ޓީޗަރުންތަކެއް ސެމިނާރެއްގައި ބައިވެރިވަނީ. ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ވަރަށް އަވަހަށް އިއުލާނުކުރާނެ. ފައިލް ފޮޓޯ/މިހާރު
08 އޯގަސްޓް 2019 - 15:19
ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން އެކުލަވައިލަން ފެށި އާ އޮނިގަނޑުގެ މަސައްކަތް މިހާރު އޮތީ ނިމިފައި ކަމަށާއި އެ އޮނިގަނޑު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް އެެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތައް ކުޑަކަން ސަރުކާރުން ވެސް ގަބޫލުކުރާ ކަމަށެވެ. ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް އާ އޮނިގަނޑު އެކުލަވައިލީ ރައީސް އޮފީހާ ގުޅިގެން ކަމަށާއި އޯވަ ޓައިމް އަށް ވެސް ހެޔޮ ބަދަލެއް ގެންނަން ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް އޮފީހާ ގުޅިގެން އޮނިގަނޑުތަކަށް ބަދަލުތަކެއް އަޅުގަނޑުމެން ގެނެސްފިން. އެއީ މުދައްރިސުންގެ މުސާރަ ބޮޑުކުރުމަށް ޓަކައި، އަދި އޯވަ ޓައިމް އަށް ވެސް އަޅުގަނޑުމެންނަށް ގެނެވޭނެ ހެޔޮ ބަދަލުތަކަށް މިދަނީ މަޝްވަރާ ކުރަމުން. އަދި ހަމަ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މިކަން އަޅުގަނޑުމެން އިއުލާނު ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޓީޗަރުން ކުރާ މަސައްކަތަކީ ހަގީގަތުގައި ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެކަމަށް އެންމެ އެކަަށީގެންވާ ވަރުގެ އުޖޫރައެއް ނުވެސް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޓީޗަރުންނާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު އޭނާ ވިދާޅުވި ގޮތުގައި ރަނގަޅު ގުޅުމެއް އެބަ އޮތެވެ. އަދި ޓީޗަރުންނާ ގުޅޭ ކަންކަމުގައި މިނިސްޓްރީން އަންނަނީ ޓީޗާސް އެސޯސިއޭޝަނާ ވެސް މަޝްވަރާ ކުރަމުންނެވެ.
"އެއީ ހަމަ ޓްވެންޓީ ފޯ އަވާސް މަސައްކަތަކަށް ވާތީ ހަގީގަތުގައި އެކަށޭނަ އެއްޗެއް ނުދެވޭނެ. އެކަމަކު މުދައްރިސުންގެ ހާލަތު ރަނގަޅުކުރުމަށް ޓަކައި މިހާރު އަޅުގަނޑުމެން ވިސްނުންތަކެއް ވިސްނަމުން އެބަދަން،" އޭނާ ވިދާޅުވި އެވެ.
ޕްރައިމަރީ ގްރޭޑްތަކަށް ބޭރު ޓީޗަރުން ގެންނަ ފެށުމުން ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުމަށް ވެސް އައިޝަތު އަލީ މިއަދު ޖަވާބު ދެއްވި އެވެ.
އޭނާ ވިދާޅުވީ ބޭރު ޓީޗަރުން ގެންނަން ނިންމީ ތަމްރީނު ވެފައިވާ ދިވެހި ޓީޗަރުން ނުލިބިގެން ކަމަށެވެ. އެގޮތުން ޓީޗަރުން ގެންނަނީ ހަމަ އެކަނި އިންޑިއާ އިން ނޫން ކަމަށާއި ސަރަހައްދީ އެހެން ގައުމުތަކުން ވެސް ޓީޗަރުން ގެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕްރައިމަރީ ގްރޭޑްތަކުގައި އެ ދަރިވަރަށް ކިޔަވައިދޭ އެއްޗެހި އެހާ ކޮލިޓީ ރަނގަޅު ނޫންކަމުގައި ވެއްޖެއްޔާ ސެކަންޑްރީ ގްރޭޑްތަކަށް ދިޔައިމަ ވެސް ހަމަ އެ ރިޕީޓްވެގެން ދާނީ. އެހެންވީމާ ފުރަތަމަ ބިންގާ ރަނގަޅުކުރަން އެބަ ޖެހޭ. އެހެންވީމާ އެގޮތުގެ މަތިން ވިސްނާފައި އަޅުގަނޑުމެން ބޭރުން ޓީޗަރުން ގެންނަން ނިންމީ. ނަމަވެސް ވަރަށް ބޮޑަށް މިނިސްޓްރީން ސަމާލުކަން ދޭނެ އެ ގެނެވޭ މުދައްރިސުންނަކީ ކޮލިޓީ މުދައްރިސުންކަން ކަށަވަރު ކުރަން،" އައިޝަތު އަލީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންހުސޭނު
09 August 2019
"ޓީޗަރުން ކުރާ މަސައްކަތަކީ ހަގީގަތުގައި ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެކަމަށް އެންމެ އެކަަށީގެންވާ ވަރުގެ އުޖޫރައެއް ނުވެސް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ." މަޖްލިސް މެމްބަރުގެ މުސާރަ ކުޑަކޮށް ހަމަ އެވަރުގެ މުސާރައެއް ދީ ބަލަ ކެރެންޔާ....
ސސަމް
09 August 2021
އަމިއްލައަށް އިއްޒަތްތެރި ވެގެން އުޅޭ ބަޔަކާ އެއްވަރު ކުރެވިދާނެތަ ދުވަހަކުވެސް؟
ދޮންމަނިކު
09 August 2019
ޓީޗަރުންނަކީ ކޮންމެ ޤަމެއްކުރިއްރާ ދިޔުމުގެ އަސްލު މަންމަގެ އުގުންފެށިގެން ކައްވަޅައްދާންދެން މީހުން ބިނާކުރުން.
މުށި
09 August 2019
ހިޔެއް ނުވޭ ތިދުވަސް ފެންނާނެހެނެއް.
ނަންބަރު
09 August 2019
ޓީޗަރުންގެ މުސާރަ ބޮޑުރީ ނަމެއްގައި ހެއްޔެވެ. ނުވަތަ ކަމެއްގައި ހެއްޔެވެ. ކުރީ ސަރުކާރުންވެސް އޮނިގަނޑެއް ހަދައި މުސާރަ ބޮޑެއް ނުކުރިއެވެ. ދެންބުނަނީ ކުރިން ލިބުނު ވަރަށްވުރެ ބކުޑައެއްނޫނޭ ނޫންހެއްޔެ. މިހާރު ތިއޮތީ އޮނިގަނޑެއް ހެދިފަ ނޫންހެއްޔެވެ. ދެން ކޮންވާހަކައެއް ދައްކާކަށް ހެއްޔެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. ތީޗަރުންނަށް އިތުރު ވަގުތުގައި އާމްދަނީއެއް ހޯދުމަށް ކުރެވޭ އިތުރު ވަގުތެއް ނޯވެއެވެ.
ތަސް
09 August 2019
މުސާރައަކީ ކައްކައި ކެވޭ ރެންޓު ދެއްކޭ ބޭސް ކުރެވޭ ހުރިހާ ކަމެއްކުރެވޭ މެޖިކް ފޯމިއުލާ އެއްތަ؟އެއީ ހަމައަދަދެއް ކޮއިފުޅާ، 2000 ރުފިޔާއަށް މުސާރަ ބޮޑުވީ އަނެއްދުވަހު 2000 އެއީ ނުލިބޭ އެއްޗަކަށް އެބަ ހަދާލާ ބާޒާރުގެ އަގުތަކުންެެެެެެެެެެެެެެެ ރައްޔިތުން ގުބޯ ނަހައްދާ ރިއަލް އިޝޫސް ހައްލު ކުރޭ. ޓީޗަރުންވެސް ބޭނުންވަނީ ފުލެޓްތައް، ގޭގެ ކުލި ތަކެތީގެ އަގު އައްފޯރާފަށަށް އައުން. މުސާރަ ބޮޑުކުރިޔަސް އެކަމެއްނުވާނެ. ެެެެެ
ލަޓޯ
09 August 2019
ނޫނޭވާ ކޮބާތަ އިޤްތުސާދާއި ފައިނޭންސް މިނިސްޓަރު. ބަލަގަ މުސާރަ ބޮޑު ކުރެވިދާނެ އެކަމަކު ރިއަލް އިޝޫސް ހައްލު ކުރެވުނީމާ މައްސަލައިގެ އަސްލަށް ހައްލެއް ލިބޭނީ. އަސްލަކީ މީންސް އާއި އެންޑްސް މީޓްނުވުން. ތިގޮތަށް މީންސް ބޮޑު ކުރީމާ އަނެއް ދުވަހު އެންޑްސް އަތު ނުޖެހިގެން މިއުޅެނީ އަގުތައް އުފުލޭތީ. ހައްލު އެބައިނގޭތަ ދެ މިނިސްޓަރުންނަށް. ް
ހަނުހުންނަ މީހާ
09 August 2019
އޮނިގަނޑު އޮނިގަނޑު އޮނިގަނޑު މި އަޑުނީވޭ ދުވަހެއް ނުދޭ އެކަމަކު ދުވަހަކުވެސް މުސާރަ ބޮޑުވާތަނެތް ނާދޭ.
މަޖިލިސް
09 August 2019
އޮނިގަނޑު އެއީ ކަރުދާހުގައި އޮންނައެއްޗެއްނު. އޮނިގަނޑު ނިންމާނެ ވާހަކަ އެބުނީ....ހިއެއްނުވޭ މުސާރަ ބޮޑުކުރަންއުޅޭ ހެނެއް....ވާހަކަ ހުރީ ހީލަތްތެރި ރާގަކަށް.
މިއަދު
09 August 2019
ކޮލިޓީ ރަގަޅު ދިވެހިޓީޗަރުން ނުލިބިގެން ދިވެހިބަސް ރަގަނޅަށް ކިޔަވާނުދެވޭނަމަ ކޮލިޓީރަގަޅުޓީޗަރުން ލިބޭބަހަކުން ކިޔަވަދޭން ފަށަންވީނު އެއިރުން ބިންގާ ރަގަޅުކުރެވޭނީ ޓީޗަރުން ނުލިބެނީ ރަގަޅު މުސާރައެެއް ނުދޭތީއޭބުނަން އަދިވެސް ފަސްޖެނީ
އަކްރަމް
09 August 2019
ކުރީސަރުކާރުވެސް ޓީޗަރުންގެ މުސާރަ ދެފަހަރަށް ބޮޑުކުރި، ސިވިލްސާރވިސް ސްޓާފުންނަށް ލިބުނީ ކޯއެލަވަންސެއް، ކޯއެލެވަންްސް މުސާރާގެ %28 ވެސް ލިބުނީ ހަމައެކަނި ޓެކްނިކަލް ސްޓާފުންނަށް އެކަނި، ބާކީ ދެންހުރި ސްޓާފުންނަށް 1000ރ ވެސް ނުލިބޭ. މިފަހަރުވެސް ބޮޑުކޮށްފަ އަންނަ އަހަރުވެސް ސިވިލްސާރވިސް ހުރިހާ މީހުންގެ މުސާރަ ބޮޑުކުރާއިރުވެސް ބޮޑުކޮށްލަދޭތި.