ތ. ވޭމަންޑޫގައި ބަޔަކު ހަރަކާތްތެރިވަނީ: އީދު ފާހަގަކުރުމުގައި ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުކުރޭ
15 އޯގަސްޓް 2019 - 01:58
ތ. ވޭމަންޑޫގައި އީދު ފާހަގަކުރުމަށް ކުލަ ޖެހުމުގެ ތެރޭގައި އަންހެނަކާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާގެ އޮފިޝަލަކު ވިދާޅުވީ މެންދުރުފަހު ވޭމަންޑޫގެ 19 އަހަރުގެ ޒުވާނަކާ ބަދުއަހުލާގީ އަމަލު ހިންގައިގެން މިރޭ 7:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ތުހުމަތުކުރަނީ އެ ރަށުގައި އުޅޭ 31 އަހަރުގެ ސިފައިންގެ ވަޒީފާގައި އުޅޭ މީހަކަށެވެ.
"މި މައްސަލަ ވޭމަންޑޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ދަނީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި މަގުމަތިން ދަނިކޮށް އެ އަންހެން މީހާގެ ގައިގައި ކުލަ އުނގުޅި މަންޒަރު އެތަނުގައި މީހުން ތިބި މީހުންނަށް ފެނުނެވެ. ނަމަވެެސް ބަދުއަހުލާގީ އަމަލު ހިންގިކަމަށް އެއްވެސް މީހަކު ނުބުނާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދުފުޅު
16 August 2019
ކުލަ ޖެހުމާ ކުލަ އުނގުޅުމަކީ ތަފާތު ދެކަމެއް.. ސުރުޚީގައި އޮތީ ކުލަ ޖެހިވާހަކަ.. ލިޔުމުގައި ގޮތުގައި، ކުލަ އުނގުޅި ވާހަކަ.. މީހެއްގެ ގައިގައި އަތް އުނގުޅައިގެން ކުލަ އުނގުޅޭނީ.. އެކަމަކު، ކުލަ ޖެހިދާނެ ދުރުގައި ހުރެވެސް.. ކުލަ އުނގުޅާށޭ ކިޔާފައި، ނުދަންނަ މީހެއްގެ ގައިގެ އެތަން މިތަނުގައި އަތް އުނގުޅާ ހެދީމާ، ނުވަތަ އުނގުޅާ ތަނެއްގެ ގޮތުން ބަދުއަޚްލާޤީ ކަމަކަށް ވެދާނެ..
ފޯކާސްޓް
15 August 2019
ވާގޮތަކީ ސަރުކާރަށް ކަންކަން ރެގިއުލޭޓެއް ނުކުރެވޭ. ޕޮލިހުންގެ ކަމަކީ އާދައިގެ ދެރަ ނިކަމެތިމީހާ ސައިކަލު ހުއްޓުވައިގެން އޭގެ މަޑިދަށް ޗެކްކުރުން. އެއީ ޕޮލިހުގެ މައިގަނޑު މަސައްކަތަކީ. ސައިކަލު މަޑިދަށް ޗެކްކުރުން.
މޫންޓި
15 August 2019
ކަލޯ މިފަހަކަށް އައި ސަރުކާރުތަކުން އެކަން ކުރުވަން ބޭނުން ވަނީ...ހުރިހާ ގޮތަކުންވެސް ލާމަސީލު ބައެއް މިހާރު މިތިބީ...
ބުނަންތަ..
15 August 2019
ކާބަފައިން ކުރިކަމެއް ނޫން ކުލަޖެހުމަކީ..ފަހު އީދު ދުވަހު ފެންކުޅި ކުޅުން އޮވެއެންނު....
ަމޮޔަ
15 August 2019
މީ އިލްމުވެރިން އެ ދައްކާ ވާހަކަ،،، އެކަމު އެމީހުން އެއްޗެކޭ ބުނާއިރައް ހީވާނީ ދުނިޔެ ރަންވާހެން ހައްދުފަހަނަ އެޅިއްޔޭ ގޮވަންފަށާނެ
ޝަޒްރާ
16 August 2019
މިހާރުގެ ހޯމް މިނިސްޓަރު އިމްރާނު މިކަމާ ދެކެނީ އަދި އަޅަނީ ކޮންފިޔަވަޅެއްތޯ ބަލާލަން ބޭނުން. ކުރީގަ އަދާލަތުގެ ޕޯޑިޔަމްތަކުގަ މިފަދަ ކަންކަން ކުއްވެރިކުރާއިރު ހީވާނީ މައިކުގަނޑުވެސް ވީދާލަފާނެހެން.
މަރޭމިތުރު
15 August 2019
ކޯއްޗެއް އެއީ ހުސްދޮގު. މިކަހަލަ ވާހަކަތައް ނޫހައް އަރުވަންވާނީ ހަގީގތްއެނގިގެން. މިއަށް ކިޔެނީ ފަސާދަކުރުން. ޢީދުދުވަހު ކޮށްލާ ސަމާސާތައް ނޫހައްއަރުވަން ނުޖެހޭ ބޮޑުކޮށްގެނެއް!
މިތުރު މަންމަ
15 August 2019
ދޮގޭ ތިބުނަނީ އެގިގެންތަ. ޢެ އަންހެންކުއްޖާ ނުވެސް ދަންނަ މީހެއްއެއި. ގަދަ ކަމުން ހިފަހައްޓާފަ
މަޖިލިސް
15 August 2019
މަރޭ....އިންޑިޔާގަ ގައިގޯޅިވާންވެގެން ކުރާކަމެއްތީ...މިރާއްޖޭގެ ސަގާފަތެއްނޫން....
އެންމެނަށް ޒިންމާ
16 August 2019
އަންޑިޔާގައި ވެސް މުސްލިމުން ކުލަްއެއް ނުޖަހާ، އީދު ފާހަގަކުރާކައްވެސް ކުލައެއްނުޖަހާ، ހިންދޫއިން ހޯލީ ގައި ބޮއެގެން ކުލައުނގުޅާ ޖަހާ ގައިގޯޅިވެ ހަދަނީ، އެކަމު އެމީހުންވެސް ނުދަންނަމީހުން ބައިވެރިނުކުރޭ،
މެންްޓޯސް
16 August 2019
ކުލަަ އުނގުޅާއިރު އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރުމަަކީ ވަަަރަށް ގިނަ ރަށްރަށުގަ ހިނގާ ޖަރީމާއެއްކަން ގިނަ ދިވެހިން ދަނޭ. އަަަަދި އެކަަން ކުރުމަަަށްްްފަހު ފިރިހެންްް ގްްްރޫޕްް ވަކިން ބައްދަލު ވުމުން ބެހެވުނު އަންހެން ކުދިންްނާާއި ހަަަަދާާާާލި ގޮތްގޮތްް އެކަަަކު އަަަނެކަަަކަށްްް ކިޔާދީ ހީހީފަ މަޖާާާ ވާާހަަަކަ ކިޔުމަަކީވެސްްްް ވަަަަަރަަށް ގިނަައިންްް ހިނގާާާާ ކަަަަމެއްްް. ހިނގާާ ކަމެއް ނުހިނގަަަަޔޭ ކިޔަސް ހަގީގަތް ބަދަލެއް ނުވާނެ.
ކުލިދައްކުލިދައް
15 August 2019
ސަރުކަރުން މިކަން ހުއްޓުވަންޖެހެ
މޯބައިލް
15 August 2019
ފާޑު ފާޑުގެ ކަލަރ ރަންތައް ތައާރަފުކޮށްގެން ހޯލީއާ މިހާ ވަރުއަރައިގެން މިއުޅެނީ
ރީން
15 August 2019
ކާބަފައިން ކުރިކަމެއްވިޔަސް..މިއީ ރަގަޅުކަމެއްނޫން...މިއީ ޝައިތާނީ ނުބައި ޢަމަލެއް.
ފޫހޖ
15 August 2019
ޢީދޭ ކިޔައިގެން ހިންދޫންގެ ކުލަ. މިއީ ކޮންތާކުން އައިކަމެއްތަ?
ވޭމަންޑޫ
15 August 2019
މިހާރު އެމިހާ ފުރައިފި. އެއީ ވޭމަންޑޫ މީހެއް ނޫން