޭނާ ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގައި ހެރިޓޭޖް މިނިސްޓަރާއި، އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރާއި، ޖެންޑާ މިނިސްޓަރާއި، ފޮރިން މިނިސްޓަރާއި ބައްދަލު ކުރައްވައުފަ އެވެ. އަދި މި ބައްދަލުވުންތަކުގައި ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
އދގެ ހާއްސަ ރެޕަޓުއާ ރާއްޖެ އަށް ކުރެއްވި މި ޒިޔާރަތާ ގުޅިގެން އެކުލަވާލާ ރިޕޯޓް އަންނަ އަހަރުގެ މާޗު މަހު ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ގުޅޭ ކައުންސިލް ސެޝަނަށް ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ. މި ރިޕޯޓުގައި އޭނާ އަށް ފާހަގަ ކުރެއްވުނު ކަންތައްތަކުގެ ތަފްސީލު އެކުލެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަމްނާން
19 June 2019
އެއީ ކޮންހައްގެއް އިތުރައް ލިއްބައިދީގެން ދައްކާ ވަހަކައެއް. ވެގެން އުޅޭގޮަތް އަހަރެމެންނައް އިނގޭ. ވެގެން އުޅޭގޮތަކީ ކަލޭމެންގެ އެޖެންޓުންތަކަކައް ރާއްޖޭގެ ވެރިކަން ލިބިގެން.. ރާއްޖޭގެ ދީނީ ވަހުދަތު ހުރިމިންވަރައް ވުރެވެސް ބޮޑައް ބަލިކަށިކޮއްލުމުގެ އުންމީދު އާވެގެން ތިޔާއުޅޭނީ..
ދިވެހިކަލޯ
18 June 2019
އަޖައިބެއް، ދީންނައްތާލަން ބޭނުންވާބަޔަކަށް ތީހުސް ހަރުކަށި ކަންތައް. އަމިއްލަ ގައމުގައި ދޮންމީހުން ކަޅުމީހުން މޮރުން އޯކޭ. މަރުގެ އަދަބު ދިނުމާ 18އަހަރުން ދަށުގެކައިވެސް ކުރެވޭ. އެކަމުއިސް މިކިޔަނީ ތިމަން މެންމިއީ ޕީސްގާއިމްކުރާށޭ. ތަންފަސާދަ ކުރާއިރު، އެންމެން އަތްޖަހަނީ. ނާސިރު ކަހަލަ ގައުމުގެ ދިފާއުގައި ބަހެއްބުނާނެ ބަޔެއްނެތް.
ާބޮޑުމީހާ
18 June 2019
ކަލޭމެން މިތަނަށް އަންނަނީ ހަރުކަށި ފިކުރުގެ މީހުން ބަލަންތަ؟ ތިހާ ހައްގުތައް ހޯދައިދޭ ހިތްވަންޏާ މޭލޭގެ ދެތިން ގެއަކަށް ވަދެ އާއިލާތައް އުޅޭ ހާލުބަލާބަ. ދުވާލު މަސައްކަތުގައި ފައިސާހޯދަން މީހުން ކިހާ ވަގުތެއް ހޭދަކުރޭތޯބަލާބަ. އަރާމު ނިދި އާއްމު ދިވެހި މީހާއަށް ލިބޭތޯ ބަލާބަ. ސަރުކާރުތަކުން ރައްޔިތުން ކުލީގެ އަޅުންނަށް ހަދާފައިވާ މައްސަލަ ބަލާބަ. ތީ ހައްގުތަށް ހޯދަންއަންނަ ބަޔެއްނޫން. ހަންފަތުރަނީ
ޑިމޮކްރަޓިސްޓް، ރ.ވާދޫ
18 June 2019
ކަލޭ ކުރިމަތީގަ ތިހިރަ މައިކުތަކަށް ބަލާލީމަ ކަލޭ ތިދައްކާ ވާހަކައިގެ ހަގީގަތް ވަރަށް ރަނގަޅަށް އެބަ ސާފުވޭ..
ޖުކި
18 June 2019
އިންސާނީ ހައްގު ހޯދައިދޭން ފަލަސްތިނަށް ދޭބަލަ އިޒްރޭލްގެ ޔަހޫދީން ފަލަސްތީނުގެ ކުޑަކުދިންނާ އަންހެނުންތައް މަރާ ހުސްކުރާތަން ނުފެންނަނީތަ.
ހަމަ
18 June 2019
ކޮބާތަ އެބުނާ ހަރުކަށި ފިކުރަކީ? ޢިސްލާމް ދީނުގެ ފިކުރުތަ?އެފިކުރު ނައްތާލެވޭތޯ ދައްކާހާވާހަކަތީ.އިރާދަކުރެއްވިއްޔާ އެކަމެއް ނުވާނެ.
ހަމްދަރުދީ
18 June 2019
ﷲ ޢަޅަމެންގެ މި އިސްލާމީ ބިން ކާފިރުންގެ ނުބައިރޭވުމާ އެބައި މީހުންގެ އައުވާނުންގެ ވަކިތަކުންސަލާމަތް ކުރައްވާނެ..ލާދީނީ ހިޔާލު ފަތުރަން ޖާގަދޭށޯ އެބުނާހަރުކަށި ފިކުރަކީ ރަސޫލާގެ ސުންނަތް ދިރުވުން...ދިވެހިން ނިކަން ހޭއަރާތިބޭތި..
ޗަބޭ
18 June 2019
މިއީ ކާކު ތަ!؟!????
ކޮމެންޓޭ1
18 June 2019
ރިވެތި އިސްލާމީ ހުލްޤު ފެތުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ކަމަނާ ތިޔަ ގޮވާލާ ލާދީނިއްޔަތުގެ ފިކުރު. ޢަދި ޒުވާނުން ހަރުކަށިކަމަށް ލެނބިގެންދާ އެންމެ ބޮޑު ސަބަބަކީ އިސްލާމީ މުޖުތަމައު ލާދީނިއްޔަތަށް ބަދަލު ކުރަން ކުރާ މަސައްކަތް
ޔެސް
18 June 2019
މިސަރުކާރު އޮވެގެން ތިޔަ ދާއިރާގެ ހުރިހާ ކުރިއެރުމެއް ލިބޭނެ. މިހާރުވެސް ވަރަށް ފާޅުކަން ބޮޑުކޮށް ބުނެފި މަރަށް މަރު ނުހިފާނެ ވާހަކަ. ފަނޑިޔާރުގެ އެހެރަ ދޮވެ ސާފުވަނީ، އެކަމު ދެން އަންނަ ހުދުކާފޫރު ފަނޑިޔާރުގެއިންވެސް މަރަން ހުކުމްކޮށްފިނަމަ އެކަން މިސަރުކާރުން ނުކުރާނެ. އަދި ދެން އެގެއަށް ލާނެ ފަނޑިޔާރުން އެފަދަ ހުކުމެއް ކުރާނެ ކަމަކަށްވެސް ނުބެލެވޭ.
ތޭރަސުމެއްތޭރަ
18 June 2019
ކޮން ސަރުކާރަކުންތަ މަރަށް މަރު ހިފާ ގެން ތިއުޅެނީ؟