އިސްލާމިކް އެންސައިކްލޮޕީޑިއާގެ ފުރަތަމަ ބައްދަލުވުމުގައި ޝަހީމް (މ) ބައިވެރިވެ ވަޑައިގަންނަވަނީ
27 ޖޫން 2019 - 18:41
އިސްލާމް ދީނާ ގުޅޭ ކަންކަމުގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ އިސްލާމިކް އެންސައިކްލޮޕީޑިއާ އޮން ޓޮލަރެންސް ޕްރޮޖެކްޓުގެ ވެރިއަކަށް، ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސައިފި އެވެ.
މިއީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި ސަވްތު އަލް ހިކްމަ އިންސްޓިޓިއުޓާ ގުޅިގެން ފަށާ ބައިނަލްއަގްވާމީ ބޮޑު މަޝްރޫއެކެވެ. އެކި ރޮނގުތަކުން ހާއްސަވެފައިވާ ދީނީ އިލްމުވެރިންނާއި ރިސާޗު ޓީމުތަކުގެ ބެލުމުގެ ދަށުން ފަށާ މި މަޝްރޫއުގެ އެންމެ އިސްވެރިއަކަށް ޝަހީމް ހަމަޖައްސަވައި، އެކަމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
ސަވްތު އަލް ހިކްމަ އިންސްޓިޓިއުޓުން ބުނިގޮތުގައި މި ޕްރޮޖެކްޓުގެ މަގްސަދަކީ ކެތްތެރިކަމާއި ސުލްހަވެރިކަމާ ގުޅޭގޮތުން އިސްލާމް ދީނުގެ އަސްލު މީހުންނަށް އަންގައިދިނުމެވެ. ޑިޖިޓަލްކޮށާއި ފޮތެއްގެ ގޮތުގައި ނެރޭ މި އެންސައިކްލޮޕީޑިއާގައި ސުލްހަވެރިކަމާއި އޯގާތެރިކަމާ ގުޅޭގޮތުން ކީރިތި ގުރުއާނުގެ އާޔަތްތަކާއި ރަސޫލާގެ ހަދީސްފުޅުތައް ހިމެނެ އެވެ. އަދި އިސްލާމް ދީނުގެ މުހިއްމުކަމާއި އިސްލާމްދީނާ ދެކޮޅަށް ދައްކާ ވާހަކަތަކަށް މި ޒަމާނާ ގުޅޭގޮތުން ރައްދުދީ މައުލޫމާތު ހިމަނާނެ ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ.
ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުކަން ވެސް ކުރެއްވި ޝަހީމަކީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރެވެ. އަދި އެ ޖަމާއަތުގެ ފިކުރީ ގޮފީގެ ވެރިޔަކީ ވެސް އޭނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޖޯ
06 July 2019
މިޒަމާނުގެ އަރަބިންތިބީ ކޮރަޕްޓްވެފަ. އެމީހުނަށް ކަމުދާނީ ވެސް ކޮރަޕްޓް މީހުން. ފައިސާ ދީގެން އެމީހުން ބޭނުންވާ ގޮތަށް ތާރީހް އަދި މައުލޫމާތުވެސް ބަދަލު ކުރވޭނީ އޭރުންތާ
ނަންނި
28 June 2019
މަރުހަބާ ޑރ. ޝަހީމް. އިސްލާމްދީން ކުރިއަރުވަން ތިޔަ ކުރައްވާ މަސައްކަތަށް ކާމިޔާބީ އެދެން. އިންޝާﷲ
ޙުސް
28 June 2019
ޝަހީމްގެ ނަން ބުނުމުން އަބަދުވެސް ބަގާވަތުގެ އިސް މީހުންގެ ލިސްޓުގަ ހިމެނޭނޭ، މީ ޝަޙީމުދެގެ ފޫހިވާ ކަމަކީ. މި ލައްގަންޑު ފިލުވައެއް ނުލެވޭނެ.
ދަންނަ ނުދަންނަ
28 June 2019
ބަޣާވާތަކީ ކޮބައިކަން އެނގޭބާ؟ ބަޣާވަތަކީ މުސްލިމް ގައުމެއްގެ ވެރިޔަކާ ދެކޮޅަށް ބަޔަކު މީހުން ނުކުތުން. އެކަން ފާޅުގައި މިރާއްޖޭގައި ފަށާފައި އޮތީ 2006 ގައި. މަގުތަކަށް ނުކުމެ ހޯބޯލަވައި ހިތުހުރި އެއްޗެއް ގޮވައި ހެދީ އޭރު. އޭގެ ފަހުން އެކަން މިއޮތީ އާންމުވެފައި.
ހަސަން ފިކުރީ
27 June 2019
ސައުދީ ކްރައުން ޕްރިންސް މުހައްްމަދު ބިން ސަލްމާންގެ ނޭއްގާނީ ކަމާހުރެ އިތުބާރުހުރި މޮޅު އިލްމުވެރިން މިހާރު ތި އޯއައިސީގެ ކަންކަމާ ނޫޅޭ ... ތިޔައީ މިހާރު ސައުދީ ގެންގުޅޭ ޕަޕެޓް އޯގަނައިޒޭޝަނެއް... މެދުމިން ކަމޭ ޓޮލަރެންސޭ ކިޔާފައި ނެރޭ 'ލަވަ' އަލްބަމު މި ދުވަސްވަރު އެންމެ ހިނގާނީ ... އެހެންވެ ސައުދީން މިހާރު ޖަހާ ލަވައެއް ..އަސްލަކީ އަދި ވެސް ތި ސައުދީ އޮތީ ހަރުކަށި ފިކުރުގެ މަތީ.. އަނެއްކާ ތިޔައީ އަސްލު އިންސައިކްލޮޕީޑިއާ އެއްވެސް ނޫން ...
ތިވެސްދެންކަމެއް؟
27 June 2019
ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން އިސްލާމީ އުއްމަތް ކުރިއަރުވާ ޕްރޮޖެކްޓެއް ފަށަނީ ކޮންއިރަކުންތޯ.
ނަން
27 June 2019
ކޮބާ އިމްރާން. ލަދު ގަނޭތަ؟
ކޮންކަމަކާ
28 June 2019
ކޮންކަމަކާ އިމުރާނު ލަދުގަންނަށްވީ
ޝަހޫ
27 June 2019
މަރުހަބާ ޗާންސެލަރ.. މިސްޔޫ އަލޮޓް....
ކުރުކޮށް
27 June 2019
ބޭރުންދާ އޮޑިޔަކަށް މި ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތެއްގެ ނިވަލެއް ނޯންނާނެ އެވެ
ހަމައޮޅިއްޖެ
27 June 2019
ޝަހީމަށް މަރުޙަބާ އެވެ! ނަމަވެސް ރައީސް ޔާމީންގެ ނައިބު ރައީސެއްގެ ހުވަފެން ބައްލަވަމުން ގެންދެވި އިރު ޝަހީމް އުޅުއްވި ހުތުރު ގޮތުން ޝަހީމަކީ ކިހާވަރެއްގެ އިޚްލާޞްތެރި އެއްކަން ހާމަވެއެވެ. ކިތަންމެ ބޮޑު ޕްރޮޖެކްޓެއް ލިބިވަޑައިގަތަސް މިހިތުގައި ޝަހީމަށް ކުރިން އޮތް ޤަދަރާއި، ޢިއްޒަތް ފުހެވުނުތާ ކިތަންމެ ދުވަހެކެވެ.
ބޮޑުމީހާ
27 June 2019
މަރުހަބާ. ޝަހީމަށް ހެޔޮގޮތް މެދުވެރިކުރައްވައި މަސައްކަތުގައި ބަރަކާތް ލައްވާފާންދޭއެވެ. އާމީން