ނަޒާހާތްތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ފެނަކައިން އިގްރާރު ވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު
17 ޖުލައި 2019 - 20:11
ރައްޔިތުންނަށް އިތުބާރު ކުރެވޭ ފަދަ ގޮތަކަށް ކަރަންޓުގެ ހިދުމަތް ދެވޭނީ މިހާރުގެ މެނޭޖްމެންޓުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށާއި އެއީ ކުރިން އެ ތަން ހިންގަން ތިބި މީހުންގެ ސަބަބުން މެދުވެރިވެފައިވާ ހާލަތެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
މިދިޔަ ސަރުކާރުގައި ފެނަކަ އިން ހިދުމަތް ދީފައިވާ ގޮތާ މެދު ފާޑުކިޔަމުން، އެ ކުންފުނީގެ މިހާރުގެ މެނޭޖްމެންޓުން ނެެރުނު ނޫސް ބަޔާނުގައި ބުނީ މީގެ ކުރިން ފެނަކަ ހިންގި ފަރާތްތަކަށް ކުންފުނި ހިތަކަށް ލިބި "ސައްބުބޭގެ ހުނިގޮނޑި" ފަދައިން ކަންވެ ގޮސްފައިވާ ވާތީ، ހިދުމަތް ދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
ފެނަކައިން ބަޔާން މި ނެރުނީ، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް، ފެނަކަ ނުހިންގި ބޮއްސުންލައިގެންދާ މަންޒަރު ފެންނަ ކަމަށް ވިދާޅުވެ ފާޑުވިދާޅުވުމާ ގުޅިގެންނެވެ. ނިމާލް ވިދާޅުވި ގޮތުގައި ފެނަކަ އިން މިހާރު ދައްކަމުން ދާ ވާހަކަތަކަކީ ކުންފުނި ނުހިންގުމުން އެކަމުން ރެކެން ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ.
ނިމާލްގެ މައްޗަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏަކާއި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ފެނަކަ ކޯޕަރޭޝަނަށް ތިން ގުނަ އަށް ވުރެ ބޮޑު އަގުގައި ޑީސަލް ގަތް ކަމަށް ތުހުމަތުކޮށްފަ އެވެ.
އެކަމަކު އެކަން އޭނާ ދޮގުކުރައްވަ އެވެ.
ފެނަކައިގެ ނޫސް ބަޔާނުގައި ބުނީ 2012 ވަނަ އަހަރު އެ ކުންފުނި އުފެއްދީއްސުރެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމަ އަށް ވެސް ރަށްރަށުގެ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ލިބިފައިވާ ނުވާ ކަމަށެވެ. އަދި އެކަމާ، މިއަދުގެ ސަރުކާރާއި ފެނަކައިގެ މިހާރުގެ އިސް ވެރިން ހިތާމަކުރާކަމަށް ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި ރައްޔިތުންނަށް އެންމެ ރަނގަޅު ހިދުމަތް ދިނުމަށް ވޭތުވެ ދިޔަ ހަ އަހަރުގެ ތެރޭގައި އެ ތަނަށް ވަނީ ތަފާތު އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެކަމަކު ހިދުމަތް ދިނުމަށް ނުކުޅެދި، ކަރަންޓުގެ ހިދުމަތުން ރައްޔިތުން މަހުރޫމްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ނުސީދާކޮށް ނިމާލަށް ފާޑު ކިޔަމުން ފެނަކައިގެ ބަޔާނުގައި ބުނީ ކުރިން ކުންފުނި ހިންގަން ތިބި މީހުން ހޯދި ނާޖާއިޒް ފައިދާއިން ރެކި، އަދި މިއަދު އެ ކުންފުނި ނަޒާހާތްތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތަށް ފަސް އަޅާ ފޮރުވަން އުޅުމަކުން، ކުރިން ހިންގާފައިވާ ޖަރީމާތައް ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށެވެ.
ފެނަކައިން ބުނިގޮތުގައި އެ ކުންފުންޏާ ގުޅޭގޮތުން އެތަނުގެ ކުރީގެ ވެރިން އެކި ވާހަކަތައް ދައްކަވަމުން ގެންދަވަނީ ކުންފުނީގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތްތައް ރައްޔިތުންނަށް ހާމަވަމުން ދާތީ އެކަމުގެ ނުތަނަވަސް ކަމުގަ އެވެ.
"މާޒީގައި ކުންފުނި ހިންގުމަށް ބޭނުން ކުރި ބޭނުންތަކަށް ދެން މި ކުންފުނިން އިތުރަށް ފުރުސަތު ނުލިބޭނެ އެވެ. އަދި ކުންފުނީގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މީހުންނާ ބެހޭގޮތުން ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެމެވެ." ފެނަކައިގެ ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣުއިއްޒު
18 July 2019
ވަގުން ހިފުން މާބޮޑަށްވެސް ލަސްވެއްޖެ.
ވާލުސޮރު
18 July 2019
ފެނަކަގެ ވައްކަންތައް ހިނގީ ސިއްރަކުން ނޫންދެއްތޯ
ހުޒާމްކަޅޭ
18 July 2019
ކުރީގެ ވެރިންނަށް ވައިޖަހައިގެން އަހަރެން ޖެއްސި ހުރިހާ ގޭމެއް ބޭކާރުވީ. ހާދަ ދެރަޔޭ.
ނެގުނުކަތީބު
18 July 2019
ވެރިކަން ލިބި ކުންފުނިތަކާއި އޮފީތަށް ހިންގަންދިނީ ކުރިން ތިބިމީހުން ކަންކުރިގޮތް އެހާ ރަނގަޅުކަމަށް ގިނަ ރައްޔިތުންނަށް ގަބޫލުނުކުރެވޭތީ! ދެން އެވާހަކަ މިހާރުތިބި ބޭފުޅުން ދެއްކުން ބުއްދިވެރިއެއްނޫން. މިހާރު ޖެހޭނީ ކަރަޕްސަނާއި ނުލައި ދެފުއްފެންނަގޮތަށް ތަން ތަރައްގީކޮށް ޚިދުމަތްދޭން. ނުދެވޭނަލަ އިސްތިއުފާދޭން. މާޒީގައި ތަންތަން ދަވާލުމުގެ ރެކޯޑް އޮތް ބޭފުޅުންނަށް ވެރިކަން ލިބުނީމާ ކަޓުނެގުން ބޮޑުވާނީ.
ލޯކަ!
18 July 2019
ކުރިން ތިބިމުވައްޒަފުންނަށް ފަހުން އަންނަ މުވައްޒަފުން އެއްޗެތިގޮވަނީ ތަން ދަވައިލުމަށް މަގުފަހިކުރުމުގެ ގޮތުން ނެވެ.
2019
18 July 2019
ތީ ވަރަށް ތަޖުރިބާ ކުރެވިފައިވާކަމެއް!
ސާރީ
18 July 2019
ކަލޯމެންގެ ދައުރު ނިމި އަހަރެމެންގެ ދައުރުއައީމަ ހަމަ ފިސާރި ވަރުގަދައައް ކަލޯމެންނައްވެސް ފާޑުކިޔާލާނަމެވެ.
އާމިނަތު ނަޒުނާ
17 July 2019
އަޅުގަނޑު މީ ފެނަކައިގެ ކުރީގެ ސީނިއަރ އިންޖިނޭރެއްގެ ގޮތުގައި ވަޒީފާ އަދާކުރިމީހެއް، އާދެ! ފެނަކައިގެ މިހާރުގެ މެނޭޖުމެންޓުން 17 ޖުލައި 2019 ގައި ނެރެފައިވާ އާޓިކަލް ރިޕީޓުކޮށް ކިޔާލުމުން ކަމުގެ ހަގީގަތް ގަބޫލުކުރެވިއްޖެއެވެ. ގިނަރަށްތަކުގެ އިންޖީނުގެ ތަކުގެ އިންޖީނުތަކަށް ބޭނުންކުރާ ޑީސެލް ޓޭންކުތައް ހުރީ ޕީ ވީ ސީ ޓޭންކު އަދި އިންޖީނުތަކާއި ހަމަޔަށް އެސް ލޯން ހޮޅި، ވަރަށްވެސް ނުރައްކާ، އިހުމާލު ވިމީހުން ހިފާހައްޔަރުކޮށްޝަރީއަތްހިންގުމަށްފެނ