27 ޖޫން 2019 - 15:12
އައްޑޫ އާ ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދޭން ޕްލޭނިން މިނިސްޓްރީން ބޭރުގެ ބަޔަކަށް މިއަދު ހަވާލުކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ އެއް މިލިއަން ޑޮލަރުގެ ފަރުނީޗަރާއިި އެކްސެސަރީޒް ސަޕްލައިކޮށް އިންސްޓޯލްޓުކުރަން ހަވާލުކުރީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ އަލްކޭ ތުރްމަކްސް ޖޮއިންޓް ވެންޗާ ކުންފުންޏަަކަށެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގާއި ތުރުކީ ކުންފުނީގެ ޓެކްނިކަލް އޮފީހުގެ ޗީފް ބެރިސްކަން ގޮގެބަކަންނެވެ.
އެ ތަކެތި ގެންނަން ތުރުކީ ކުންފުންޏާ ހަވާލު ކުރީ ގިނަވެގެން 65 ދުވަހެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއަށް ހަރަދުކުރަނީ އޮފިޑާއި ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުުގެ ލޯނުއެހީގެ ދަށުން 9.9 މިލިއަން ޑޮލަރު އަދި ދައުލަތުގެ ބަޖެޓުން 2.6 މިލިއަން ޑޮލަރު ކަމަށެވެ.
އައްޑޫގައި ހުޅުވަން ތައްޔާރުވަމުން އަންނަ އާ ހޮސްޕިޓަލަކީ 100 އެނދުގެ ތަނެކެވެ. އަދި މި ހޮސްޕިޓަލް ހިންގާނީ 2011 ގައި އައްޑޫގައި 17 ވަނަ ސާކް ސަމިޓް ބާއްވަން އިމާރާތް ކުރި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގަ އެވެ. އެ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރުއައި މެޝިން ވަނީ މިދިޔަ އަންގާރަ ދުވަހު ގެންގޮސްފަ އެވެ. އެ ބެހެއްޓުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެތަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅޮސް އުނދޯލި
27 June 2019
10 މިލިއަނަށް ހޮސްޕިޓަލް އަޅަން ބުނި ގުރޫޕު ހަމަ އެކަނި ފަރުނީޗަރަށް އެވަރު؟
ސުނީތާ
27 June 2019
ހޮސްޕިޓަލަކަށް ފަރުނީޝަރު ހޯދަން 10 މިލިއަން ޑޮލަރު. އެއީ 154 މިލިއަން ރުފިޔާ. ނުބައެއް އެބައުޅޭ
ސުއްޕް
27 June 2019
160 މިލިއަން ދިވެހި ރުފިޔާ އަށް ކިތައް ޑޮކްޓަރުން ގެނވޭނެބާ. މިހާރު ވެސް މިއުޅެނީ 4 ޑޮކްޓަރުން 6 މަސް ވަންދެން ހަރު ނުލައިގެން.
ަހަސަން ސުޖާއު
27 June 2019
ފަރުނީޗަރ ގެނަން ހަވާލުކުރި ތުރުކީ ކުންފުންޔާ އަލޯރާ ފަރުނީޗަރާއި ގުޅުމެއް އޮތްކަމުގެ ވާހަކަތަކެއް އެބަދެކެވޭ.
ޕްރީޕެއިޑް ތުންބިބީ
27 June 2019
އަޑީގައި ދިވެހި ބަޔަކު ތިބޭނެއެވެ. ޚަރަދު ކުރާނީ ބޭރު ބަޔެކެވެ. ކަޓް ލިބޭނީ ދިވެހި ބަޔަކަށެވެ.
ކެޔޮޅުބޭ
27 June 2019
ރަގަޅު ނުން. ކޮންމެ ވެސް އެއްޗެއް ދިވެއްސަކަށް ލިބެންޏާ އޯކޭ ނުން.
ޑިމިޓުރީ
27 June 2019
ހުނަރުގެ ދުވަހާ ޒާތްޒާތުގެ ދުވަހު ލިޔެލޭޖެހި ލަކުޑިކޮޅަކާ ކޮށާފަ އޮންނަ ހިރިގާކޮޅެއް ދައްކާފަ ބުނަނީ ދިވެހިންނަކީ ވަރަށް އުފެއްދުންތެރި ބައެކޭ. އެކަމަކު އަދަރާދަގޮނޑިގަނޑެއް ހޯދަންވެސް މިޖެހެނީ ބޭރުބަޔަކުލައްވާ.