މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނަށް ބޭއްވި ބައްދަލުވުން: މި ބައްދަލުވުމުގައި ގިނަ ކަންބޮޑުވުންތަކެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުންނަށް ހުށަހެޅި. --ފޮޓޯ/ސޯޝަލްމީޑިއާ
25 އޯގަސްޓް 2019 - 10:45
ކޮންމެ ސަރުކާރަކުން ވެސް އައްޑު އަށް ބޮޑެތި ވައުދުތަކެއްވެ ދެއްކީ ހުވަފެންތަކެއް ކަމަށާއި މި ސަރުކާރުގެ އަމަލުތަކުން ވެސް އައްޑޫ ރައްޔިތުން މާޔޫސްވަމުންދާ ކަމަށް ބުނެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮއްސާލުމުން ބައްދަލުވުން ހޫނުވެއްޖެ އެވެ.
އައްޑޫގެ އެކި އަވަށްތަކުގެ ރައްޔިތުންނާ އެކު އައްޑޫ ސިޓީ ކައުންސިލުން ސިލްސިލާކޮށް ބާއްވާ ބައްދަލުވުމުގެ ތެރެއިން ރޭ ވަނީ މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުންނާ ބައްދަލުކޮށްފަ އެވެ. ކައުންސިލުން މާލޭގައި ފުރަތަމަ ފަހަރަށް މި ބޭއްވި ބައްދަލުވުމުގައި، އައްޑޫ ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އައްޑޫގެ އެކި ދާއިރާތަކުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
މާލެ ފިޔަވައި ރާއްޖޭގައި އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ހާލަތާ މެދު، އެއް ބައްދަލުވުމުގައި ބައިވެރިވި ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރި އެވެ. އޭގެތެރޭގައި އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތުގައި ނުލިބުމާއި ސިއްހީ ޚިދުމަތްތަކަށް ހުރި ގޮންޖެހުންތަކާއި މަގު ހެދުމާއި އެއާޕޯޓުގެ ތަރައްގީ ލަސްވުމާއި ވަޒީފާގެ ދަތިތަކާއި އިގްތިސާދީ އެއްވެސް ކަމެއް ނުހިނގާ ކަމަށް ބުނެ ޝަކުވާ ކުރި އެވެ.
އެކަކު ބުނިގޮތުގައި އައްޑޫ ރައްޔިތުން ވެސް މާލޭގައި ދިރިއުޅެނީ މަޖުބޫރުވެގެންނެވެ. ބިކަ ހާލުގައި މާލޭގައި ދިރިއުޅެން ބޭނުން ނުވާ ކަމަށާއި އެ ރައްޔިތުންނަށް ރަށަށް ބަދަލުވެވެން އޮތީ ވަޒީފާތައް އުފެދިގެން ކަމަށް އޭނާ ބުންޏެވެ. މި ސަރުކާރު ގެނައީ އެ އުއްމީދުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.
ބައިވެރިން ހުށަހެޅި ކަންކަމަށް ޖަވާބު ދެއްވަމުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން ސަރުކާރުން އިސްކަންދޭ ކަމަށާއި ޕްލޭނަކާ އެކު މި މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަަމެވެ. އޭނާ އެހެން ވިދާޅުވުމާ އެކު އެ ޕްލޭނަކީ ކޮބައިތޯ އެކަކު ބާރަށް ގޮވާލި އެވެ.
މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނަށް ބޭއްވި ބައްދަލުވުމުގައި މޭޔަރު ސޯބެ ވާހަކަ ދައްކަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ
ވާހަކަ ކުރިއަށް ގެންދަވަމުން ރޮޒައިނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ އައްޑޫގެ އިތުރުން މާލޭގައި ދިރިއުޅޭ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް އެ ދާއިރާއެއްގައި ފަސޭހައިން ދިރިއުޅެވޭނެ ގޮތެއް ހޯދައި ދިނުމެވެ.
"އައްޑޫ ރައްޔިތުންނަށް އައްޑޫގައި ދިރިއުޅެވޭނެ ގޮތެއް ހޯދައި ދިނުމަށް މަސައްކަތްތަކެއް ކުރެވެމުން ދަނީ،" ރޮޒައިނާ ވިދާޅުވި އެވެ.
"Nuhanu foni ummedhaa bura masakkathun misarakaar genai..majlis 7godi ves dheefeem. Misarkaarun Addu tharagge mukoifinama evves sarkaarakaun Addu alhaa nulaane.minoon gothe hoadhan thedhuvan jehayne mi 5aharu nimay iru Addu rayyithun ummeedhu tha haasil nuvejjeyya" Addu Rayyithun pic.twitter.com/SNlqqCb0EZ
— Naibthuth (@naibuthuthu3) August 25, 2019
އައްޑޫގެ ތަރައްގީ އަށް އިސްކަންދީ މަޝްރޫއުތައް އެކުލަވާލަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ރާއްޖެ އަށް އިންޑިއާގެ އެގްޒިމް ބޭންކުން ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭން ނިންމާފައިވާ 800 މިލިއަން ޑޮލަރުގެ ތެރެއިން 180 މިލިއަން ޑޮލަރު ވަނީ އައްޑޫގެ ތަރައްގީ އަށް ހަމަޖައްސައިފަ އެވެ.
މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާ ކައުންސިލުން ބައްދަލުކުރި އިރު، މިދިޔަ މަހުގެ ފަހުކޮޅު ކައުންސިލުން ވަނީ އައްޑޫގެ އެކި އަވަށްތަކުގެ ރައްޔިތުންނާ އެކު ވެސް ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. މި ބައްދަލުވުންތަކުގެ ބޭނުމަކީ އައްޑޫގެ ތަރައްގީގެ މަޝްރޫތަކާއި އަންނަ އަހަރަށް އެކުލަވާލާ ބަޖެޓް ފަދަ ކަންކަމާ ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫކުދުސިޓީ
26 August 2019
އެންމެ ފުރަތަމަކަމަކީ މަގިހެދުން. އެކަމެއް އެއްވެސްސަރުކާރަކަށްނުވި...އައްޑޫމީހާއަޑީގައި..ބަރާބަރަށްވެހިކަލްތަކުން ޓެކްސްނަގާ ދުއްވަނީ ބޮއްކުރާ
ބެއިބި
26 August 2019
މިތާ ގަ ކަމާ ނުބެހޭ މީހުނާ މާލޭ ބިންވެރިން ވަކި ދައުލަތޭ އޭ ކިޔާ އިރު އެފަދަ ހާލަތެއް މާލޭ ސަރުކާރުން އުފައްދާ މަޖުބޫރު ކުރަންޏާ ވަކި ދައުލަތެއް ހަދަން ވެސް ކޮބާ މައްސަލައަކީ. އެފަދަ ހާލަތެއްގައި އަހަރުން ޗޫސް ކުރާނީ އުގައިލު މިފަހަރު ލީޑަރަކަށް. މިފަހަރު އަހަރުން އައްޑޫ މީހުން ވަކި ދެރެއެއް ނުވާނެ މާލޭ ބޭފުޅުން ނަށް ވުރެން ވަކި. މާލެ އަށް ވުރެ މާ ކުރިއަށް ދިއުމުގެ ފުރުދސަތު އެބައޮތް ހުވަދޫގަ އެއްމެ ރީތި ފަޅު ރަށްތައް ވެސް ހުރީ
ށޭޒު
25 August 2019
އައްޑޫ ރައްޔިތުންނަށް ޓޫރިޒަމް ނޫން މަގެއް ސަރުކާރުން ދައްކައިދޭން އެބަޖެހޭ. ސަބަބަކީ އައްޑޫއަތޮޅަކީ ގެސްޓުން ޝައުޤުވެރިކަމާއި އެކު ކުރާނެ އެކްޓިވިޓީ ތަކެެއް ނެތް އަތޮޅަކަށް ވުން. އެރި އުޅެލަން ކުޅިވަރު ކުޅެލަން ހިތްފަސޭހަ މޫދެއް، ބީޗު، ރާޅާއެޅުން، ޑައިވިން ހުރިހާ ކަމަކަށް ބެލިޔަސް އޮތީ އެގޮތަށް. ކޮންމެވެސް އެހެން ޓޫރިޒަމެއް އީޖާދު ކުރުން ނޫނީ އެހެން އިންޑަސްޓްރީއެއް ބޭނުންވޭ
އާރީ
25 August 2019
ފުލޭނަކީ މާލޭ ސަރަހަށްދުގަ ދެވަނަ ބުރިޖެއް އަޅާ މާލެ ތޮށްޖެންސުމުގެ ފުލޭން. ރާއްތެރޭ މީހުންނަށް ޅަދަ ދެށްކުމުގެ ފުލޭން
ހަސީން
25 August 2019
ނޫން! ކަލޭމެން ނަޝީދު ބުނި ކަމެއް ކޮދީގެން ތިބޭ! ނަޝީދު، ޔާމީން ކަހަލަ ސިޔާސީ ގޮތުން އަމިއްލަ އެދުން ބޮޑު އަދި އޮޅުވާލާ މީހުންނަށް ދެލޯ މަރައިގެން ތަބާވެގެން ތިބީ ހުންނާނީ އަތަރެސްކަން ހަމަވެފަ!
އިލްހާމް
25 August 2019
ސޯބެއަށް ވޯޓެއް ޕްލީޒް
ޓެރާރސް
25 August 2019
ކައުންސިލަރުންގެ އަމިއްލަ ފައިދާޔަށް މިދިޔަ ވެރިކަމުގައި އެއްވެސް ކަމެއް ކުރުވަން ބޭނުންނުވީ. އެމީހުންނަށް ރަނގަޅުވާނީ ޖެއްސުންކޮށްގެންވެސް މޑޕ ނޫން ބަޔަކަު ކަމެއްކޮށްނުދިނިއްޔާ. އެކަން އިނގޭނެ ޝަރަފުއްދީން ސްކޫލުގެ ބެލިނިވެރިންނަށް. އެހިސާބުގެ މަގުތަކުގައި ޑރ.ވަހީދު ތާރުއަޅަން އުޅުނީމާ ކައުންސިލުން ހުއްޓުވީ. ޔާމީން ކަންކަން ކޮށްދޭން އުޅުނީމާ ޖެއްސުން ކުރީ. މިހާރު އެބުނަނީ އެއްވެސް ބަޔަކު ކަމެއް ކޮށްނުދެއޭ. ރަނގަޅެއްނުން ؟
ގިޓާ
25 August 2019
ކޮބާ ކޮބާ ޕްލޭނު ވަރަށް ދިގުވާނެ އެއީ 10އަހަރުން ފެއްޓޭ ޚިޔާލީ ޕްލޭނެއް އެމައްބުނާނީ މޮޅުބަހެއް
ކޮލެޖު ބޯއި
25 August 2019
އައްޑޫ ރައްޔިތުންނާއި ބައްދަލުކުރުމުގެ މާނައެއް ނެތް. ޕްލޭނިންގް މިނިސްޓަރު އިހަށްދުވަހު ރާއްޖެ ތަރައްގީގެ ޒޯންތަކަށް ބަހާލަމުން ދެއްކި ވާހަކައިގައި އެއޮތީ ބުނެފައި ހިތަދޫއަށޭ ތަރައްގީ ގެންނަން ކަނޑައަޅާފަ އެއޮތީ. ދެން ނިކަން އައްޑޫ ސިޓީ ކައުންސިލުން ބުނެބަލަ ކޮން އައްޑޫ އެއް އޮތީ؟ އައްޑޫސިޓީ އަކީ ހިތަދޫތަ؟ އައްޑޫ އިން ހިތަދޫ ތަރައްގީކުރާގޮތަށް ސަރުކާރުން ހަމަޖައްސާނަމަ އޭގެ މާނައަކީ އައްޑޫ އަތޮޅު އޮތީ މަކަރުވެރި ގޮތަކަށް ގެއްލުވާލަފައޭ
ކުރޮޅި ކަތީބު
25 August 2019
މީ ލޯކަލް ތިންތިހާބު ކައިރިވާވަރަކައް ބޮލައް ޗިޕުޖަހަން ކުރާކަމެއް މިފަހަރު އޮތީ މަޖިލީހު މެންބަރުން ނާ ހަވާލުކޮފަ އެހެންވީމަ ކުރިބައިގަ ރައްޔެތުން މޮޔަ ހައްދަން އެއުޅެނީ