02 ސެޕްޓެމްބަރ

September 02, 2019 6
މީހެއްގެ ބަނޑަށް ކުއްޖަކު މަރުވި މައްސަލައެއް ބަލަނީ

އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި އެޑްމިޓްކޮށްފައި އޮތް މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި ކަމަށް ބުނާ މައްސަލައެއް އެތަނުން ބަލަން ފަށައިފި އެވެ.

01 ސެޕްޓެމްބަރ

September 01, 2019 2
ސައިކަލަކުން ވެއްޓި އަނިޔާވި މީހަކު އައިސީޔޫގައި

އައްޑޫ ގައި މިއަދު ހެނދުނު ސައިކަލަކުން ވެއްޓި އަނިޔާވި މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫ ގައި ފަރުވާދޭން ފަށައިފި އެވެ.

28 އޯގަސްޓް

August 28, 2019 14
މަރަދޫގައި އަނިޔާކުރި މީހާ ފަރުވާ އަށް މާލެ ފޮނުވާލަނީ

ވައްކަންކުރި ކަމަށް ބުނާ މައްސަލައެއްގައި އައްޑޫ މަރަދޫން ބަޔަކު އަނިޔާކުރި ކަމަށް ބެލެވޭ މީހާ އިތުރު ފަރުވާ އަށް މާލެ ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް...

August 28, 2019 18
އައްޑޫގައި ސީ އެމްބިއުލާންސްގެ ހިދުމަތް ހުއްޓިފައި

އައްޑޫގައި ސީ އެމްބިއުލާންސްގެ ހިދުމަތް ހުއްޓިފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށާއި މިކަމާ ގުޅިގެން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ހިތަދޫ ރީޖަނަލް...

10 އޯގަސްޓް

August 10, 2019 4
ނަފްރަތު އުފައްދަން ބޭނުން ކުރީ ފޭކް އެކައުންޓެއް

އިންޑިއާގެ ބެލުމުގެ ދަށަށް ރާއްޖެ ގެންދަން ސޯޝަލް މީޑިއާގައި ގޮވާލީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ ޑޮކްޓަރެއް ނޫން ކަމަށާއި އެއީ އެ ޑޮކްޓަރުގެ ނަމުގައި ހަދާފައިވާ ފޭކް އެކައުންޓަކުން ކޮށްފައިވާ ޓްވީޓެއް ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

29 ޖުލައި

July 29, 2019 14
އައްޑު އަށް އާސަންދަ ޕޯޓަލް ތައާރަފް ކުރަނީ

އައްޑޫގައި ސިއްހީ ހިދުމަތް ދޭ ހުރިހާ މަރުކަޒަކަށް އާސަންދައިގެ "ވިނަވި" ޕޯޓަލް ތައާރަފު ކުރަން ނިންމައި، އެކަމާ ގުޅޭ މަސައްކަތްތަކަށް އެ ކުންފުނީގެ ޚާއްސަ ޓީމެއް އެ ސިޓީ އަށް ހިނގައްޖެ އެވެ.

22 ޖުލައި

July 22, 2019 38
އާ ހޮސްޕިޓަލަށް ކިޔަނީ "އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް"

އައްޑޫގައި ހަދާ 100 އެނދުނުގެ ޓާޝަރީ ހޮސްޕިޓަލަށް "އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް" ކިޔަން އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

17 ޖުލައި

July 17, 2019 20
މިވަގުތަށް އުފާވެރިކަމެއް، ވޯޑުތައް އޭސީކޮށްފި

ހޫނުގަދަވުމުގެ ސަބަބުން އެތައް ބައެއްގެ ޝަކުވާ އިތުރުވެފައިވަނިކޮށް، އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހުރިހާ ވޯޑުތައް އޭސީކޮށް މިހާތަނަށް ނުލިބިވާ ޑޮކްޓަރުން ހަމަކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

27 ޖޫން

June 27, 2019 7
އައްޑޫ އާ ހޮސްޕިޓަލަށް ފަރުނީޗަރު ހޯދަން ބޭރު ބަޔަކަށް

އައްޑޫ އާ ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދޭން ޕްލޭނިން މިނިސްޓްރީން ބޭރުގެ ބަޔަކަށް މިއަދު ހަވާލުކޮށްފި އެވެ.

25 ޖޫން

June 25, 2019 57
އައްޑޫ އާ ހޮސްޕިޓަލްގެ އެމްއާރްއައި މެޝިން ގެނެސްފި

އައްޑޫ އާ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރްއައި މެޝިން ރޭ ފަތިހު އައްޑު އަށް ގެނެސްފި އެވެ.

27 މެއި

May 27, 2019
މެޑިކަލް އޮފިސަރުންނާއި ފިޒިއޮތެރަޕިސްޓުން ހޯދަނީ

ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ހޯދަން އިއުލާންކޮށްފި އެވެ.

25 މެއި

May 25, 2019 33
މުވައްޒަފުންނާއި ޖާގައިގެ ދަތިކަން ބޮޑު: ވަހީދު

އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް މި ވަގުތު ދިމާވެފައިވާ އެންމެ ދައްޗަކީ އިމާރާތް ބާވުމުގެ މައްސަލަ އާއި ބޭނުންވާ ވަރަށް މުވައްޒަފުން ނެތުމުގެ މައްސަލަ ކަމަށް އެ ހޮސްޕިޓަލް ހިންގެވުމާ އަލަށް ހަވާލުވެވައިގަތް އަހުމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

21 މެއި

May 21, 2019 22
ތުއްތުކުއްޖާ މަރުވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަނީ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެވެން ނެތިގެން އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދެނިކޮށް މަރުވި ތުއްތު ކުއްޖާގެ މަރުގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

07 މެއި

May 07, 2019 28
އައްޑޫ އާ ހޮސްޕިޓަލް އޮގަސްޓްގައި ހުޅުވޭތޯ ބަލަނީ

އައްޑޫގައި ހަދަމުން އަންނަ އާ ހޮސްޕިޓަލްގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެތަނުން ހިދުމަތް ދޭން ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ހިންގެވުމާ ހަވާލުވެ ހުންނެވި ޝާހް ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

25 ފެބުރުއަރީ

February 25, 2019 3
އައްޑޫ މާރާމާރީއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

އައްޑޫ ހިތަދޫގައި، ރޭ ފަތިހު ތޫނު އެއްޗަކުން އިންޑިއާގެ މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ތިން މީހަކު މިރޭ ހައްުޔަރުކޮށްފި އެވެ.

February 25, 2019 11
އައްޑޫގައި ޒަހަމްކޮށްލި ބިދޭސީއަކު އައިސީޔޫގައި

ރޭ ފަތިހު، އައްޑޫ ހިތަދޫގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ޒަހަމްކޮށްލައިފި އެވެ.

06 ޑިސެމްބަރ

December 06, 2018 10
ހެލްތު މިނިސްޓަރު އަމީން އައްޑޫގައި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމާ ހަވާލުވެވަޑައިގަތް ފަހުން އަތޮޅަކަށް ކުރައްވާ ފުރަތަމަ ދަތުރުގައި މިއަދު އައްޑު އަށް ވަޑައިގެން އައްޑޫގެ ސިއްހީ ދާއިރާގެ ކަންކަން ހުރި ނެތް ގޮތް ބެއްލުމުގެ މަސައްކަތް ފައްޓަވައިފި އެވެ.

28 އޮކްޓޯބަރ

October 28, 2018 14
އައްޑޫގައި ހުޅުބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަން މާދަމާ

އައްޑޫގައި ހުޅު ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މާދަމާ ކުރަން ތައްޔާރުވެއްޖެ އެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މި އޮޕަރޭޝަން ކުރާ ފުރަތަމަ ފަހަރެވެ.

08 އޮކްޓޯބަރ

October 08, 2018 4
އޭޑީކޭގެ ފްރީ މެޑިކަލް ކޭމްޕެއް އައްޑޫގައި ބާއްވަނީ

ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭގެ މެޑިކަލް ކޭމްޕެއް އައްޑޫގައި ބާއްވަން ނިންމައިފި އެވެ.

07 އޮކްޓޯބަރ

October 07, 2018 7
ވަޅި ހެރުމުގެ ތުހުމަތުގައި ކުޑަކުއްޖަކު ހައްޔަރުކޮށްފި

ރޭ ސ. މަރަދޫގައި ޒުވާނަކަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި، 17 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.

October 07, 2018 16
މަރަދޫ މާރާމާރީގައި ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސް

މަރަދޫގައި ރޭގެ ވަގުތެއްގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސްވެ އިތުރު ފަަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

22 ޖުލައި

July 22, 2018 5
ހިތަދޫގައި މާރާމާރީއަށް ފަހު ސައިކަލެއްގައި ރޯކޮށްލައިފި

އައްޑޫ ހިތަދޫގައި، މިރޭ ގުރޫޕް މާރާމާރީއެއް ހިންގުމަށް ފަހު، އެ ރަށުގައި ސައިކަލެއްގައި ރޯކޮށްލައި އަންދާލައިފި އެވެ.

12 ޖުލައި

July 12, 2018 8
އެކްސިޑެންޓްވި އަންހެން ކުއްޖާ އަދިވެސް ހެއެއްނާރާ

އައްޑޫގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓްގައި ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބުނު ޒުވާން އަންހެންކުއްޖާ އިތުރު ފަރުވާ އަށް ރޭ ދަންވަރު މާލެ ފޮނުވާލައިފި އެވެ.