ނޯތު ކޮރެއާ އިން އެންމެ ފަހުން ފޮނުވާލި މިސައިލް ވަނީ 250 ކިލޯ މީޓަރަށް ދަތުރުކޮށްފައި. --ފޮޓޯ:އޭއެފްޕީ
31 ޖުލައި 2019 - 13:53
ސޯލް (ޖުލައި 31) - ނޯތު ކޮރެއާ އިން ކުރު ރާސްތާ ބެލިސްޓިކް ދެ މިސައިލް މިއަދު ފޮނުވާލާފައިވާ ކަމަށް ސައުތު ކޮރެއާ އިން ބުނެފި އެވެ.
މިއީ ހަފުތާއެއްގެ ތެރޭގައި ނޯތު ކޮރެއާ އިން މި ގޮތަށް މިސައިލް ފޮނުވާލި ދެ ވަނަ ފަހަރެވެ. ނޯތު ކޮރެއާ އިން މިސައިލްތަކެއް ޓެސްޓް ކުރަމުން މިދަނީ ސައުތު ކޮރެއާ އާއި އެމެރިކާ އިން އަސްކަރީ ތަމްރީނުތަކެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
ސައުތު ކޮރެއާގެ ޖޮއިންޓް ޗީފް އޮފް ސްޓާފުން ބުނި ގޮތުގައި ނޯތު ކޮރެއާ އިން ފޮނުވާލި ދެ މިސައިލް ޖަޕާން ކަނޑަށް ވެއްޓުމުގެ ކުރިން ވަނީ 250 ކިލޯ މީޓަރު 155 މޭލު) އަށް ދަތުރުކޮށްފައި ކަމަށެވެ. ސައުތު ކޮރެއާގެ ޑިފެންސް މިނިސްޓަރު ޖިއޯން ކިޔޯން-ޑޫ ވިދާޅުވީ ނޯތު ކޮރެއާ އިން މިއަދު ޓެސްޓް ކުރީ އާ މޮޑެލްއެއްގެ މިސައިލެއް ކަމަށެވެ.
މީގެ ހަ ދުވަސް ކުރިން ނޯތު ކޮރެއާ އިން ފޮނުވާލި ދެ މިސައިލް ވަނީ 690 ކިލޯ މީޓަރު (428 މޭލު) އަށް ދަތުރުކޮށްފަ އެވެ. ނޯތު ކޮރެއާ އިން އެ ފަހަރު ބުނެފައި ވަނީ އެއީ ހަމައެކަނި ސައުތު ކޮރެއާ އަށް އިންޒާރު ދިނުމުގެ ގޮތުން ކުރި މިސައިލް ޓެސްޓެއް ކަމަށެވެ.
ނޯތު ކޮރެއާ އިން ބުނެފައި ވަނީ އެމެރިކާ އާއި ސައުތު ކޮރެއާ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތަކަކީ މިދިޔަ އަހަރުގެ ޖޫން މަހު ރައީސް ޑޮނަލްޑް ޓްރަމްޕާއި ކިމް ޖޮން-އުން ސިންގަޕޫރުގައި ސޮއިކުރި އެއްބަސްވުމުގެ ރޫހާ ޚިލާފަށް ކުރަން އުޅޭ ކަމެއް ކަމަށެވެ. އެފަދަ ތަމްރީނުތަކެއް ބާއްވާ ނަމަ ނިއުކްލިއާ ހަތިޔާރު މަދުކުރުމަށް ކުރާ މަޝްވަރާތަކަށް އަސަރު ކުރާނެ ކަމަށް ވެސް ނޯތު ކޮރެއާ އިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
31 July 2019
ރާއްޖޭއިން ހަދާ މިސައިލްޓެސްޓް ކުރަން ފަޅުރަށެއް ހަމަޖައްސަދީބަލަ، އެބަހުރި ޓެސްޓްކުރަން ޖެހޭ މިސައިލް ކޮޅެއް. ނަމަނަމަ އުމަރު ކާރި ނުބުނާތި މަ ފޮރުވާގެންއުޅޭ އެތިކޮޅެއް.
ގުދުގުދާ
01 August 2019
އޭނާ މިސައިލްއެއް ބޭނުމެއްނުވާނެ! ދޭތެރެ ޖައްސާލަން ބޭނުންވާ އެތިކޮޅަކާ، ބެކްބޯން ގައި ޖަހަން ބޭނުންވާ ލަޓިބުރިއެއް އޭނާއަށް ބޭނުންވާނީ!