އެމެރިކާ އިން ރާއްޖޭގެ ޖަމިއްޔާތަކަށް އެހީ ދިނުމާ ބެހޭ ގޮތުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
23 ޖޫން 2019 - 16:28
ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި މީޑިއާތަކުން މުޖުތަމައަށް ފައިދާހުރި ޕްރޮގްރާމްތައް ހިންގުމަށް އެމެރިކާ އިން ދޭ އެހީ އަށް އެދި ޕްރޮޕޯސަލް ހުށަހަޅަން އެމެރިކާ އެމްބަސީން ހުޅުވާލައިފި އެވެ.
އެމެރިކާ އެމްބަސީން ބުނީ އެހީ އަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ކާމިޔާބުކުރާ އެންޖީއޯތަކަށް 15،000 ޑޮލަރާއި 24،000 ޑޮލަރާ ދެމެދުގެ އެހީދޭން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދޭ އެހީ ހޯދަން ޕްރޮޕޯސަލް ހުށަހެޅުމުގެ ހުޅުވާލީ މޭ 30 އިން އޮގަސްޓް 19 އަށެވެ.
ޖަމިއްޔާ، ޖަމާއަތްތައް މެދުވެރިކޮށް މުޖުތަމައު ބާރުވެރިކުރުމަށް އެމެރިކާ އިން އާއްމުކޮށް އެހީ ދެނީ ވަކި ބާވަތްތަކެއްގެ ޕްރޮގްރާމްތަކަށެވެ.
ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ ޕްރޮގްރާމްތައް
އިސްނެގުމުގެ ހުނަރު ކުރިއެރުވުމުގެ ޕްރޮގްރާމްތައް
ބާރުވެރިކުރުވުން
ޖެންޑާ ހަމަހަމަކަމާއި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ކުރިއެރުވުން
މިނިވަން މީޑިއާގެ ނަޒާހަތްތެރިކަން
ސިވިލް ސޮސައިޓީގެ ގާބިލްކަން އިތުރުކުރުން
ތަފާތު ދީންތަކުގެ މީހުންގެ މެދުގައި މަޝްވަރާކުރުން
ޕްލޭނެއް ނެތި، ނަތީޖާ މޮނިޓާ ނުކުރެވޭ ގޮތަށް ހިންގާ ޕްރޮގްރާމްތައް
ތަރައްގީގެ މަޝްރޫއުތައް
މީހުންނަށް މުސާރަ ދިނުމާއި ހިންގުމުގެ އޮނިގަނޑާ ގުޅޭ ޕްރޮގްރާމްތައް
އެހެން އެހީއަކުން ހިންގާ ޕްރޮގްރާމެއް ފުރިހަމަކުރަން
އަސްކަރީ އަދި ސިޔާސީ ހަރަކާތްތަކާއި އިމާރާތްކުރުމުގެ މަޝްރޫއުތައް
ވަކި ދީނެއް ކުރިއެރުވުމުގެ ހަރަކާތްތައް
އެމެރިކާ އެމްބަސީން އެހީ ދޭ އުސޫލާއި އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅާނެ ގޮތްތައް އެމްބަސީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވެ އެވެ. އެމެރިކާ ސަރުކާރުން ރާއްޖޭގެ ޖަމިއްޔާ ޖަމާއަތްތަކަށް މީގެ ކުރިން ވެސް އެހީ ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދާ
24 June 2019
ޔޫއެސް އިން ރާއްޖޭގެ ޖަމީއާތަކައް އެހީވަންވީ ކީއްވެހޭ. ޔޫއެސް އިން ސަރުކާރައް އެހީގެ ފައިސާދީފަ ޖަމީއާތަކައި ގުޅޭކަންކަމުން ސަރުކާރައް ފަންޑު ކުރެވިދާއެވެ. ޔޫއެސް އިން ބޭނުންވެގެން އެއުޅެނީ ޖަމީއާތަކާއި އެކު ގުޅުން އުފައްދައިގެން ދިވެހި މުޖުތަމައުއާއި ކުޅެށެއެ. އެއީ އެމީހުން ބެނުންވާ ބައްޓަން މުޖުތަމައުއައް ގެނުވަން. އެމީހުން ބޭނުންވަނީ ރާއްޖޭ ދީނީ މިނިވަންކަމާއި ދިމާލައްގެންދަން. މިއީ ސޯޝަލް އިންޖިނިއަރިން މަޝްރޫއެއް.
އަނެއްކާ
23 June 2019
އެހީ ދޭނެ ޕްރޮގްރާމްތައް "ތަފާތު ދީންތަކުގެ މީހުންގެ މެދުގައި މަޝްވަރާކުރުން" 100% މުސްލިމުގައުމެއްގައި މިކަހަލަ ޕްރޮގްރާމެއް ހިންގުމަށް ހިތްވަރު ދިނުމުގެ މާނައަކީ ކޮބައިބާ؟
ގަމާރުމީހާކީކޭ ބުނާނީ
24 June 2019
ކޮން 100 ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
އަލްޖިބްރާ
23 June 2019
އެމެރިކާ މީހުންނަކީ ވަރަށް އަޑި ނުބައިބައެއް ! އެމީހުން އެހީތަށް ދީފާ އެ ޤައުމެއް ހަލާކުކުރުމަށް ދިމާކުރާނެ ! އެންމެ ފުރަތަމަވެސް ހަލާކުކޮށްލާނީ އެޤައުމެއްގެ ޒުވާނުންގެ ސިކުޑިތަށް ! " އެދުމެއް ނެތި ވެދުމެއް ނުކުރާނެ " !
މީމުށަވިޔަނި
23 June 2019
ދެން އަހަރެން ތިމާވެށި ހިމާޔަތް ކުރުމުގެ ނަމުގައި ދަރިންނަށް ސްކޮލަރ ސިޕު ހޯދައިދިނީމާ އެނިމުނީނު؟
ދެން
23 June 2019
ދެން ދެ ރުފިޔާވެސް އެހީ އެހީއަކަށް ވެދާނެ. އަދި އެމެރިކާ ވީމަ ދެ ރުފިޔާ ދިނަސް އެއީ ވަރަށް ބޮޑު އެހީއެއްކަމަށް ދެކިގެން އަޅުގަނޑުމެން މި ތިބެނީ. އިރުމަތީގެ ގައުމުތަކުން ގައުމުގައި ބޮޑެތި މެގަ ޕްރޮޖެކްޓް ހިންގަން ކިތައްމެ މިލިއަނުން ހިލޭ ޑޮލަރު ދިނަސް އެއަށްވުރެ ނުބައި ބައެއް ދުނިޔެ މަތީގެ ނެތްކަމަށްވެސް އަހަރުމެންނަށް އެބައި މީހުން ވިސްނައި ދިނީމަ އެކަން ގަބޫލްކޮށް އަހަރުމެން މިތިބެނީ.