ޖޭޕީން މިދިޔަ އަހަރު ބޭއްވި ކޮންގްރެސްގައި ސައުދު (ކ-3) ބައިވެރިވެވަޑައިގަންނަވަނީ---ފޮޓޯ: ނިޝާން އަލީ/މިހާރު
22 ޖުލައި 2019 - 23:55
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނައިބު ރައީސަކަށް އަހުމަދު ސައުދު މިރޭ އިންތިޚާބުކޮށްފި އެވެ.
އެ ޕާޓީގެ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި، ނައިބު ރައީސްގެ އިތުރުން އިސްތިއުނާފު ކޮމެޓީގެ ޗެއާ ކަމަށާއި އިސްލާމީ ވަހުދުތަކުގެ ޗެއާ ކަމަށް ވެސް ބޭފުޅުން އައްޔަންކޮށްފައި ވެ އެވެ. އެގޮތުން އިސްތިއުނާފު ކޮމެޓީގެ ޗެއާކަމަށް އައްޔަންކޮށްފައިވަނީ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދެވެ. އިސްލާމީ ވަހުދަތުގެ ކޮމެޓީގެ ޗެއާއަކަށް ހަމަޖެއްސެވީ ކެޔޮދޫ ދާއިރާގެ ކުރީގެ މެމްބަރު މޫސާ ނިޒާރެވެ.
ޖޭޕީގެ ނައިބު ރައީސަކަށް ކުރިން ހުންނެވީ ޑރ. އަބްދުﷲ މައުސޫމެވެ. ނަމަވެސް ސިންގަޕޫރުގައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރެއްވުމުން އޭނާ ވަނީ ޕާޓީގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ސައުދަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އޭނާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ޕާޓީގެ އިދާރީ ކަންތައްތައް ބެލެހެއްޓުމެވެ.
އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމުގެ އިތުރުން އެހެން މުހިއްމު ކަމެއް ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން، މީގެ ފަހުން ބާއްވާ އިންތިޚާބުތަކުގައި ޖޭޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީ ޕްރައިމަރީއަކުން ކަން ކައުންސިލްގެ ބައްދަލުވުން ފާސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަހާފޮޑިދޮންތި//ފޭދޫ
23 July 2019
މުސްކުޅީން އުޅޭ މައުލޫދު ޕޓީއެއް
ހަކީމް
23 July 2019
" އިސްލާމީ ވަހުދުތަކުގެ ޗެއާ " .... ދީނީ ކާޑު ކޮންމެ ޕާޓީ އަކުންވެސް ކުޅެންވާނެ ..
އަމީނާ
23 July 2019
ގައުމު ފުނޑެމުންދާއިރުވެސް، މަގާމުތަކުގެ ދަހިވެތިކަމުގެ އަވާގައި ތިބެގެން އަދިވެސް އިތުރު މަގާމްތަކަށް މީހުން ނުލެވިގެންދޯ މިއުޅެނީ. މިހާރު މިގައުމުގައި ކުރާނެ މަސައްކަތެއް ނެތް، ވިޔަފާރިތައް ދަނީ ފުނޑެމުން. އެއްޗެއް ގަންނާނެ މީހަކު ނެތް. ޕިކަޕް ކާރު ދަތުރުތައް އިންތިހާއަށްވަނީ މަދުވެފައި. މިވަރު ވާއިރުވެސް މޫނުގަ ފުއްޖަހާގެން ރީނދޫ ޓައީ އަޅާގެން ވީ އަދި ރާ ޓީވީތަކަށް އަރާ ލަވަކިޔާފަ އަތްޖަހާއިރު އަޅެހަމަ ވާނުވާވެސް ނޭނގެނީ ހެއްޔެވެ.
ކޮމާކޯޅި
23 July 2019
ޕާޓީ މިނިވަންވަނީއޭ ބުނެ ތިޖެހުނީ ކޮންތާކު. ޢާއިލާ މީހަކަށް ނޫނީ ތިފުރުސަތުވެސް ނުދިން. ތިވާނީ ތިޔަޔަށް.
ސީސީސީ
23 July 2019
އެއްގޮތަކަށްވެސް ތިގޮތް ކަމަކުނުދޭ ؟ އެއިރުން ލީޑަރ ދެރަވާނެ ؟ ކާކު ކަމެއްނެތެ ޕާޓީހިންގަން ޚަރަދުކުރާނީ ؟
ބޮޑުމީހާ
23 July 2019
ތި ޕާޓީއަށް ކިޔަންވީ ކިންގް ޕާޓީ
ސާދާސީދާ
23 July 2019
" ސައުދަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ." މިއީ ސީދާ ޖޭޕީގެ ވަހުދަތު އަންގައިދޭ ނިންމުމެއް!
އަހްމަދުކަލޯ
23 July 2019
ސައުދުގެ ފޮޓޯއެއް ނެއް ދޯ؟
ސައުދު
23 July 2019
އާދެ ސައުދު އެ އިންނެވީ ކަނާއަތުން 3 ވަނަ އަށް. މަރުހަބާ ދަންނަވާ
ބިގަރޭ---
23 July 2019
މަރުހަބާ ސައުދު