ހިތަދޫ ގިރާ ސަރަހައްދުގައި ވެލި ބަސްތާތަކެއް ޖަހާފައި.
26 ޖުލައި 2019 - 13:13
އައްޑޫ ހިތަދޫ އުތުރު ފަރާތް ވަރަށް ބޮޑަށް ގިރައި، އެ ސަރަހައްދުގައި ހުރި ގެތަކުގެ ރައްޔިތުންގެ ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހިފައިވާތީ އެކަމަށް ހައްލެއް ހޯދައި ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބުނެފި އެވެ.
ކައުންސިލުން ބުނީ ހިތަދޫގެ ފުއްޓަރު ފަރާތުން ގިރަމުންދާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި، އެ ސަރަހައްދުގައި ޖިއޯ ބޭގްސް ޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
އެގޮތުން، އެކަމަށް މި އަހަރުގެ ބަޖެޓުގައި ތިން މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ވެސް ބުންޏެވެ.
ކައުންސިލުން ބުނި ގޮތުގައި މަސައްކަތް ކުރިއަށް ގެންދާނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ބެލުމުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ނަމަވެސް މަސައްކަތް ފެށޭނެ ސީދާ ދުވަހެއް ނުބުނެ އެވެ. ކައުންސިލުން ބުނީ ހިތަދޫ މޫލެކެޑެ ސަރަހައްދުން ފުއްޓަރު ފަރާތުން ގިރަމުންދާ ސަރަހައްދު ހިމާޔަތް ކުރުމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، އެ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ކައުންސިލްގެ ފަރާތުން ވަރަށް ފަހުން ވެސް ވެލިއަޅައި ޖަމްބޯ ބޭގްސް ޖެހި ކަމަށެވެ.
ނަމަވެސް ގިރުމުގެ މައްސަލަ ދުވަހުން ދުވަހަށް ގޯހުންގޯހަށް ދާތީ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. އެ ސަރައްދުގައި އުޅޭ މީހުން ބުނި ގޮތުގައި ގިރާ މައްސަލަ އަށް ހައްލެއް ހޯދައި ދޭން ސަރުކާރުގައި އެދޭތާ ވެސް މިހާރު 10 ވަރަކަށް އަހަރު ވެދާނެ އެވެ.
ހިތަދޫ ގިރާ ސަރަހައްދުގައި ޖަމްބޯ ބޭގްތަކެއް ކުރިން ބަހައްޓާފައި.
އެކަމަކު މިހާތަނަށް އައި އިރު ވެސް މި ކަންބޮޑުވުމަށް އެއްވެސް ސަރުކާރަކަށް ދާއިމީ ހައްލެއް ހޯދައި ދެވިފައި ނުވާތީ އެތައް ބަޔަކު ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހިފައިވާ ކަމަށް ބުންޏެވެ. ގިރާ ސަރަހައްދުގައި ހުރި ގެތަކަށް މިކަމާ ގުޅިގެން މާލީ ގޮތުން ވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.
އެގޮތުން، ގޭގޭގައި ގެންގުޅޭ ކަރަންޓު ސާމާނަށް ލޮނުގެ އަސަރުކޮށް ހަލާކުވާ މައްސަލަ ވެސް ބޮޑެވެ.
"އެކަމަކު އެ އަށް ވުރެ ބޮޑަށް މިތިބީ ނަފުސާނީ ބިރުވެރި ކަމެއްގެ ތެރޭގައި. މިހެން ގިރަމުން ގޮސް ގެއާ އެކު، ގިރައިގެން ހިނގައި ދާނެ ކަމުގެ ބިރު އެބައޮތް،" އެ ސަރަހައްދުގައި އުޅޭ މީހަކު ބުންޏެވެ.
"މިކަމަށް އެބަޖެހޭ ވީހާ ވެސް އަވަހަށް ހައްލެއް ހޯދައި ދޭން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްވާގެ ތެލެފޯނާ
27 July 2019
މި ސަރުކާރު އައިފަހުން މިހާ ބިޔަ ރާޅު ނަގަން ފެށީ ދޯ!
ބެއްޔާ އައްޑޫ
27 July 2019
ސޯބެ މެން މެމްބަރު އަސްލަމް ކޮންމެ އިންތިޚާބަކަށް ރައްޔިތުންނަށް ހައްލުކޮށްދޭން ވައުދުވާ ކަމެއް މިއީ. ރައްޔިތުން ބިކަކޮށް، ދަތިހާލުގައި އުޅެން މަޖުބޫރު ކުރުވަނީ ސިޔާސީ މަންފާ ހޯދަން. އަމަލުން ތިޔަކަމެއް ނުކުރާނެ. ނަމަކަށް ހިމާޔަތް ކުރަން ކަމެއް ނުކުރާނެއެކޭ ނޫން.
ކިރިކޭހާ
27 July 2019
ތިއީ ކުރިން ވަރަށް ބޮޑު ދޮންވެލިގަނޑަކާއި އަކިރި އޮންނަ ސަރަހައްދެއް. ނަމަވެސް 2011 އިން ފެށިގެން ވެލި ނަގައި ވިއްކައި ހުސްކުރީ. އެކަން ކުރާކަން ޕޮލިހުންނަށް އިނގޭ، ކައުންސިލަރުންނަށް އިނގޭ. ރޭގަނޑު ދަންވަރު ޕާޓޭމެން ޖަހާ ސަކަރާތް ނޭގޭ އެކަކުވެސް ނެތް، ނަމަވެސް ޕާޓީ ކުދިން ވީމާ އެއްކަމެއްވެސް ނުކޮށް ތިބީ. މިހާރު ދެން ވާނެއެއްޗެއް ތިއޮތީވެފައި.
ޙޯރަސް
26 July 2019
ބޯހަލާކު. ދެކުނު އުތުރުވެސް ނޭގޭ!
ކިރިކީލަ
26 July 2019
އެ ނިމުނީނު. ކޮބާ މައްސަލަ އަކީ؟ އަނެއްކާވެސް އަންނަ އިނތިޚާބުގަ ރާއްޖެތެރެ ފެންނާނީ.
މާގުރެޓު
26 July 2019
ހުސްނުވާވަރަށް ބިންއޮންނަ މާސިންގާ ރަށްރަށުގަ އެންމެ ގަދައަށް ރާޅުބިންދާ ހިސާބުގަ މޫދާޖެހިގެން ގެދޮރު އަޅައިގެން ތިބުމެކޭ ވޮލްކޭނޯއެއްގެ ބުޑުގައި ގެދޮރު އެޅުމެކޭ ކޮބާ ތަފާތަކީ. ގިރަންވެސް ޖާގަދޭންޖެހޭ، އެއީ ގުދުރަތީ ނިޒާމެއް.
އަށްޑޫ ކަތީބު
26 July 2019
ހާސްވާނެ ކަމެއްނެތް. މިފަހަރު ކައުންސިލްވެސް 7 0 އިން ދީފަ ބަހައްޓާ. އަށްޑޫ މީހުންނަކީ ހަމަ އެކަނި ވޯޓް ލާން ތިބިބައެއްކަން ނިމުނު 7 މަހުން އެގިއްޖެ. މިފަހަރުވެސް 7 0 ވާނެކަމަށް މިބަލަނީ. ވޯޓް ލެވޭޏެ ކަމެއް ނުކޮށްދެވޭނީ.
މުހައްމާ
26 July 2019
ކެއްތެރިވޭ ދެންއޮތީ އައްޑޫގެ ތަރައްގީގެ ޕޮލޭން އެކުލަވާލުން. އިގިރޭސި ރާނީގެ ރޮޔަލް ބޭންޑު ފަދައިން އޮޑި އަރަގުވާއިރުވެސް އެއްވާމެއްގައި ސަޕޯޓުކޮށްލަކޮށްލާ ތިބެންވާނެ. މާޔޫސްވުމެއްނެތް ނޭފަތުންމައްޗަށް އެރިއަސް ވަރިހަވިއްޔާ
އަށްޑޫ ކަތީބު
26 July 2019
ކަލޯ އެއްކަމެއްވެސް ނުވާނެ މަ ނުބުނަން ހުންނައެތިވެސް ބުނެވޭ ހިސާބަށް މިއަނަންނީ. އަށްޑޫގަ ތިބި މީހުން މަވެސް ލައިގެން ހޭ އަރާނީ ކޮންއިރަކުންބާވަޔޭ ހިތަށްއަރަނީ. 7 0 ކިޔާލައިގެން މިފަހަރު ވަރިހަމަ ވެއްޖެނަމަ ދެން އަށްޑޫގެ ނަންވެސް ދުއްވާލާނެކަން ނޭގޭ.
ޒުވާނާ.
26 July 2019
ހިތަދޫ އެކަންޏެއްނޫން ގިރަނީކީ ބައިވަރު ރައްރައްގިރާ ތީދެން ހަބަރެއްތަ