ދިވެހި ހައްޖުވެރިން ޖަމްރާތަކަށް ހިލަ އުކަން ދަނީ: ދިވެހި ހައްޖުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި.--- ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/މިހާރު
16 ސެޕްޓެމްބަރ 2016 - 19:25
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހިންގެ ފުރަތަމަ ގުރޫޕު މާދަމާ އެނބުރި މާލެ އަންނާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖަށް ދިޔަ 2،000 ދިވެހިންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ދިޔަ މީހުންނެވެ. ބާކީ މީހުން ދިޔައީ އެހެން ފަސް ގުރޫޕެއްގެ ބެލުމުގެ ދަށުންނެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެތަނުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންގެ ފުރަތަމަ ގުރޫޕު މާދަމާ ހެނދުނު މާލެ އަންނާނެ ކަމަށެވެ. ދެވަނަ ގުރޫޕު 19 ވަނަ ދުވަހު އަދި ތިން ވަނަ ގުރޫޕު 21 ވަނަ ދުވަހު އަންނައިރު އެންމެ ފަހު ގުރޫޕު މާލެ އަންނާނީ 24 ވަނަ ދުވަހު ކަމަށް އެތަނުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުގެ އިތުރުން މި އަހަރު މީހުން ހައްޖަށް ގެންދިޔައީ ޒައީމާ، އެކްރޯ، އަލް ހަރްމައިން އަދި މިނާ ގްރޫޕުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy